23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ވީއޭއެމް

އެފްއައިވީބީ ލެވެލް ދޭއްގެ ކޯޗިން ކޯހުގެ ބައިވެރިން ތައިލެންޑަށް ފުރައިފި

  • ކޯހުގެ ބައިވެރިން ތައިލެންޑަށް ދިޔައީ ޕްރެކްޓިކަލްބައި ފުރިހަމަ ކުރުމަށް
  • ބައިވެރިން އެނބުރި ރާއްޖެ އަންނާނީ މާރޗް 18ގައި
މިއުނާ ހަސަން | @miuna_hassan

| 13 މާރޗް 2019 | ބުދަ 19:16 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


އެފްއައިވީބީގެ ބައިވެރިންނާއި ޔޫތު މިނިސްޓަރު އަދި އޮފިޝަލުން -- ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް

އެފްއައިވީބީ ލެވެލް ދޭއްގެ ވޮލީބޯލް ކޯޗިން ކޯހުގެ ބައިވެރިން ތައިލެންޑްއަށް ފުރައިފިއެވެ.

ކޯހުގެ ބައިވެރިން އޮންލައިންކޮށް ކިޔަވާބައި ނިންމުމަށް ފަހު ޕްރެކްޓިކަލްބައި ފުރިހަމަ ކުރުމަށް ތައިލެންޑްއަށް ފުރީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދުއާއި ވޮލީބޯލް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ލަތީފް އަދި އޮފިޝަލުން ވަނީ އެފްއައިވީބީ ކޯހުގެ ބައިވެރިންނާއި ބައްދަލު ކުރައްވާފައެވެ.

ބައިވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ.

ކޯސް ނިންމުމަށް ތައިލެންޑަށް ފުރާފައިވަނީ މުހައްމަދު ސާޖިދް، އިބްރާހިމް ރަޝީދް، މުހައްމަދު ސޮފްވާން، މުހައްމަދު ރިޝްވާންގެ އިތުރުން އިބްރާހިމް ފަލާޙްއެވެ.

ވޮލީބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކެރެޓްރީ މުހައްމަދު ޝާފީ ވިދާޅުވީ ބައިނަލްއަގުވާމީ ފެންވަރުގެ ކޯޗުން ތަމްރީނު ކުރުމުގެ ބޭނުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޮލީބޯޅަ ދިރުވާ އާލާކޮށް، ރައްރަށުގައި ވޮލީބޯލް ޕޫލް ހިންގޭވަރަށް ކޯޗުން ތައްޔާރު ކުރުން ކަމަށެވެ.

ޝާފީ އިތުރަށް ވިދާޅުވީ، ތައިލެންޑަށް ދިޔަ ބައިވެރިން އެނބުރި އައުމަށްފަހު އެންމެ ބޮޑު އިސްކަމެއްދޭނީ އަތޮޅު މުބާރާތަށާއި އިންޓަރ ސްކޫލް ވޮލީބޯލް މުބާރާތަށް ކުޅުންތެރިން ތަމްރީނު ކުރުމަށް ކަމަށެވެ.

ތައިލެންޑެގެ ވޮލީބޯލް ޑިވެލޮޕްމެންޓް ސެންޓާރގައި އެފްއައިވީބީ ލެވެލް ދޭއްގެ ކޯސް ކުރިއަށް ދާއިރު، މާރޗްމަހުގެ 14 ވަނަ ދުވަހު އެފްއައިވީބީ ލެވެލް އެކެއްގެ ކޯސް 36 ބައިވެރިންނާއި އެކު މާލޭގައި ފެށޭނެއެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ ތައިލެންޑެގެ ވޮލީބޯލް ޑިވެލޮޕްމެންޓް ސެންޓާރގެ ކޯޗެކެވެ.

ވޮލީބޯޅަ ކުރިއެރުވުމަށް ކޯޗުންނާއި ރެފްރީން ތަމްރީނުކުރުމަށް އެ އެސޯސިއޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް