22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ސަރުކާރު ކޯލިޝަން

ދެ ބަޔަކާ އިއްތިހާދު ހަދައިގެން ޖޭޕީއަށް ނުތިބެވޭނެ: އީވާ

  • އަމިއްލަ ގޮތުން ވާދަ ކުރާ ބަޔަކަށް ފާޑު ވިދާޅުވި
ޙުސައިން ޙަސަން | hucenhassan

| 14 މާރޗް 2019 | ބުރާސްފަތި 01:59 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ: ޖޭޕީއަށް ފާޑުވިދާޅުވި -- ފޮޓޯ: ސަމާހު

ސަރުކާރާއެކު އިއްތިހާދު ހަދައިގެން އުޅޭ ބަޔަކަށް އިދިކޮޅު ފަރާތްތަކާ އެކު އިއްތިހާދު ހަދައިގެން ނުތިބެވޭނެ ކަމަށް ވިދާޅުވެ، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް ފާޑުވިދާޅުވެއްޖެއެވެ.

ސަރުކާރު ކޮލިޝަންގައި ހިމެނޭ ޖޭޕީން, ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއިދާ އެކު، ޕީޕީއެމް/ޕީއެންސީއާ ގުޅިގެން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ނިންމުމާ ގުޅިގެން، އެކަމަށް ފާޑުވިދާޅުވެ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އީވާ ވިދާޅުވީ ޖޭޕީ އޮތީ ސަރުކާރާ އެކުގައިތޯ ސުވާލު އުފެދޭ ކަމަށާއި ކޮންމެ ވެސް އެއް ގޮތެއް ޖޭޕީން ނިންމަންޖެހޭ ކަމަށެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވާހަކަފުޅު ދައްކަވާ ގޮތުން، މަޖިލިސް އިންތިހާބުގައި ޖޭޕީގެ އާންމު މެމްބަރުން ވޯޓު ދޭން ވީ ގޮތް އޮޅޭ ހިސާބަށް ގޮސްފައިވާ ކަމަށް އީވާ ވިދާޅުވިއެވެ.

"ދެ ބަޔަކާ އެކު އިއްތިހާދުވެގެން ނުތިބެވޭނެ. ސަރުކާރަކާ އެކު އިއްތިހާދު ހަދައިގެން އުޅޭ ބަޔަކަށް އިދިކޮޅު ފަރާތްތަކާ އެކު އިއްތިހާދު ހަދައިގެން ނުތިބެވޭނެ،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުގެ ވައުދުތައް ގޮންޖެހުމަކާ ނުލައި ތަންފީޒު ކޮށްދޭނެ ކެންޑިޑޭޓުންނަކީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށާއި އެ ޕާޓީގެ ކެންޑިޑޭޓުންނަކީ ސަރުކާރުގެ ކެންޑިޑޭޓުން ކަމަށެވެ. އެމްޑީޕީގެ ބައެއް އާންމު މެމްބަރުން އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރައްވާތީ، އެކަމަށް އިޝާރާތް ކުރައްވައި އީވާ ވިދާޅުވީ އެ މީހުންނަކީ ޕާޓީ ބަދަލުކުރާ ބައެއް ކަމަށާއި ގޮތް ނޭނގޭ ބަޔަކު އެ މީހުންނަށް ފަންޑު ކުރަމުންދާ ކަމަށް އީވާ ވިދާޅުވިއެވެ.

"އެމްޑީޕީ ޕްރައިމަރީތަކުގައި ބައިވެރިވެގެން އެމްޑީޕީ ޓިކެޓް ލިބިގެން އެމްޑީޕީގެ ނަމުގައި ވާދަ ކުރާ ކެންޑިޑޭޓުންނަކީ އައި ދިމާލައި ދާނޭ ދިމާ ސާފުކޮށް އެނގޭ ކެންޑިޑޭޓުން،" އީވާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މުރާސިލު

1 ހަފްތާކުރިން

ކޮންމެ މުސްލިމަކަށް ވެސް އައި ދިމާލާ ދާނެ ދިމާ ސާފު

0
0