23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ރައީސް ސޯލިހު ވ. އަތޮޅުގައި

ރައީސް ސާލިހު ކެޔޮދޫގެ މުއައްސަސާތަކުގެ ބޭފުޅުންނާއި ބައްދަލުކުރައްވައިފި

  • ނަރުދަމާގެ މަސައްކަތާއި ބަނދަރުގެ ދަތިކަން ހުރިކަން މި ރަށުގެ ކައުންސިލުން ފާހަގަކުރެއްވި
އާމިނަތު ނުޒުހާ | nuzu8121

| 14 މާރޗް 2019 | ބުރާސްފަތި 15:10 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ރައީސް ސާލިހު ކެޔޮދޫގެ ބައެއް މުއައްސަސާތަކާއި ބައްދަލުކުރެއްވުން -- ފޮޓޯ: ނަޖާހް އަހްމަދު

ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ވ. ކެޔޮދޫގެ މުއައްސަސާތަކުގެ ބޭފުޅުންނާއި ބައްދަލު ކުރައްވައިފިއެވެ.

އެމްޑީޕީގެ ކެމްފެއިން ދަތުރުފުޅެއްގައި ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކެޔޮދޫގެ ކައުންސިލާއި، ސުކޫލާއި، ސިއްހީ މަރުކަޒުގެ އިތުރުން އެ ރަށުގައި ހުރި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުގެ އިސް ފޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ.

ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ރަށުގެ ނަރުދަމާގެ މަސައްކަތާއި ބަނދަރުގެ ދަތިކަން ހުރިކަން އެ ރަށުގެ ކައުންސިލުން ފާހަގަ ކުރެއްވިއެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު އެ ރަށުގައި އޮތް ކެމްޕެއިން ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވަނީ، ކެޔޮދޫ އަކީ ދަތިތަކެއް ހުރި ރަށެއްކަން ފާހަގަ ކުރައްވާފައެވެ. އަދި އެދަތިތައް ފިލުވައިދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މިރަށުގެ ބަނދަރުގެ ފޭސް ދޭއްގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށާއި، ސުކޫލްގައި މަލްޓި-ޕާޕަސް ހޯލަކާއި ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ވަރަށް އަވަހަށް ގާއިމް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެކަންކަން މިއަހަރުގެ ބަޖެޓްގައި ވެސް ހިމެނިފައިވާނެކަމަށް ވިދާޅުވިއެވެ. 

 

ކެޔޮދޫގެ މުއައްސަސާތަކާއި ރައީސް ބައްދަލުުކުރެއްވުން

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ބުރާސްފަތި ދުވަހު ވަނީ ވ. އަތޮޅު ފެލިދޫއަށް ވެސް ޒިޔާރަތްކުރައްވާފއެވެ. ފެލިދޫގައި އެމަނިކުފާނު ވަނީ މިދާއިރާއަށް އެމްޑީޕީން ކުރިމަތިލައްވާފައިވާ ކެނޑިޑޭޓް މުހައްމަދު މަބުރޫކުގެ ކެމްޕެއިން ލޯންޗް ކޮށްދެއްވާފައެވެ.

ރައީސް ސޯލިހުގެ މި ދަތުރުފުޅުގައި ރައީސް އޮފީހުގެ ބައެއް އިސްވެރިންގެ އިތުރުން ސަރުކާރުގެ ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވައެވެ.

ރައީސް ވ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު އެނބުރި މާލެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުގެ ހަވީރުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް