22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ބްރެޒިލް

ބްރެޒިލްގެ ސްކޫލެއްގައި ބަޑީގެ ހަމަލާއެއްދީ މަދުވެގެން ފަސް ދަރިވަރުން މަރާލައިފި

  • ހަމަލާދިން ދެމީހުންވަނީ ގަޔަށް ބަޑިޖަހައި މަރުވެފައި
އަބުދުﷲ މުހައްމަދު | 8Abbo

| 13 މާރޗް 2019 | ބުދަ 19:46 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ހަމަލާ ދީފައިވަނީ ބްރެޒިލް ގަޑިން ހެނދުނު 9:30 ހާއިރު ކުދިން ބްރޭކަށް ނުކުމެ ތިއްބައި -- ރޮއިޓަރސް

ބްރެޒިލްގެ އިރު ދެކުނުގެ ސްކޫލެއްގައި ފުރާވަރުގެ ދެ ކުއްޖަކު ބަޑިން ހަމަލާދީ މަދުވެގެން ފަސް ދަރިވަރުންނާއި އެއް މުވައްޒަފަކު މަރާލައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ސުޒާނޯގެ ސްކޫލެއްގައި މި ހަމަލާ ދީފައިވަނީ ބްރެޒިލް ގަޑިން ހެނދުނު 9:30 ހާއިރު ކުދިން ބްރޭކަށް ނުކުމެ ތިއްބައެވެ.

ހާދިސާގައި އިތުރު އެތައް ބަޔަކުވަނީ ޒަޚަމްވެފައެވެ. ހަމަލާ ދިނުމަށް ފަހު ހަމަލާދިން ދެމީހުން އެމީހުންގެ އަމިއްލަގަޔަށް ބަޑިޖަހައި މަރުވެފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

ހަމަލާދިން މީހުނާއި ހަަމަލާގައި މަރުވި މީހުންގެ ވަނަވަރު އަދި ހާމަކޮށްފައެއް ނުވެއެވެ.

ބްރެޒިލްގައި ބަޑީގެ ހަމަލާތައް އާއްމު ނަމަވެސް މިބާވަތުގެ ބަޑީގެ ހަމަލާތައް ޢާއްމެއް ނޫނެވެ. 

ހާދިސާ ހިނގި ސްކޫލަކީ ޕްރައިމަރީ އަދި ސެކަންޑްރީ ދަރިވަރުންގެ ސްކޫލެކެވެ. 

ފުލުހުން ބުނެފައިވަނީ މި ހާދިސާގެ މަގުސަދަކީ ކޮބައިކަން އަދި ސާފުނުވާ ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް