22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ކަނޑުމަތީގެ ހާދިސާ

މިފަހަރު ފުރާނަ ސަލާމަތްވީ ލައިގެންހުރި ޖިންސްގެ ސަބަބުން

  • ފެންމަތީގައި އެމީހުން ފްލޯޓް ކުރާ ވީޑިއޯ ވަނީ އިންޓަނެޓްގައި ވައިރަލް ވެފައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 14 މާރޗް 2019 | ބުރާސްފަތި 19:58 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ކަނޑުވެފައިވާ އާރނަ މާރކް -- ހިންދުސްތާނީ ޓައިމްސް

ޔޮޓެއްގައި ދަތުރުކުރި ޖަރުމަނުގެ އާރނަ މާރކް ކަނޑުވެ އޭނާގެ ފުރާނަ ސަލާމްތްވުމުގެ އެންމެ ބޮޑު އެހީކަށް އޭނާ ލައިގެން ހުރި ޖިންސު ވެއްޖެއެވެ.

އުމުރުން 30 އަހަރުގެ އާރނަ މާރކް އޭނާގެ ބޭބެ އާއިއެކު ޔޮޓް ދުއްވަން ގޮސް އުޅެނިކޮށް ނިއުޒިލެންޑްގެ އުތުރު ރަށްބޭރަށް ކަނޑަށް ޔޮޓް ބަނޑުން ޖަހާލުމުން އޭނާ ސަލާމަތް ކުރުމަށް އޭނާގެ ބޭބެ އެއްލި ލައިފް ޖެކެޓް ވަނީ އަތުނުޖެހި މާދުރަށް ގޮސްފައެވެ.

" ނަސީބަކުން އަހަރެންނަށް އިނގޭ ޖިންސުން ހެދޭނެ ޓްރިކެއް. ޖިންސު ނެތްނަމަ އަހަރެން މިއަދު މި ދުނިޔޭގަ ނުހުންނާނެ" ނިއުޒިލެންޑްގެ ހެރަލްޑް ނޫހަށް މާރކް  ބުނެފައިވެއެވެ.

މާރކް ބުނެފައިވަނީ އޭނާގެ ފުރާނަ ސަލާމަތްވުމުގައި ޖިންސްގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

މާރކް ވަނީ އޭނާގެ ޖިންސްގެ ދެފައިކުރީގައި ގޮށްޖަހައި ލޮނުގަނޑުގެ ތެރެއަށް ޖީންސް ދަމައި އޭނާގެ ޖީންސްގެ ދެ ފައިކުރިއަށް ވައިއެޅޭނެ ގޮތް ހަދާފައެވެ. އޭނާ ޖީންސް ބޭނުންކުރީ ލައިފްވެސްޓެއްގެ ގޮތުގައެވެ.

އެމީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ ޓީމު ހެލިކޮޕްޓަރުގައި އެމީހުނާ ހަމައަށް ދިއުމަށް ތިން ގަޑިއިރާ ބައި ހޭދަވެފައިވާއިރު އެ ހުރިހާ ވަގުތު ފެންމަތީ އޮތުމަށް މާރކްއާއި އޭނާގެ ބޭބެ ބޭނުން ކުރީ އެ ޖީންސެވެ.

ފެންމަތީގައި އެމީހުން ފްލޯޓް ކުރާ ވީޑިއޯ ވަނީ އިންޓަނެޓްގަ ވައިރަލް ވެފައެވެ.

ނިއުޒީލެންޑްގެ ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ ސީނިއަރ ސަރޗް އެންޑް ރެސްކިއު ކޯޑިނޭޓަރ ކްރިސް ހެންޝޯ ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައި ވަނީ ޔޮޓުގައި ވީއެޗްއެފް މެރިން ސެޓާއި އިމަރޖެންސީ ބެކޮންސް ހުރި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް