22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

7 ފެބުރުއަރީ 2012

ބާޣާވާތާ ގުޅިގެން ދައުވާކުރި 70 މީހުންގެ މައްސަލަ ރިވިއުއަށް ހުށަހަޅައިފިން: އެމްޑީޕީ

  • މައްސަލަތައް މުރާޖައާކުރުމަށް ޕީޖީއަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވަނީ ބުދަ ދުވަހު
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 14 މާރޗް 2019 | ބުރާސްފަތި 09:13 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


7 ފެބުރުއަރީ 2012 ވަނަ ދުވަހު ޖުމްހޫރީ މައިދާން ސަރަހައްދު -- އާކައިވް

2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު، ހިނގި ހަމަނުޖެހުމުގައި، ޓެރަރިޒަމްގެ ޢަމަލު ހިންގީކަމަށްބުނެ އައްޑު އަތޮޅުން ދަޢުވާކޮށްފައިވާ 70 މީހެއްގެ މައްސަލަ މުރާޖަޢާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެމްޑީޕީން ހުށަހަޅައިފިއެވެ.

މައްސަލަތައް މުރާޖައާކުރުމަށް ޕީޖީއަށް އެމްޑީޕީގެ ފަރާތުން ހުށަހަޅާފައިވަނީ ބުދަ ދުވަހު އެވެ.

މައްސަލަތައް މުރާޖަޢާކުރުމަށް ހުށަހެޅިކަން ހާމަކޮށް އެމްޑީޕީން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މިހާރުގެ އެމްޑީޕީ ސަރުކާރުގެ ބަންޑާރަ ނައިބު 31 ޑިސެމްބަރ 2018 ގައި ކަނޑައަޅުއްވާފައިވާ ޢާންމު ސިޔާސަތުގައި "މީހަކު ކުރާ ކުށުގެ ޢަމަލެއްގެ މައްޗަށް ދަޢުވާ ކުރުމަށް ބަލާއިރު، އެ ކުށުގެ ޢަމަލު ތަޖުރީމުކުރާ އެއް ޤާނޫނަށްވުރެ ގިނަ ޤާނޫނު އޮތްނަމަ، ދަޢުވާކުރާނީ އެ ތަނުން މުއްތަހަމަށް ލުއި އިޖްރާއާތާއި އަދަބު ކަނޑައެޅިފައިވާ ޤާނޫނުގެ ދަށުންކަމަށް ކަނޑައެޅޭނެ ގޮތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސައްކަތް ބައްޓަން" ކުރަންވާނެކަމަށް ކަނޑައަޅުއްވާފައިވާކަމަށެވެ.

އެކަމުގެ މައްޗަށް އެމްޑީޕީން މައްސަލަތައް މުރާޖަޢާކުރުމަށް ހުށަހެޅީ، މިހާރު މި 70 މީހުންގެ ދަޢުވާތައް ހުރި ގޮތުން، އެމީހުންގެ މައްޗަށް ކުށްސާބިތު ވެއްޖެނަމަ، ކަނޑައެޅޭނީ އެންމެ ލުއި އަދަބުކަމުގައި ނުވާނެތީކަމަށް އެމްޑީޕީން ބުންޏެވެ.

2012 ވަނަ ހިންގި ބަޣާވަތާ ގުޅިގެން އައްޑޫއިން 70 މީހެއްގެ މައްޗަށް، ގދ. ތިނަދޫއިން 94 މީހެއްގެ މައްޗަށް އަދި ލ. އިސްދޫގެ 4 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާކޮށްފައިވެއެވެ. އަދި ހއ. އިހަވަންދޫގެ 22 މީހަކާއި، ރ.އަލިފުށިން 4 މީހަކާއި، ހއ. ދިއްދޫ 8 މީހަކާއި، ބ. ތުޅާދޫން 4 މީހަކާއި އަދިވެސް އެތައް ބަޔަކަށް ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ދަޢުވާ ކޮށްފައިވެއެވެ.

މީގެ ތެރެއިން ގިނަ ދަޢުވާތައް ވަނީ އަނބުރާ ގެންގޮސްފައެވެ. ނުވަތަ ޖޫރިމަނާއަކުން މައްސަލަ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މުރާސިލު

1 ހަފްތާކުރިން

ރަނގަލު ރައްޔިތުންނަށް ލުއިވާގޮތަށް އެމްޑީޕީއިން ކަންކުރަންޖެހޭނީ

0
0