22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

އެސްޓީއޯ

އެސްޓީއޯގެ ބައެއް ސަބްސިޑަރީ ކުންފުނިތަކުގެ މަސައްކަތް ހުއްޓާލުމަށް ނިންމައިފި

  • މިގޮތަށް ނިންމީ އެކުންފުނީގެ ޑިރެކްޓަރުގެ ބޯޑުން
ރިޒުނާ ޒަރީރު | RiznaZareer

| 14 މާރޗް 2019 | ބުރާސްފަތި 17:25 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


އެސްޓީއޯގެ މައި އޮފީސް -- ގޫގުލް

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނިތަކުގެ މަސައްކަތް ހުއްޓާލުމަށް އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.

އެގޮތުން ސަބްސިޑަރީ ކުންފުނިތައް ކަމުގައިވާ މޯލްޑިވްސް ނެޝަނަލް އޮއިލް ކޮމްޕެނީ ލޓޑ އަދި، އެސްޓީއޯ ހޮޓަލްސް އެންޑް ރިސޯޓްސް ޕވޓ ލޓޑ. އުވާލުމަށާއި، އެސްޓީއޯ މޯލްޑިވްސް )ސިންގަޕޫރު( ޕޓއ ގެ މަސައްކަތް ވަގުތީގޮތުން ހުއްޓާލުމަށް ނުވަތަ، ޑޯމަންޓްކުރުމަށް ނިންމަވާފައިވާތީ، އެކަން ކުންފުނީގެ ޙިއްޞާދާރުންނަށް އަންގާ ކަމަށް އެސްޓީއޯއިން ބުންޏެވެ.  

ޑިރެކްޓަރުންގެ ބޯޑުން މި ނިންމެވުން ނިންމެވުމާއެކު، މި ކުންފުނިތަކުގެ މަސައްކަތް ހުއްޓާލުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން މިހާރު ދަނީ ކުރަމުން ކަމަށް ވެސް އެސްޓީއޯއިން އާންމުކުރި ބަޔާނުގައި ބުނެފައިވެއެވެ.

ޑިރެކްޓަރުންގެ ބޯޑުން މި ނިންމުން ނިންމަވާފައިވަނީ ސަބްސިޑަރީތަކުގެ ޕަރފޯމަންސާ ބެހޭގޮތުން ހެދި ދިރާސާތަކުން ދައްކާގޮތުން، މި ކުންފުނިތަކަށް ކޮށްފައިވާ އިންވެސްޓްމަންޓާއި އެއްވަރުގެ ފައިދާއެއް މި ކުންފުނިތަކަށް ލިބިގެން ނުދާތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތެޔޮ ދޮންބެ

1 ހަފްތާކުރިން

ތި ކުންފުނި ތަކަކީ ޔާމިން ވަގު ވިޔަފާރި ކުރަން އުުފެއްދި ކުންފުނިތައް. ތިޔައި އެއްކޮށް އެކަމުގައި އެހީތެރިވި މުނީޒް ވެސް ބޭރުވާނެ ކަމަށް އުއްމީދު ކުރަން

1
1