22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ރައްޔިތުންގެ މަޖިލިސް 2019

އައިޝާގެ ޖަވާބުން ފުދިއްޖެ!

  • ޖޭޕީގެ ވަޒީރުން ވަނީ ގާސިމްގެ ނިންމެވުމާ ދެކޮޅު ހައްދަވާފައި
  • މިނިސްޓަރު އައިޝާއަކީ މިހާރު ޖޭޕީގައި ނުފޫޒުގަދަ ބޭފުޅެއް
އަލީ ޔޫސުފް | AliYooosuf

| 14 މާރޗް 2019 | ބުރާސްފަތި 14:01 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި



ސަރުކާރުގައި ޖޭޕީގެ ހައިސިއްޔަތަކީ ކޮބައިކަން ސާފެވެ. ސަރުކާރު ދިފާއުކުރުމުގައި ވެސް ޖޭޕީގެ ސްޓޭންޑްގައި އޮޅުމެއް ނެތެވެ. ނަމަވެސް މަޖިލީހުގެ އިންތިހާބާ ހަމައިން ޖޭޕީގެ ސްޓޭންޑް މިހާރު މި ވަނީ އޮޅޭ ހިސާބަށް ގޮސްފައެވެ.

މަޖިލީހުގެ އިންތިހާބާ ގުޅިގެން ކޯލީޝަން ފަޅައިގެން ދާން ކައިރިވެފައިވާ މައިގަނޑު ސަބަބަކީ ވެސް ޖޭޕީ އާއި އެމްޑީޕީގެ ހިޔާލު ތަފާތުމެވެ. މުޅިއަކުން އެހެންނެއް ވެސް ނޫނެވެ. ކޯޅުން ހަގީގަތުގައި އޮތީ ޖޭޕީ އާއި އެމްޑީޕީއާ ދެމެދަކު ނޫނެވެ. ކޯޅުން އޮތީ ލީޑާޝިޕްގެ މެދުގައެވެ. އެ ޕާޓީގެ ކައުންސިލް މެންބަރު އަދި މި ސަރުކާރުގައި ޖޭޕީގެ ސްލޮޓްގައި ހުންނެވި ޓްރާންސްޕޯޓް މިނިސްޓަރު އަދި އެ ޕާޓީގެ ލީޑަރުގެ އަނބިކަނބަލުން އައިޝަތު ނަހުލާ ބުދަ ދުވަހުގެރޭ ރާއްޖެޓީވީ އަށް ދެއްވި އިންޓަވިއުއިން އެކަން ވަރަށް ބޮޑަށް ސާފުވެއްޖެއެވެ.

ޖޭޕީގެ ލީޑަރު ގާސިމްގެ ބަސްފުޅަކީ ޖޭޕީގެ ސްޓޭންޑް ކަމަށް ކަނޑައަޅައި މީގެ ކުރިން ކައުންސިލުން ގޮތެއް ނިންމާފައިވީ ނަމަވެސް މިހާރު އެކަން އޮތީ އެހެން ނޫންކަން ފާއިތުވި ދުވަސްތަކުގައި ހިނގައިދިޔަ ބައެއް ކަންކަމުން ދަނީ ސާފުވަމުންނެވެ. މީގެ ކުރިން ގާސިމް އިބްރާހީމް ވިދާޅުވާ ކޮންމެ ވާހަކަފުޅަކަށް ކައުންސިލް މެންބަރުން ބޯޖައްސަވަމުން ގެންދެވި ނަމަވެސް މަޖިލީހުގެ އިންތިހާބުގައި ސަރުކާރާ ދެކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލީޝަނާ ބަޔަތު ހިއްޕެވުމަށް ގާސިމް ނިންމެވި ހިސާބުން އެކަން ވަނީ ބަދަލުވެފައެވެ. އޭގެ އެންމެ ބޮޑު އެއް ހެއްކަކީ ސަރުކާރުގައި ތިއްބެވި ޖޭޕީގެ ވަޒީރުން ފާޅުކަން ބޮޑު ގޮތެއްގައި އެކަމަށް ދެކޮޅު ހައްދަވައި ބަސް ވިދާޅުވުމެވެ.

ޖޭޕީގެ ސްލޮޓްގައި ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އަލީ ވަހީދު ވިދާޅުވީ އެމްޑީޕީ އާއި އިސްލާހީ މަސައްކަތުގައި ގުރުބާންވި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އަދާލަތު ޕާޓީ އާއި އެމްއާރްއެމްގެ މީހުން ދޫކޮށް ރައީސް ޔާމީން ކޮންޓްރޯލް ކޮށްގެން ހިންގާ، ޕީޕީއެމް/ޕީއެންސީ ފިކުރަށް ނުދާނެ ކަމަށެވެ. ފަހަރުގައި އަލީ ވަހީދު މިހެން ވިދާޅުވުމުން ބައެއް ފަރާތްތަކަށް އެއީ ޖޭޕީގެ އެތެރޭގެ އަޑު ކަމަށް ގަބޫލުނުކުރެވިދާނެއެވެ. ސަބަބަކީ އަލީ ވަހީދުގެ މާޒީއެވެ. މި ވަގުތު ޖޭޕީގެ ރައީސްކަމުގައި ހުންނެވިއެއް ކަމަކު އަލީ ވަހީދަކީ އެމްޑީޕީގެ ވެސް އެންމެ އިސް މަގާމުތައް ފުރުއްވި ބޭފުޅަކަށް ވާތީ ފަހަރުގައި އެހެން ވިދާޅުވުމުން އެއީ މާ ބޮޑު ކަމަކަށް ނުވެދާނެއެވެ.

ނަމަވެސް އަލީ ވަހީދާ ހިސާބުން އެކަން ނިމުނީއެއް ނޫނެވެ. ޖޭޕީގެ ސްލޮޓްގައި ވަޒީރުންގެ މަޖިލީހުގައި އިންނެވި އެންވަޔަރަންމަންޓް މިނިސްޓަރު ހުސައިން ރަޝީދު ވެސް ވަނީ ގާސިމްގެ ވާހަކަފުޅަށް ފާޅުގައި ދެކޮޅު ހައްދަވާފައެވެ. ޖޭޕީގެ އިސް މަގާމުތަކުގައި ލީޑަރާ އެންމެ ގާތުން ވަފާތެރިކަމާ އެކު މަސައްކަތްކުރެއްވުމުގައި ދެމިހުންނެވި ޑރ. ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އަސްލު މެމްބަރަކު އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭތަކަށް ވޯޓެއް ނުދޭނެ ކަމަށެވެ. އަދި އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަން ދިފާއުކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށާއި ކޯލީޝަން ރޫޅިގެން ނުދާ ކަމަށް ވެސް ޑރ. ހުސައިން ވިދާޅުވިއެވެ.

މިހުރިހާ ފަރާތްތަކަކަށް ވުރެ ވެސް ޖޭޕީގެ ލީޑަރުގެ ނިންމުމަކީ ޕާޓީގެ އެތެރޭގެ ނިންމުން ނޫންކަން ސާފުވާ އެއްކަމަކީ އެ ޕާޓީގެ ސްލޮޓްގައި ޓްރާންސްޕޯޓް މިނިސްޓަރުކަމުގައި ހުންނެވި އަދި ޕާޓީގެ ލީޑަރު ގާސިމްގެ އަނބިކަނބަލުން ފާޅުގައި އެކަމަށް ދެކޮޅު ހެއްދެވުމެވެ. ރާއްޖެޓީވީއާ ވާހަކަ ދައްކަވަމުން މިނިސްޓަރު އާއިޝާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު މަޖިލިސް އިންތިހާބަށް ވާދަ ކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށެވެ. އޭގެ ސަބަބު ވެސް އެކަމަނާ ވިދާޅުވިއެވެ.

"އަބްދުﷲ ޔާމީންގެ ފަރާތުން ނުކުމެފައި ހުރި އެއްވެސް ކެންޑިޑޭޓަކަށް އަޅުގަނޑުގެ ތާއިދެއް ހަމަގައިމު ވެސް ނޯންނާނެ ވާހަކަ. އަޅުގަނޑު ހުންނާނީ ސަރުކާރާ އެކުގައި ކަން، އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެންގެ މި ކޯލިޝަން ޖޭޕީ ވެސް އޮންނާނީ ހަމަ ޔަގީނުން ވެސް ސަރުކާރާ އެކު،" އައިޝާ ވިދާޅުވިއެވެ.

އެވަރުން ވެސް ނިމުނީއެއް ނޫނެވެ. އެކަމަނާ ވިދާޅުވީ ރައީސް ޔާމީނަށް ދުވަހަކު މައާފެއް ވެސް ނުކުރައްވާނެ ކަމަށެވެ.

މި ވަގުތަށް ބަލާއިރު ޖޭޕީގައި އާއިޝާއަކީ ނުފޫޒުގަދަ ބޭފުޅެކެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމުގެ މައްޗަށް ހުކުމް ކުރުމާ އެކު މަޑުމަޑުން ސިޔާސީ ދާއިރާގައި ފައިތިލަ އަޅުއްވަން ފައްޓަވައި އަދި ގާސިމް އަމިއްލަފުޅަށް ޖަރުމަނަށް އަރުވާލެއްވިގެން އެ ގައުމަށް ވަޑައިގެންނެވުމާ އެކު ރައީސް ޔާމީންގެ ސަރުކާރާ ދެކޮޅަށް ނިކުންނަވައި އޭރުގެ އިދިކޮޅު ފަރާތްތަކާ އެކު ޖޭޕީ ތަމްސީލްކުރެއްވުމުގައި ރަށްރަށަށް ވަޑައިގެން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން އެކަމާ ގެންދެވި ގޮތުން ޖޭޕީގެ އެތައް މެންބަރުންގެ ލޯބި އެކަމަނާ ހޯއްދެވިއެވެ. އަދި ގިނަ ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް ޓްރާންސްޕޯޓް މިނިސްޓާރުކަމަށް ވަޑައިގެން މި ސަރުކާރުގައި އެންމެ ހަރުއަޑުކޮށް ހިނގާ އެއް ވުޒާރާއަކަށް ޓްރާންސްޕޯޓް މިނިސްޓްރީ ހެއްދެވުމަށް ކުރައްވަން ފެއްޓެވި މަސައްކަތްތަކާ އެކު ޖޭޕީގެ އިތުރުން ދިވެހި ރައްޔިތުންނާއި އެ ޕާޓީއާ އެންމެ ވާދަވެރި އެމްޑީޕީގެ އާންމު މެންބަރުންގެ ލޯބި ވެސް އެކަމަނާ ގެންދަވަނީ ހޯއްދަވަމުންނެވެ.

އެހެންކަމުން މިފަދަ ދަނޑިވަޅެއްގައި ޕާޓީގެ ލީޑާޝީޕް އަދި ޚުދު އެކަމަނާގެ ފިރިކަނލުންގެ ނިންމެވުމާ ދެކޮޅަށް ވާހަކަ ދެއްކެވުމުގެ ހިތްވަރުން ދައްކުވައިދެނީ ޕާޓީގެ އެތެރެއިން ވެސް ލީޑާޝިޕްގެ ނިންމެވުމާ މެދު ހިތްހަމަނުޖެހުން އޮތް ކަމެވެ. ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި އޮވެ ޖޭޕީން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއާ އެކު މަޖިލިސް އިންތިހާބަށް މަސައްކަތްކުރުމަކީ ޖޭޕީގެ ގިނަ މެންބަރުން، ހާއްސަކޮށް އަލީ ވަހީދު ވެސް ވިދާޅުވި ގޮތަށް އިސްލާހަށް މަސައްކަތްކުރި ޖޭޕީގެ މެންބަރުން އެދޭނެ ގޮތެއް ނޫނެވެ. އައިޝާ ޖަވާބުން އެކަން ވަރަށް ސާފުވެ ފުދިއްޖެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ގުލްފާމް

1 ހަފްތާކުރިން

!އައިޝާމެޑަމް މިފަހަރު ކޮންކުޖެއް ފެނުނީބާ ގާސިމްބެ ބުނާގޮތް ނަހަދަނީ

2
1
Aisha

1 ހަފްތާކުރިން

Single vejjeyaa angaalachy

0
0
އަލީ

1 ހަފްތާކުރިން

މިވަރުންވެސް މައުމޫނަކަށް ނުކެރުނުދޯ ޢައްސާނަށް ތާއީދުކުރާކަށް!

1
0
ހ މ ޒ

1 ހަފްތާކުރިން

ޣައްސާނަކީ މެންބަރުކަން ކުރެވޭ ވަރުގެ އިލްމާއި ފިކުރާއި ތަޖުރިބާ ހުރި ބޭފުޅެއް!؟

1
3