22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
އިޝާ 19:30
މަޣްރިބް 18:18
އަސްރު 15:21
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ބޯއިންގ 737 މެކްސް

އެމެރިކާއިންވެސް ބޯއިންގ 737 މެކްސްގެ ބޯޓްތައް ހުއްޓާލައިފި

  • ބޯއިންގ 737 މެކްސް ބޯޓްތައް ހުއްޓާލާ ލިސްޓަށް އެންމެ ފަހުން ވަން ގައުމަކީ އެމެރިކާ
އަބުދުﷲ މުހައްމަދު | 8Abbo

| 14 މާރޗް 2019 | ބުރާސްފަތި 08:23 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


އެމެރިކަން އެއަރލައިންސްގެ ބޯއިންގ 737 މެކްސްގެ ބޯޓެއް ރޭގަން ނޭޝަނަލް އެއަރޕޯޓަށް ޖައްސަނީ -- ރޮއިޓަރސް

އެމެރިކާ އިން ވެސް ބޯއިންގ 737 މެކްސްގެ ބޯޓްތަކުގެ ސަލާމަތީ ކަންކަމާ މެދު ކަންބޮޑުވެ އެ މަރުކާގެ ބޯޓްތަކުގެ ދަތުރުތައް ހުއްޓާލަން ނިންމައިިފިއެވެ.

މިއީ މަތިންދާ ބޯޓް އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏަށް ވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި ކުރިމަތިލާން ޖެހުނު އެންމެ އުނދގޫ ހާލަތެވެ.

ބޯއިންގ ކުންފުނިން ވެސް ވަނީ ބޯއިންގ 737 މެކްސްގެ ބޯޓްތައް ބޭނުންކުރާ ދުނިޔޭގެ ހުރިހާ އެއަރލައިނަކުން އެ ބޯޓްތައް ބޭނުންކުރުން ވަގުތީ ގޮތުން މަޑުޖައްސާލުމަށް ލަފާދީފައެވެ. 

ބޯއިންގގެ ރައީސް، ސީއީއޯ، އަދި ޗެއަރމަން ޑެނިސް މުއިލެންބަރގ، ކުންފުނީގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އަމިއްލަ އިސްނެގުމުގައި އަޅަމުންދާ ފިޔަވަޅަށް ތާއީދުކުރާކަމަށެވެ.

"އިންވެސްޓިގޭޓަރުންގެ އެހީގައި އަޅުގަނޑުމެން މިދަނީ ބަލަމުން އެކްސިޑެންޓް ހިނގަން ދިމާވި ސަބަބު އަދި  މިބާވަތުގެ ކަމެއް އިތުރަށް ހިނގުޔަނުދިނުމަށް ސަލާމަތީ ކަންކަން ވަރުގަދަކުރަމުން"

އެެއަރލައިންތަކުން ބޯއިންގ 737 މެކްސްގެ ބޯޓްތައް ބޭނުންކުުރުން ހުއްޓާލަމުންދަނީ މިދިޔަ އާދީއްތަ ދުވަހު އިތިއޯޕިއަން އެއަރލައިންގެ ފްލައިޓް ވެއްޓުނު ހާދިސާ އަށް ފަހުއެެވެ.

ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އާދީއްތަ ދުވަހު ވެއްޓުނު އިތިއޯޕިއަން އެއަރލައިންގެ ފްލައިޓުން ދަތުރުކުރި 157 މީހުން ވަނީ މަރުވެފައެވެ. މިއީ ބޯއިންގ 737 މެކްސް 8ގެ ބޯޓަކަށް ފަސް މަސްދުވަހުގެ ތެރޭ ދިމާވި މިފަދަ ދެވަނަ ހާދިސާއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެއްޓުނު ލަޔަން އެއަރގެ ބޯޓަކީ ވެސް މި މޮޑެލްގެ ބޯޓެކެވެ. ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެއްޓުނު މި ބޯޓުން ދަތުރުކުރި 189 މީހުން ވަނީ މަރުވެފައެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން(އެފްއޭއޭ)އިންވަނީ އެމެރިކާގެ ހުރިހާ އެއަރލައިނަކުން އަދި އެ ގައުމުގެ ސަރަހައްދުގެ ތެރޭގައި އޮޕަރޭޓް ކުރާ އެއަރލައިނަކުން ބޯއިންގ 737 މެކްސް ގެ ބޯޓްތައް ބޭނުންކުރުން ވަގުތީގޮތުން ހުއްޓާލުމަށް ގޮވާލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް