22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ވުމަންސް ސުޕަރ ލީގް

ވުމަންސް ސުޕަރ ލީގް: ބުދަ ދުވަހުގެ މެޗު ސިޓީ ކާމިޔާބުކޮށްފި

  • ސިޓީ މެޗު ކާމިޔާބުކުރީ ރީޑިން އެފްސީ ވުމަން އާއި ވާދަކޮށް 3-4 ލަނޑުން
  • ނިކިޓާ ޕެރިސް ވަނީ މި މެޗުގައި ހެޓްރިކް ހަދާފަ
މިއުނާ ހަސަން | @miuna_hassan

| 14 މާރޗް 2019 | ބުރާސްފަތި 16:20 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


މެންޗެސްޓަރ ސިޓީގެ ނިކިޓާ ޕެރިސް -- ގޫގުލް

ވުމަންސް ސުޕަރ ލީގުގައި ބުދަ ދުވަހު ކުޅުނު މެޗު މެންޗެސްޓަރ ސިޓީ ކާމިޔާބު ކޮށްފިއެވެ.

މެންޗެސްޓަރ ސިޓީ މެޗު ކާމިޔާބު ކުރީ ރީޑިން އެފްސީ ވުމަން އާއި ވާދަކޮށް 3-4 ލަނޑުންނެވެ.

މެޗު ފެށިގެން ރީޑިން ވުމަން އެފްސީގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ލީޑް ނެގީ ވެސް އެ ޓީމުންނެވެ.

މެޗުގެ ތިންވަނަ މިނެޓުގައި ރީޑިން ވުމަން އެފްސީގެ ބްރޫކް ޗެޕްލިން ކާމިޔާބު ކޮށްދިން ލަނޑާއެކު އެ ޓީމު ލީޑުގައި އޮތް ނަމަވެސް މެންޗެސްޓަރ ސިޓީން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ފުރަތަމަ ލަނޑު ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކުރިއެވެ.

މެންޗެސްޓަރ ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ 15 މިނެޓުގައި ކާމިޔާބު ކޮށްދިނީ ނިކިޓާ ޕެރިސްއެވެ.

މި ލަނޑާއެކު މެންޗެސްޓަރގެ ކުޅުން ރަނގަޅުކޮށް ވަރުގަދަ ހަމަލާތަކެއް ރޯޑިން އެފްސީގެ ގޯލަށް އަމާޒުކޮށް ވަނީ ފޮނުވާލާފައެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ 36 ވަނަ މިނެޓުގައި ސިޓީން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑް ނެގިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ނިކިޓާ ޕެރިސްއެވެ.

ރީޑިން ވުމަން އެފްސީގެ ޑިފެންސްލައިން ފޫއަޅުވާލައި މެންޗެސްޓަރ ސިޓީގެ ނިކިޓާ ޕެރިސް އެ ޓީމަށް ތިންވަނަ ލަނޑު ކާމިޔާބު ކޮށްދީ ހެޓްރިކް ހެދިއެވެ.

މެޗުގެ 39 ވަނަ މިނެޓުގައި ނިކިޓާ ކާމިޔާބު ކޮށްދިން ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 1-3 މެންޗެސްޓަރ ސިޓީ ލީޑްގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުން އައީ ރީޑިން އެފްސީންނެވެ. ދެވަނަ ހާފްގައި ވެސް ސިޓީއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ.

އެގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ނިކިޓާ ޕެރިސް ދިން ޕާހަކުން ޑެމީ ސްޓޯކްސް ވަނީ މެންޗެސްޓަރ ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީ ލީޑް ފުޅާކޮށްފައެވެ.

ސިޓީގެ ހަތަރުވަނަ ލަނޑާއެކު ރީޑިން ވުމަން އެފްސީގެ ވަނީ ކުޅުން ރަނގަޅުކޮށް ފަރަގު ކުޑަ ކުރުމަށް މަސައްކަތް ކޮށްފައެވެ.

މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރީޑިން ވުމަން އެފްސީގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ފަރާ ވިލިއަމްސްއެވެ.

މެޗުގެ ފަރަގު އެއްގޯލަށް ކުޑަކޮށް ރީޑިން ވުމަން އެފްސީން ވަނީ އެ ޓީމުފެ ތިންވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކްރިސްޓީ ޕިއާރސްއެވެ.

މި މޮޅާއެކު ސިޓީ ސުޕަރ ލީގުގެ ތާވަލުގެ އެއްވަނާގައި އޮތީ ކުޅުނު 17 މެޗުން ލިބުނު 41 ޕޮއިންޓާއި އެއްކޮންނެވެ. މެޗުން ބަލިވި ރީޑިން ވުމަން އެފްސީ އޮތީ ކުޅުނު 15 މެޗުން ލިބުނު 18 ޕޮއިންޓާއިއެކު ތާވަލުގެ ހަތް ވަނާގައެވެ.

ތާވަލުގެ ދެވަނާގައި އާރސެނަލް ކުޅުނު 14 މެޗުން ލިބުނު 36 ޕޮއިންޓާއެކު އޮތްއިރު ޗެލްސީ އޮތީ ކުޅުނު 17 މެޗުން ލިބުނު 35 ޕޮއިންޓާއެކުއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected]e.mv އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް