22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ކެފޭ ރިޓްރީޓް

ކެފޭ ރިޓްރީޓްގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވައިފި

  • ކެފޭ ހުޅުވާފައިވަނީ ހުޅުމާލޭގެ ބީޗްރޯޑްމަގުގައި
  • އެއްފަހަރާ 130 މީހުންނަށް ކެފޭ އިން ހިދުމަތް ދެވޭނެ
ސިމާހާ ނަސީމް | sim_kamana

| 14 މާރޗް 2019 | ބުރާސްފަތި 00:31 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ކެފޭ ރިޓްރީޓްގެ ހުޅުމާލެ އައުޓްލެޓް -- ރާއްޖެއެމްވީ

ކެފޭ ރިޓްރީޓްގެ އައުޓްލެޓެއް ހުޅުމާލޭގެ ބީޗްރޯޑްމަގުގައި ހުޅުވައިފިއެވެ.

ބުދަ ދުވަހުގެ ރޭ މި އައުޓްލެޓް ހުޅުއްވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ.

އައުޓްލެޓް ހުޅުއްވައިދެއްވުމަށް ފަހު ރާއްޖެއެމްވީއަށް ދެއްވި އިންޓަވިއުގައި މިނިސްޓަރު ވިދާޅުވީ ޒުވާން ވިޔަފާރިވެރިން އިސްނަގައިގެން ވިޔަފާރީގެ ދާއިރާއަށް ނިކުތުމުން ކާމިޔާބުވާނެ ކަމަށެވެ.

މި އައުޓްލެޓް ފަރުމާ ކުރެވިފައިވަނީ ބީޗް ހިމެނޭ ގޮތަށް އެއް ފަހަރާ 130 މީހުންނަށް ކެވޭ ގޮތަށެވެ. ކެފޭ އިން ލިބެން ހުންނަ ކެއުންތަކަކީ އިންޑިއަން، ޗައިނީޒްގެ އިތުރުން ވެސްޓަން ފުޑްއެވެ.

ރިޓްރީޓްގެ ފައުންޑަރ ހުސެއިން އިސްމާއިލް ވިދާޅުވީ ރީޓްރީޓަކީ ދިވެހި ބްރޭންޑެއް ކަމަށާއި ހިދުމަތް ފޯރުކޮށްދިނުމުގައި އަބަދު ވެސް ކަސްޓަމަރުންގެ ޖީބަށް ލުއި ކޮލެޓީ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް އިސްކަންދޭ ކަމަށެވެ. އަދި އެ ބްރޭންޑް އުފެއްދުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ވެސް އެއީ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިތަނުން ކެފޭގެ ހާއްސަ ސޭންޑްވިޗް ލިބޭނެ، ކެފޭގައި ބޭނުންކުރާނީ ބިއްލޫރި ފުޅި ޕްލާސްޓިކް ފްރީ ތަނެއްގެ ގޮތުގައި ހިންގާނީ" އައުޓްލެޓް މެނޭޖަރު މުހައްމަދު ނައީމް ވިދާޅުވިއެވެ.

ކެފޭ ރިޓްރީގެ ދެ އައުޓްލެޓް މާލޭގައި ހިންގަމުންދާއިރު މިއީ ހުޅުމާލޭގައި ހުޅުވި ފުރަތަމަ އައުޓްލެޓެވެ.

ހުޅުމާލޭގައި މިއަހަރު ތެރޭގައި އިތުރު އައުޓްލެޓެއް ހުޅުވަން ނިންމާފައިވާ ކަމަށާއި މާލޭގައި ރޯދަ މަހު ވެސް އައުޓްލެޓެއް ހުޅުވާނެ ކަމަށް ރިޓްރީޓް ކެފޭ އިން ބުންޏެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް