23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ފުނަދޫ އެއާރޕޯޓް

ފުނަދޫ އެއާޕޯޓުގައި ދެދުވަހެއްގެ ތެރޭގައި ޓެސްޓް ފްލައިޓް ޖައްސާނެ: އެމްޓީސީސީ

  • އެއާޕޯޓުގެ މަޝްރޫއުތައް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދޭ
  • ފުނަދޫ އެއާޕޯޓު އެޅުމަށް 89 މިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފައި
އަމްނާ އިމާދު | @amnabinthimad

| 14 މާރޗް 2019 | ބުރާސްފަތި 18:24 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ފުނަދޫ އެއާޕޯޓު ރަންވޭގައި ތާރުއަޅާފައި -- ގޫގުލް

ށ. ފުނަދޫ ތަރައްގީ ކުރާ އެއާޕޯޓުގައި ދެދުވަހެއްގެ ތެރޭގައި ޓެސްޓް ފްލައިޓް ޖައްސާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެމްޓީސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޓީސީސީގެ ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސްގެ ހެޑް އަހުމަދު ލަތީފު ވިދާޅުވީ އެއާޕޯޓު މަޝްރޫއުތަކުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ.

އެމްޓީސީސީން ތަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި ލަތީފް ވިދާޅުވީ ފުނަދޫ އެއާޕޯޓުގެ އިތުރުން މާވުރުލު އެއާޕޯޓުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. ފުނަދޫ އެއާޕޯޓުގައި ދެދުވަސްތެރޭގައި ޓެސްޓް ފްލައިޓް ޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާއިރު، ގދ.މާވަރުލު އެއާޕޯޓު ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި ނިމި ބޭނުން ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ލަތީފު ވިދާޅުވީ މިހާރު މާވަރުލު އެއާޕޯޓުގެ ރަންވޭގައި ތާރު އެޅުމާ ހަމައަށް މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މާވަރުލުގައި ހެދުމަށް ހަމަޖެހިފައިވަނީ 150 މީޓަރުގެ ފުޅާ އަދި 1200 މީޓަރުގެ ރަންވޭއެއް ހިމެނޭ އެއާޕޯޓެކެވެ. މިމަޝްރޫއަށް ދައުލަތުގެ ބަޖެޓުން 57 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމާފައެވެ.

އަދި ގާތްގަނޑަކަށް 2500 މީހުންގެ އާދާބީއެއް އޮންނަ ފުނަދޫ އެއާޕޯޓު އެޅުމަށް 89 މިލިއަން ރުފިޔާ ދައުލަތުން ވަނީ ހަރަދުކޮށްފައެވެ. އެއެއާޕޯޓުގައި އަޅާ ރަންވޭގެ ދިގު މިނުގައި 1200 މީޓަރު ހުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް