23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައްޔިތުންގެ މަޖިލީހުން ޒުވާނުންނަށް ފުރުސަތު ދޭންޖެހޭ: ރައީސް ސޯލިހު

  • އެމްޑީޕީ ވެރިކަމަށް އައިއިރު މުޅިގައުމު އޮތީ ބިރުވެރިކާމާއި ނާމާން ކަމުގެ ހާލަތުގައި
  • 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ ތަފާތު މަޖިލީހަކަށް ވާނެ
ޚަދީޖާ އިބްރާހިބް | Khadheejaibrah7

| 14 މާރޗް 2019 | ބުރާސްފަތި 16:15 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު -- އާކައިވް

ރައްޔިތުންގެ މަޖިލީހުން ޒުވާނުންނަށް ފުރުޝަތު ދޭން ނިންމީ އެމަޖިލީހަށް ބަދަލުތަކެއް ގެންނަން ބޭނުންވާތީ ކަމަށް ރައީސުލް ޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ޓިކެޓްގައި ފެލިދޫ ދާއިރާއަށް ކުރިމަތި ލައްވާފައިވާ މުހައްމަދު މަބްރޫކުގެ ކެމްޕެއިން ލޯންޗް ކުރުމަށް އެރަށުގައި ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެސް ރައްޔިތުންގެ މަޖިލީހުގައި 25 އަހަރު ހޭދަކުރެއްވި ކަމަށާއި އަދި މިހާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަކީވެސް މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ އަދި އެ މަޖިލީހުގެ މެންބަރުކަން ގިނަދުވަސްތަކެއްގައި ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

"ޒުވާނުންނަށް އެމަޖީލިހުން ޖާގަ ދޭން ނިންމީ މަޖިލީހަށް ބަދަލުތަކެއް ގެންނަން ބޭނުންވާތީ. މަޖިލީހަށް ޒުވާން ލޭގެ ޖޯޝާއި އެކު އާ ފިކުރު ތަކަކާއި ޒަމާނީ ވިސްނުން ތަކެއް އެ މަޖިލީހުގެ ތަޅުމަށް ގެންނައުމުގެ މަގުސަދުގައި. 19 ވަނަ ރައްޔިތުންގެ މިޖިލީހަށް ފެލިދޫ ދާއިރާ އަށް އެމްޑިޕީގެ ޓިކެޓްގައި ވާދަކުރައްވާ މުހައްމަދު މަބްރޫކަކީ އެބަދަލްތައް މަޖިލީހަށް ގެންނާނެ އަދި ގެނޭވޭނެފަދަ ގާބިލްކަމާއި އެ ހިއްވަރާއި ފަންވަރު ހުރި ބޭފުޅެއް" ރައީސް ވިދާޅުވިއެވެ.   

މީގެއިތުރުން ވެސް އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައިއިރު ގައުމުގެ  ޙާލަތު އޮތްގޮތުގެ މައްޗައް އަލި އަޅުވާލައްވާ މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި މުޅިގައުމު އޮތީ ބިރުވެރިކާމާއި ނާމާން ކަމުގެ ހާލަތުގައި ކަމަށެވެ. އެގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ބަސްބުނުމުގެ ޖާގަވެސް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 ކަރޮޕްޝަނާއި ފަސާދަ އޮތް މިންވަރު ހާމަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ މިފަދަ ނޭދެވޭ އެންމެހާ ކަންތައްތައް ހަމައަކަށް އަޅުވަން ޖެހޭކަމަށެވެ.

އަދި އެމަގުން ރަނގަޅަށް ކަންކަން ހިންގުމަށްޓަކައި ގާނޫނުތައް ހަދަން ޖެހޭކަމަށާއި މަޖިލީސް 19 އަކީ ތަފާތު މަޖިލީހަކަށް ވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރންވެސް ސަރުކާރުން 100 ދުވަހުގެ ތެރޭގައި ފުއްދަވައި ދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ތަކުގެ މައްޗައް އަލި އަޅުވާލައްވާ މި އިވެންޓްގައި ވާހަކަފުޅު ދައްކަވަމުން ރައިސް ސޯލިހު ވިދާޅުވީ އެވައުދު ތަކުގެ ތެރެއިން ގިނަ ވައުދުތަކެއް ފުއްދިފައި ވާކަމަށެވެ.

 "މަސްވެރިންނަށް ފަސޭހަކޮށްދިނުމަށާއި ދަނޑުވެރިންނަށް ލުއިގޮތަކެއް ހޯއްދަވައި ދެއްވުމަށްޓަކައި ތެލުގެ ޑިއުޓީ ކަނޑާލާ އަދި ދަނޑުވެރިކަން ކުރުމަށްޓަކައި ރާއްޖެ އެތެރެކުރާ ތަކެތިން އިމްޕޯރޓް ޑިއުޓީގެ ބޮޑުބައެއް މިހާރު މިވަނީ ކަނޑާލާފަ." ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމްޑީޕީގެ ކެމްފެއިން ދަތުރުފުޅެއްގެ ގޮތުގައި ވ. އަތޮޅަށް ރައީސް ސޯލިހު ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކެޔޮދޫގެ ކައުންސިލާއި، ސުކޫލާއި، ސިއްހީ މަރުކަޒުގެ އިތުރުން އެ ރަށުގައި ހުރި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ރައީސް އޮފީހުގެ ބައެއް އިސްވެރިންގެ އިތުރުން ސަރުކާރުގެ ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ވ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު  މާލެ ވަޑައިގެންފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް