22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގު: ބަޔާން ދަނޑުގައި އެ ޓީމު ބަލިކޮށް ލިވަޕޫލް ކުއާޓާއަށް

  • ބަޔާންގެ މައްޗަށް ލިވަޕޫލް ކުރިހޯދީ 1-3 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 14 މާރޗް 2019 | ބުރާސްފަތި 03:10 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ލިވަޕޫލްގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ޓްވިޓަރ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް ދަނޑުގައި އެ ޓީމު ބަލިކޮށް، ލިވަޕޫލް ކުއާޓާ އިން ޖާގަ ހޯދައިފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު ދެވަނަ ލެގުގެ މެޗު ބަޔާންއާ ވާދަކޮށް ލިވަޕޫލުން މެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ. ބަޔާން އަދި ލިވަޕޫލް ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެގޮތުން ލިވަޕޫލް ކުއާޓާއަށް ދަތުރުކުރީ 1-3 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. 

ބަޔާން ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ ލިވަޕޫލުންނެވެ. އެގޮތުން 26 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ކާމިޔާބުކުރީ ވެންޑައިކްގެ އެހީތެރިކަމާ އެކު ސާޑިއޯ މާނޭއެވެ.

ނަމަވެސް ބަޔާނުން ވަނީ 39 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑަކީ ލިވަޕޫލްގެ މަޓިޕް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑަށް ފަހު ވެސް ބަޔާންއަށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

ދެވަނަ ހާފް ފެށިގެން ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނުނުއިރު، 69 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު ޖޭމްސް މިލްނާ ނަގައިދިން ކޯނަރަކުން ކާމިޔާބުކުރީ ވެންޑައިކްއެވެ.

މި ލަނޑަށްފަހުވެސް ލިވަޕޫލަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން މުހައްމަދު ސަލާހް އަދި މާނޭއަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ލިވަޕޫލުން މެޗުގެ ލީޑު ފުޅާކުރީ 84 ވަނަ މިނެޓުގައެވެ. މި ލަނޑު ސަލާހްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ މާނޭއެވެ. މެޗުގައި މާނޭ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް