22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

އެމްޑީޕީގެ އެޖެންޑާ 19 ކެމްޕެއިން ހަރަކާތްތައް

އެސްއެމްއީ ލޯނު އަންނަ ހަފުތާގެ ތެރޭގައި ދޫކުރަން ފަށާނެ: ރައީސް

  • ރައީސް ވިދާޅުވީ އެޖެންޑާ 19 އަކީ ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތަފްސީލް
އަމަން ހަލީމް | soupized

| 14 މާރޗް 2019 | ބުރާސްފަތި 11:11 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ރައީސް ސޯލިހު ކެޔޮދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ސަލާމްކުރައްވަނީ -- ރާއްޖެއެމްވީ

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އުފައްދާފައިވާ އެސްއެމްއީ ބޭންކު މެދުވެރިކޮށް އަންނަ ހަފުތާގެ ތެރޭގައި ލޯނު ދޫކުރެވެން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ވ. ކެޔޮދޫގައި ބޭއްވި ހުސައިން ގާސިމްގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެޖެންޑާ 19 އަކީ ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތަފްސީލް ކަމަށެވެ. އަދި މި ވައުދުތައް ފުއްދުމަށް އެޖެންޑާ 19 ގައިވާ ކަންކަން ގަބޫލުކުރާ ވައުދުތައް ފުއްދުމަށް އެ މެނިފެސްޓޯގައިވާ ކަންކަން ގަބޫލު ކުރައްވާ މެމްބަރުން އިންތިހާބު ކުރުން މުހިންމު ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިހާރު ވެސް ސަރުކާރުން ވައުދުތައް ފުއްދަމުންދާ ކަމަށާއި އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ހަނދާން އެބަހުރި ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އެގޮތުން ތައުލީމީ ޖީލެއް އުފެއްދުމަކީ މި ސަރުކާރުގެ އެއްމެ ބޮޑު އެއް އަމާޒުކަމަށެވެ. އަދި މި އަމާޒަށް ވާސިލުވުމުގެ ގޮތުން ސްޓޫޑެންޓް ލޯން އިންޓްރެސްޓް ކުޑަކުރެވިފައިވާ ކަމަށާއި އަދި ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު މިހާރު ލިބިލައްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ. އަންނަ ސެމިސްޓަރއިން ފެށިގެން މި ސަރުކާރުން ކުރިޔަށް ގެންދާ ހެނދުނުގެ ނާސްތާ ޕްރޮގްރާމް ވެސް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފެށިިގެން ދާނެ ކަަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ފުއްދަވާ ދެއްވާފައިވާ އެހެން ވައުދުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ސޯލިހު ވިދާޅުވީ މިހާރު ވިހެއުމުން މަަންމައަށް ހަ މަހުގެ ޗުއްޓީއެއް އަދި ބައްޕައަށް އެއް މަހުގެ ޗުއްޓީއެއް ސިވިލް ސާވިސްގެ މުވައްޒަފުންނަށް ލިބޭނެ ކަމަށެވެ. 

މީގެ އިތުރުން ރައީސް ވަނީ ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ނަރުދަމާގެ މަސައްކަތް ފެށިގެން ދާނެ ކަމަށް ވިދާޅުވެފައެވެ. އަދި މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމިގެން ދާއިރު ރާއްޖޭގައި ފެނާ ނަރުދަމާގެ ހިދުމަތް ނުލިބޭ މީހުން ދިރިއުޅޭ އެއްމެ ރަށެއް ނުހުންނާނެ ކަމަށް ވެސް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. އަދި އެއްވެސް ރަށެއްގެ ކުޑަ ބޮޑު މިނަށް އާބާދީއަކަށް ބެލުމެއް ނެތި ހަމަހަމަކަމާ އެކު ތަރައްގީ ގެނެސްދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ވ. ކެޔޮދޫއަށް ހާއްސަ ކުރެވިފައިވާ ކަންކަމަށް އަލި އަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެ ރަށުގައި ވެސް ފެނާ ނަރުދަމާގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ. އަދި މި އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ ކެޔޮދޫގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފޭސްގެ މަސައްކަތް ފެށިގެން ދާނެ ކަމަށާއި، އެ ރަށު ސްކޫލްގައި މަލްޓި ޕާރޕަސް ހޯލެއް އެޅުމުގަ މަސަތްކަތާއި ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ކޭތުވާލު

5 ދުވަަސް ކުރިން

އަހަރުމެން އެދިފަ ވާނެ އަދި ޖަވާބެއް ނުލިބޭ ކުރީސަރުކަރުން އެހެން ވީމަ އަހަރުމެން ނުލިބޭމިހުން ގެ ކަންކަނަް ވީ ގޮތް ބަލަން ޖެހޭނެ.

0
0
Iboo

7 ދުވަަސް ކުރިން

Mdp in loan dhookuran fashaneetha

0
0
Abudhul aleem

1 ހަފްތާކުރިން

Kobaatha sunami loan maafu koh dhen bunefa still not

0
0