22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ކައުންސިލްގެ މެޖޯރިޓީ

ފެލިދޫ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ

  • ފެލިދޫ ކައުންސިލްގައި ތިބެނީ ޖުމްލަ 3 މެންބަރުން
  • ފެލިދޫގެ ތާރީޚުގައިވެސް  އެމްޑީޕީއަށް ކައުންސިލްގެ މެޖޯރިޓީ ލިބުނު މީ ފުރަތަމަ ފަހަރު
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 14 މާރޗް 2019 | ބުރާސްފަތި 19:52 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ކައުންސިލްގެ ރައީސް އަލީ އިސްމާއިލް  އެމްޑީޕީއަށް ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެިން -- އާކައިވް

ވ. ފެލިދޫ ރަށު ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވާ ކަމަށް ފެލިދޫގެ އެމްޑީޕީގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އަލީ ފައިސަލް ވިދާޅުވެއްޖެ އެވެ.

ފެލިދޫ ރަށު ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިފައިވަނީ  އެރަށު ކައުންސިލްގެ ރައީސް އަލީ އިސްމާއިލް ( ކުރީގައި ޕީޕީއެމްގެ މެންބަރެއް) އެމްޑީޕީއަށް ސޮއި ކުރުމާއި ގުޅިގެންނެވެ.

މި ކައުންސިލްގައި ތިއްބަވަނީ ޖުމްލަ 3 މެންބަރުންނެވެ. އެއީ ކައުންސިލްގެ ރައީސް އަލީ އިސްމާއިލްގެ އިތުރުން ކައުންސިލްގެ ނައިބު ރައީސް

( ޕީޕީއެމްގެ މެންބަރު ) އަލީ ރަޝީދާއި އެމްޑީޕީގެ މެންބަރު އަލީ ނައީމެވެ.  

ފެލިދޫގެ ތާރީޚުގައިވެސް  އެމްޑީޕީއަށް ކައުންސިލްގެ މެޖޯރިޓީ ލިބުނު މީ ފުރަތަމަ ފަހަރެވެ.

ފެލިދޫ ކައުންސިލްގެ ރައީސް އަލީ އިސްމާއިލް އެމްޑީޕީއަށް ސޮއިކުރެއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް