22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ޓުއަރިޒަމް މިނިސްޓްރީ

މިދިޔަ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 16.8 ޕަސެންޓް އިތުރުވެއްޖެ

  • ފެބްރުއަރީ މަހު ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 320،135 ފަތުރުވެރިން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 14 މާރޗް 2019 | ބުރާސްފަތި 12:29 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ރާއްޖޭގައި ހިންގާ ރިސޯޓެއް - ނިމިދިޔަ ފެބްރުއަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 16.8 އަށް ވަނީ އިތުރުވެފައި -- ބުކިންގ.ކޮމް

ނިމިދިޔަ ފެބްރުއަރީ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 16.8 އަށް އިތުރުވެފައިވާ ކަމަށް ޓުުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ. 

އެ މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު މިދިޔަ ފެބްރުއަރީ މަހުގައި 16.8 ޕަސެންޓުގެ ކުރިއެރުމެއް އެމިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. ފެބްރުއަރީ މަހު ރާއްޖެ އަށް ޒިޔާރަތްކޮށްފައި ވަނީ 320،135 ފަތުރުވެރިންނެވެ. 

"އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރ ގުޅިގެން މިކުރެވޭ މަސައްކަތުން މި ދާއިރާ ކުރިއަށް ދިޔުމަކީ އުފާކުރާ ކަމެއް،" އަލީ ވަހީދު ވިދާޅުވި އެވެ.

ނިމިދިޔަ މަހު  ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އައިސްފައިވަނީ ޔޫރަޕްގެ ގައުމުތަކުންނެވެ. ޔޫރަޕްގެ ގައުމުތަކުން 55 ޕަސެންޓުގެ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު އެއީ 13 ޕަސެންޓުގެ ކުރިއެރުމެކެވެ. އޭޝިއާ ސަރަހައްދުން 37 ޕަސެންޓުގެ ޓޫރިސްޓުން މިދިޔަ މަހު ރާއްޖެ އައިސްފައިވާއިރު އެއީ 8.5 ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި އެމެރިކާ އިން އައިސްފައިވާ ފަތުރުވެރިންގެ ނިސްބަތް ފަސް ޕަސެންޓުގައި ހުރި އިރު އެއީ 26 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރާ އަޅާ ބަލާ އިރު ޗާއިނާގެ ޓޫރިސްޓުންގެ ނިސްބަތް ތިން ޕަސެންޓަށް ދަށަށް ގޮސްފައި ވީނަމަވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. ޗައިނާއިން ރާއްޖެއައި ފަތުރުވެރިންގެ ނިސްބަތް 17.8 ޕަސެންޓުގައި ހުރި އިރު އިޓަލީއިން ރާއްޖެ އަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު 10.8 ޕަސެންޓަށް އަރައެވެ. 

ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ(އިންޑިއާ(7.6 ޕަސެންޓް)، އިނގިރޭސިވިލާތް(7.4 ޕަސެންޓް) އަދި ޖަރުމަންވިލާތުން (6.5 ޕަސެންޓް)ގެ ކުރިއެރުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ihaaru.

1 ހަފްތާކުރިން

ނުފެލާނަމަ އަދި އޮބިނޯންނަވަރަށް އަަންނާނެ

0
0