24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

އަައިޝަތު ނަހުލާ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

  • ދެމިހުންނާނީ ސަރުކާރު ދިފާއު ކުރުމުގައި ކަަމަށް ވިދާޅުވި
  • ޔާމީނަށް މައާފު ނުކުރާނެ ކަމަށް ވެސް ވިދާޅުވި
ޙުސައިން ޙަސަން | hucenhassan

| 13 މާރޗް 2019 | ބުދަ 22:38 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ -- ފޮޓޯ: މުހައްމަދު ޝަރުހާން

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކު މަޖިލިސް އިންތިހާބަށް ވާދަ ކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އައިޝާ އެހެން ވިދާޅުވީ ހުޅުމާލޭގައި "ރިޓްރީޓް ހުޅުމާލެ" ނަމުގައި ރެސްޓޯރެންޓެއް ހުޅުވި ހަފްލާއެއްގައި "ރާއްޖެއެމްވީ"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަނާ ހުންނަވާނީ ސަރުކާރު ދިފާއު ކުރެއްވުމުގައި ކަމަށެވެ.

"އަބްދުﷲ ޔާމީންގެ ފަރާތުން ނުކުމެފައި ހުރި އެއްވެސް ކެންޑިޑޭޓަކަށް އަޅުގަނޑުގެ ތާއިދެއް ހަމަގައިމު ވެސް ނޯންނާނެ ވާހަކަ. އަޅުގަނޑު ހުންނާނީ ސަރުކާރާ އެކުގައި ކަން، އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެންގެ މި ކޯލިޝަން ޖޭޕީ ވެސް އޮންނާނީ ހަމަ ޔަގީނުން ވެސް ސަރުކާރާ އެކު،" އައިޝާ ވިދާޅުވިއެވެ.

"ރިޓްރީޓް ހުޅުމާލެ" ރެސްޓޯރަންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ(މ) ފޮޓޯއަކަށް ހުއްޓިގެން-- ފޮޓޯ/ ރާއްޖެއެމްވީ

އެކަމަނާ ވިދާޅުވީ ރިޔާސީ ކެމްޕެއިން މަސައްކަތްތަކެއް ކުރެއްވި ކަމަށާއި ކެމްޕެއިން ތެރޭގައި ވަރަށް ސާފު ބަހުން، ޔާމީނަށް މައާފު ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވާނެ ކަމަށެވެ. އެތައް ރައްޔިތުންނެއްގެ ކިބައިން ސަލާން ޖަހައި އާދޭސްކޮށްގެން ސަރުކާރު ގެނައީ އަމާންކަމާއި މިނިވަންކަމާ އެކު ދިރިއުޅެވޭނެ މާހައުލެއް ހޯދައިދިނުމަށް ކަމަށް އައިޝާ ވިދާޅުވިއެވެ.

"ކެމްޕެއިނެއް ނިމިގެންދިޔައިރު ކޮންމެ ވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެވުނު ކަމަށް ގަބޫލު ކުރަން. ކެމްޕެއިން ތެރޭގައި ވަރަށް ރަނގަޅަށް ވަރަށް ސާފު ބަހުން އަޅުގަނޑު ދެންނެވިން ދުވަހަކު ވެސް ޔާމީނަށް މައާފު ނުކުރާނެ ވާހަކަ،" އައިޝާ ވިދާޅުވިއެވެ.

ޔާމީންގެ ތާއިދާ އެކު މަޖިލިސް އިންތިހާބަށް ނުކުންނަ ކެންޑިޑޭޓަކަށް ތާއިދު ނުކުރައްވާނެ ކަމަށް އައިޝާ ވިދާޅުވެފައި ވަނީ ޖޭޕީ އާއި ޕީޕީއެމް/ޕީއެންސީ ގުޅިގެން މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށް ނިންމަވާފައި ވަނިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މުޙައްމަދު

1 ހަފްތާކުރިން

. ސާބަސް އައިޝާ ވިސްނަވަންވާނެ ތި ނަންކިޔާ މީހުންނަކީ ވަރުގަދަ ސުލޫކެއްގެ މަތީގައި ތިބެން ޖެހޭނެ ބައެއްކަން

0
0
Aslu

1 ހަފްތާކުރިން

އަހަރެމެންނައް ޔާމިން ކިހާ އަނިޔާއެއްކުރި އަހަރެން ފަދައިން ކަމަނާވެސް ހަދާން އެބަހުރި. ތީހަމަ އެމް ޑީ ޕީ ގެ ލޭހުރި ދަރިއެއް. މާތްﷲ ކަމަނާއައް ހެޔޮރަހުމަތް ލައްވާށި. އާމީން

15
2
ihaaru.

1 ހަފްތާކުރިން

މިވަރުގެ ހެޔޮލަފާ ހަބަރެއް މިދިޔަ 40 އަހަރުގެތެރޭގަވެސް ނާހަން

13
1
ihaaru.

1 ހަފްތާކުރިން

ތިވާހަކަ ސޭޓު އަންހެނުންގެ ފިރިމީހާ ގާތުބުނެލަބަލަ!މ

6
1
Galuge dhilun

1 ހަފްތާކުރިން

Zamaanthakuge therein zamaaneh annaane kan ezamaanewgaa abin emeehunge fireennah kiyamannuvaa other maakurinves Egifa mièe Ezamaanah vaneebaa aa settings aanhenige firimeehaa ah anbigoyye kiyamaneh nuveyoala

0
4
ޖޫޕް

1 ހަފްތާކުރިން

ވަރަށް ރީތި

3
1