22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ކިމް ޖޮންގ ނަމްގެ މަރު

ކިމް ޖޮންގ ނަމްގެ މަރު: މެލޭޝިއާގައި ހައްޔަރުކޮށްފައި ހުރި ވިއެޓްނާމް މީހާ ދޫކޮށްލަން އެދެފި

  • ކިމް ޖޮންގ ނަމް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު
އަބުދުﷲ މުހައްމަދު | 8Abbo

| 13 މާރޗް 2019 | ބުދަ 18:55 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ވިއެޓްނާމްގެ އަންހެނެއްކަމަށްވާ ޑޮއާން ތީ ހުއޮންގ މިދިޔަ އަހަރުގެ ޖޫން މަހު ކޯޓުން ނުކުންނަނީ -- އޭޕީ

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮންގ އުންގެ އެއްބަފާ ބޭބެ، ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ވިއެޓްނާމްގެ އަންހެނެއް ކަމަށްވާ ޑޮއާން ތީ ހުއޮންގ މިނިވަން ކުރުމަށް ވިއެޓްނާމުން މެލޭޝިއާއަށް ގޮވާލައިފިއެވެ.

ވިއެޓްނާމުން މިކަމަށް އެދިފައިމިވަނީ މި މައްސަލައިގައި ދައުވާ ލިބޭ އިންޑޮނީޝިއާގެ އަންހެނެއް ކަމަށްވާ އުމުރުން 25 އަހަރުގެ ސިއްތީ އައިސިއާ މިނިވަން ކުރިކަން  ހޯމަ ދުވަހު ފަނޑިޔާރު އިއުލާނު ކުރެއްވުމާއެކުއެވެ.

 ސިއްތީ މިނިވަންވީ އޭނާގެ މައްޗަށް ކުރެވުނު ދައުވާ ޕްރޮސިކިއުޓަރުން އަނބުރާ ގެންދިއުމުންނެވެ.

ވިއެޓްނާމްގެ ފޮރިން މިނިސްޓަރ ޕަމް ބިން ބިން ވަނީ މެލޭޝިއާގެ ފޮރިން މިނިސްޓަރ ސައިފުއްދީން އަބްދުﷲއަށް ފޯނުން ގުޅުއްވައި "ވިއެޓްނާމްގެ ރައްޔިތެއް ކަމަށްވާ ޑޮއާން ތީ ހުއޮންގއަށް ހިންގެނީ މިނިވަން އިންސާފުވެރި ޝަރީއަތެއްކަން ކަށަވަރު ކުރުމަށް އެދިވަޑައިގެންފައި"ކަމަށް  ވިއެޓްނާމް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެއެވެ.

ވިއެޓްނާމް ސަރުކާރުން ބުދަ ދުވަހު ނެރުނު އިތުރު ބަޔާނެއްގައި ޖަސްޓިސް މިނިސްޓަރ ލީ ތަން ލޮންގ މެލޭޝިއާގެ ޖަސްޓިސް މިނިސްޓަރ ޓޮމީ ތޯމަސްއަށް ޑޮއާން ތީ ހުއޮންގ ދޫކޮށްލުމަށް އެދިވަޑައިގެން ސިޓީ ފޮނުއްވާފައިވާ ކަމަށެވެ.

ކިމް ޖޮންގ ނަމް މަރާލާފައިވަނީ ޗައިނާގެ ބާރުގެ ދަށުގައި އޮންނަ މަކާއޫ އިން އެނބުރި މެލޭޝިއާ އަށް އައިތަނުން، 2017ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 13ވަނަ ދުވަހު، ކުއަލަ ލަމްޕޫރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތެރޭގައެވެ.

މެލޭޝިއާގެ ކަމާއިގުޅޭ އިދާރާތަކުން ވަނީ، ވިހަގަދަ ނާރވް އޭޖެންޓެއް ކަމަށްވާ 'ވީއެކްސް' ކިމް ޖޮންގ ނަމްގެ މޫނުގައި އުނގުޅުމަށް އެ ދެއަންހެނުން ތަމްރީންކޮށްފައިވަނީ އުތުރު ކޮރެއާގެ އޭޖެންޓުން ކަމަށް ތުޙުމަތުކޮށްފަ އެވެ.

މި ދައުވާ ސާބިތުވެއްޖެނަމަ މަރުގެ ހުކުމް އަންނާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް