22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ގެރެތު ބޭލް

ރެއާލްގައި ހޭދަކުރާ ދުވަސްތަކާ މެދު ބޭލް ފަހުރުވެރިވާންޖެހޭ: އޮވެން

  • ބޭލް ވަނީ ރެއާލްއާ އެކު 13 ތަށްޓެއް ކާމިޔާބުކޮށްފައި
ލީވާން އަލީ | MrLeevaan

| 14 މާރޗް 2019 | ބުރާސްފަތި 10:05 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ގެރެތު ބޭލް -- ގޯލް.ކޮމް

ރެއާލް މެޑްރިޑްގައި ހޭދަކުރާ ދުވަސްތަކާ މެދު އެ ކްލަބަށް ކުޅެމުން އަންނަ ވޭލްސްގެ ފޯވާޑް ގެރެތު ބޭލް ފަހުރުވެރިވާންޖެހޭ ކަމަށް އިނގިރޭސި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް މައިކަލް އޮވެން ބުނެފިއެވެ.

އޭއެސްއަށް ދިން އިންޓަވިއުއެއްގައި އޮވެން ބުނީ، ރެއާލްއާ އެކު ބޭލް ހޯދަމުން އަންނަ ކާމިޔާބީ ފާހަގަކޮށްލެވޭ ކަމަށާއި، ނަމަވެސް އަނިޔާގެ މައްސަލަތަކާ ގުޅިގެން އޭނާއަށް އުނދަގުލާ ކުރިމަތިލާންޖެހޭ ކަމަށެވެ.

އޮވެން ބުނީ، ކާމިޔާބީއާ ހަމައަށް ވާސިލުވުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި، ފާއިތުވެދިޔަ ދިޔަ ދުވަސްތަކުގައި ފެނުނީ ޔުއެފާ ޗެމްޕިއަންސް ލީގާއި، ކޮޕާޑެލްރޭގެ ފައިނަލުގައި ލަނޑުޖަހާ އުފާފާޅުކުރި މަންޒަރު ކަމަށެވެ.

ބޭލްއާ މެދު ފަހުރުވެރިވާކަން ފާހަގަކުރަމުން ރެއާލް އަށް ވެސް މީގެ ކުރިން ކުޅުނު އޮވެން ބުނީ، ރެއާލްގައި ހޭދަކުރި ދުވަސްތަކަށް އެނބުރި ބަލާފައި ބޭލް ވެސް އެކަންކަމާ ފަހުރުވެރިވާނެ ކަމަށެވެ.

ރެއާލް މެޑްރިޑާއެކު ބޭލް ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާނީ 2022 ވަނަ އަހަރުގެ ނިޔަލަށެވެ. އޭނާ އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ވާގޮތުން އޭނާގެ ރިލީސް ފީއަކީ 500 މިލިއަން ޔޫރޯއެވެ. އެހެން ޓީމަކަށް ބޭލް ގެންދިޔުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީވެސް އޭނާގެ މުސާރައެވެ.

އޭރުގެ ރެކޯޑް ޓްރާންސްފާ ފީއެއް ކަމަށްވާ 100 މިލިއަން ޔޫރޯއަށް 2013 ވަނަ އަހަރު ރެއާލްއަށް ބަދަލުވެ ބޭލް ވަނީ އެ ޓީމަށް މިހާތަނަށް 223 މެޗު ކުޅެދީ 101 ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ މިހާތަނަށް އެ ޓީމާއެކު 13 ތަށްޓެއް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް