22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ބްރެކްސިޓް

އީޔޫއާ އެކު ނޯ ޑީލް ބްރެކްސިޓަކަށް ނުދާން އިނގިރޭސި ޕާލިމަންޓުން ފާސްކޮށްފި

  • އެއްބަސްވުމެއް ނެތި ބްރެކްސިޓް ނުވާން 312 މެމްބަރުން ވޯޓު ދެއްވިއިރު އެކަމާ ދެކޮޅަށް 308 މެމްބަރަކު ވޯޓު ދެއްވާފައިވޭ
  • މިހާރު އޮތް ގާނުނުތަކުގެ ދަށުން އަދިވެސް އެއްވެސް އެއްބަސްވުމެއް ނެތި އިނގިރޭސިވިލާތަށް 29 މާރޗުގައި އިއްތިހާދުން ވަކިވެވޭނެ
އަމަން ހަލީމް | soupized

| 13 މާރޗް 2019 | ބުދަ 23:01 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭ -- ބީބީސީ

ޔޫރަޕުގެ އިއްތިހާދާ އެކު އެއްބަސްވުމެއް ނެތި އިނގިރޭސިވިލާތް އެޖަމާއަތުން ވަކިނުވުމަށް އެ ގައުމުގެ ޕާލިމަންޓުން ފާސްކޮށްފިއެވެ.

ކޮންމެ ހާލަތެއް މެދުވެރިވީ ކަމުގައިވީ ނަމަވެސް އެއްބަސްވުމެއް ނެތި ބްރެކްސިޓް ނުވާން 312 މެމްބަރުން ވޯޓު ދިން އިރު އެކަމާ ދެކޮޅަށް 308 މެމްބަރަކު ވޯޓު ދިނެވެ. ނަމަވެސް މިހާރު އޮތް ގާނުނުތަކުގެ ދަށުން އަދިވެސް އެއްވެސް އެއްބަސްވުމެއް ނެތި އިނގިރޭސިވިލާތަށް 29 މާރޗުގައި އިއްތިހާދުން ވަކިވެވޭނެއެވެ.

އިތުރު ވަގުތު ހޯދަން އިއްތިހާދުގެ ހުއްދައަށް އެދެން ބޭނުންވޭތޯ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ބުރާސްފަތި ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. އަދި މިކަން ކުރަން ބޭނުންވާ މުއްދަތުގެ ކުޑަ ބޮޑުމިން އެނގޭނީ މިހާރު ބޮޑުވަޒީރު ތެރީސާ މޭ ހުށައަޅުއްވާފައިވާ އެއްބަސްވުމާ ދޭތެރޭ މެމްބަރުން ގޮތެއް ނިންމެވުމުން ކަމަށް ވެސް އިނގިރޭސި ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުން ބޭނުންވީ ނޯ ޑީލް ބްރެކްސިޓްގެ އިހްތިޔާރު ވެސް ބޭއްވުމަށެވެ. އަދި އެގޮތަށް ވިޕް ނެރެފައި ވަނިކޮށް އެ ޕާޓީގެ ބައެއް މެމްބަރުން ވަނީ ވޯޓުގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ ތޭރަ މިނިސްޓަރުން ހިމެނިވަޑައިގަންނަވައެވެ. އަދި އެއް މިނިސްޓަރަކު ވަނީ ޕާޓީގެ ވިޕާ ޙިލާފަށް ވޯޓު ދެއްވުމަށް ފަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.

މި ނިންމުންތަކާ ގުޅިގެން ސަރުކާރުގެ ބާރު ގެއްލިފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި ބޮޑުވަޒީރު މޭއަށް އަމިއްލަފުޅު ޕާޓީގެ ކޮންޓްރޯލް ގެއްލިފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

އިދިކޮޅު ލީޑަރު ޖެރެމީ ކޯބިން ވަނީ ޑީލްގެ ކަންކަން އީޔޫއާ އެކީ މަޝަވަރާ ކުރުމުގެ ބާރު ޕާލިމަންޓަށް ނެގުމަށް ވެސް ގޮވާލައްވާފައެވެ.

އީޔޫ އިން ވާހަކަދެއްވި ތަރުޖަމާނަކު ވިދާޅުވީ އިއްތިހާދުން ވަކިވެވޭނީ ދެގޮތަކަށް ކަމަށެވެ. އެއީ އެއްބަސްވުމަކާ އެކީގައި ނުވަތަ އެއްބަސްވުމެއް ނެތި ކަމަށާއި ދެގޮތަށް ކަން ކުރަން ވެސް އިއްތިހާދުން އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ބޮޑުވަޒީރު މޭއާ އެކު ވެވިފައި އޮތް އެއްބަސްވުމުގައި ސޮއިކުރަން ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް