23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އަލްހާން ފަހުމީ

އަލްހާން އޭސީސީ އަށް ހާޒިރުކޮށް ބަޔާން ނަގައިފި 

  • ވޯޓު ހޯދަން ނުވަތަ އެހެން އެއްވެސް ފަރާތަކަށް ވޯޓު ނުދިނުމަށް ރިޝްވަތު ހުށައަޅާފައި ނުވާނެ: އަލްހާން
  • މުބާރާތަކީ ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މުބާރާތެއް: އަލްހާން
އަލީ ސަމާޚް | AliSamah8

| 14 މާރޗް 2019 | ބުރާސްފަތި 17:58 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


އަލްހާން ފަހުމީ -- ޓްވިޓަރ

ހެންވޭރު އުތުރު ދާއިރާއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް އަލްހާން ފަހުމީ އެންޓި ކޮރަޕްޝަން ކަމިޝަން (އޭސީސީ) އަށް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ. 

އޭސީސީ އަށް ހާޒިރު ވާން އަލްހާނަށް ޗިޓު ފޮނުވާފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. 

ރާއްޖެ.އެމްވީ އަށް މައުލޫމާތުދެމުން އަލްހާން ވިދާޅުވީ، އޭސީސީ އަށް ހާޒިރު ކޮށްފައިވަނީ އޭނާ އިންތިޒާމް ކޮށްގެން ބޭއްވި ފުޓްބޯޅަ މުބާރަތާއި ރާޒުވާ މުބާރާތުގައި ދިން އިނާމުތަކާއި ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް ވޯޓު ހޯދަން ނުވަތަ އެހެން އެއްވެސް ފަރާތަކަށް ވޯޓު ނުދިނުމަށް ރިޝްވަތު ހުށައަޅާފައި ނުވާނެ ކަމަށް އަލްހާން ވިދާޅުވިއެވެ. 

އަދި އެ މުބާރާތަކީ ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މުބާރާތެއް ކަމަަށް އޭނާ ވިދާޅުވިއެވެ. 

'' ރާއްޖޭގެ ހުރިހާ އެންމެންނަށް ބައިވެެރިވެވޭ ގޮތަށް އެ ދެ މުބާރާތް ވެސް އަޅުގަނޑު ހުޅުވައިލީ. އޭގާ ހުންނާނެ އިއުލާންތަކާއި ހުރިހާ އެއްޗެއް. ޓީމް ތަކުން ބައިވެރިވި  ތަރުތީބުން އެ މީހުން ސްލޮޓްތައް ދީ އެގޮތަށް ހަދާފައިވެސް ހުންނާނީ'' އަލްހާން ވިދާޅުވިއެވެ. 

ގާނޫނުގައި ބުނާ ގޮތުން ތާއީދު ހޯދުމަށް ކޮށްގެން ނުވާނެ ކަންތައްތަކުގެ ތެރޭގައި ކެމްޕެއިން ކުރުމުގައި ކެންޑިޑޭޓަކު ކުރިމަތިލައިގެން އުޅޭ ދާއިރާގެ ވޯޓުލުމުގެ ހައްގު ލިބިގެންވާ ކޮންމެ މީހަކަށް 2000ރ. ގެ މަގުން ހިސާބު ކުރުމުން ޖެހޭ އަދަދަށް ވުރެ އިތުރަށް ކެންޕެއިނަށް ޚަރަދު ކުރުމާ އަދި އެއްވެސް އިންތިޚާބީ ހައްގެއް ފައިދާ ވަކިފަރާތަކަށް ލެންބުމަށްޓަކައި ނުވަތަ ވަކި ގޮތަކަށް އެފަދަ ހައްގެއްގެ ބޭނުމެއް ކުރީތީ އެއްވެސް އެއްޗެއް ޝުކުރެއްގެ ގޮތުން ނުވަތަ ހަދިޔާއެއްގެ ގޮތުން ނުވަތަ އެ ނޫން ވެސް ގޮތަކުން ފަރުދަކަށް ނުވަތަ ޖަމާއަތަކަށް ދީގެން ނުވާނެ ކަމަށް ކަމަށް ބުނެފައި ވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް