22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

އިތިއޯޕިއަން އެއަރލައިންސްގެ ފްލައިޓް ވެއްޓުން

ބޮއިންގ 737 މެކްސް 8 މަރުކާގެ ހުރިހާ ފްލައިޓެއް ގްރައުންޑްކޮށްފި

 • ވެއްޓުނު ފްލައިޓުގެ ބްލެކް ބޮކްސް ވަނީ ފެނިފައި
 • އެ ތަކެތި އިތުރަށް ތަހުލީލު ކުރުމަށް މިހާރު ފަރަންސޭސްވިލާތުގެ ޕެރިސްއަށް ވަނީ ފޮނުވާލާފައި
 • މި ފްލައިޓްގެ ފްލައިޓް ޕާތްއާއި ކުރިން ވެއްޓުނު ލަޔަން އެއަރގެ ފްލައިޓް ޕާތްއާއި އެއްގޮތް ކަންތައްތަކެއް އެބަހުރި
އަމަން ހަލީމް | soupized

| 14 މާރޗް 2019 | ބުރާސްފަތި 15:12 | |

މަގުބޫލް

 1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
 2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
 3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
 4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
 5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
 6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
 7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
 8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ވެއްޓުނު އިތިއޯޕިއަން އެއަރލައިންސްގެ ފްލައިޓް ވެއްޓުނު ސަރަހައްދުގައި މީހުން ހަރަކާތްތެރިވަނީ -- އޭޕީ

އެމެރިކާގެ ބޮއިންގ ކުންފުނިން އުފައްދާފައި ހުރި ހުރިހާ 737 މެކްސް 8 މަރުކާގެ ފްލައިޓްތައް ގްރައުންޑް ކުރަން އެ ކުންފުނިން ނިންމައިފިއެވެ.

ބޮއިންގ ކުންފުނިން އުފައްދާފައިވާ 737 މަރުކާގެ 371 ފްލައިޓް ގްރައުންޑް ކުރަން ނިންމީ، މި ހަފުތާގެ ތެރޭގައި ވެއްޓުނު އިތިއޯޕިއަން އެއަރލައިންސްގެ މައްސަލަ ތަހުގީގު ކުރަމުންދާ ފަރާތްތަކުން ފޯރުކޮށްދީފައިވާ އާ މައުލޫމާތުގެ އަލީގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ވެއްޓުނު އިތިއޯޕިއަން އެެއަރލައިންސް ފްލައިޓުން ދަތުރުކުރި 157 މީހުން ވެސް ވަނީ މަރުވެފައެވެ.

ވެއްޓުނު ފްލައިޓުގެ ބްލެކް ބޮކްސް ފެނިފައިވާ އިރު، އެ ތަކެތި އިތުރަށް ތަހުލީލު ކުރުމަށް މިހާރު ފަރަންސޭސްވިލާތުގެ ޕެރިސްއަށް ފޮނުވާލާފައިވާ ކަމަށް އިތިއޯޕިއަން އެއަރލައިންސްއިން ވަނީ މައުލޫމާތު ދީފައެވެ.

އިތިއޯޕިއާގެ ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑާއި އެކު ފްލައިޓު ވެއްޓުނު މައްސަލަ ތަހުގީގު ކުރަމުންދާ އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޖެންސީއިން ބުނެފައިވަނީ އެ ގައުމުގެ ވެއްޓުނު އިތިއޯޕިިއަން އެއަރލައިންސްގެ ފްލައިޓްއާއި ކުރިން ވެއްޓުނު ހަމަ އެ މަރުކާގެ ލަޔަން އެއަރ ފްލައިޓްގެ ފްލައިޓް ޕާތްގައި އެއްގޮތް ކަންކަން އެބަހުރި ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ މި މަރުކާގެ ފްލައިޓް ދަރުތުކުރުން މަނާކޮށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދު ބޭނުންކުރުން ވެސް މަނާކޮށްފައެވެ. މި މަރުކާގެ ފްލައިޓްތައް ގްރައުންޑް ކުރުމުގައި ލަސް ވުމުން އެމެރިކާއަށް ފާޑުކިޔުންތައް ވެސް އަމާޒުވިއެވެ. ބޮއިންގއިން ވަނީ ފްލައިޓުތަކުގެ ރައްކާތެރިކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށް ބުނެފައެވެ. ނަމަވެސް ގްރައުންޑް ކުރަން ނިންމީ އެ ކުންފުނިން މީހުންގެ ސަލާމަތާއި ރައްކާތެރިކަން އަބަދުވެސް އިސްކުރާތީ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މިކަން ތަކުރާރު ވިޔަ ނުދިނުމަށް އެ ކުންފުނިން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ވެސް އެ ކުންފުނިން ވަނީ ކަސްޓަމަރުންނަށް އަރުވާފައެވެ.

މި ހާދިސާ ހިނގި ފަހުން ދުނިޔޭގެ އެންމެ ކާމިޔާބު އެއް ފްލައިޓް އުފައްދާ ކުންފުނި ކަމުގައިވާ ބޮއިންގގެ މާކެޓް ވެލިއުގެ 26 ބިލިއަން ޑޮލަރު ވަނީ ގެއްލިފައެވެ. މިހާރު އެ ކުންފުނީގެ ޝެއަރއެއްގެ އަގު ހުރީ 377 ޑޮލަރުގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް