23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ސާފް ވިމެންސް ޗެމްޕިއަންޝިޕް

ސާފް ވިމެންސް ޗެމްޕިއަންޝިޕް: ބޮޑު ތަފާތަކުން އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެ

  • ރާއްޖޭގެ މައްޗަށް އިންޑިއާ ކުރިހޯދީ 0-6 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 13 މާރޗް 2019 | ބުދަ 18:31 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


އިންޑިއާ އަދި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޭސްބުކް

ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ބޮޑު ތަފާތަކުން އިންޑިއާ އަތުން ރާއްޖެ ބަލިވެއްޖެއެވެ.

ނޭޕާލްގައި ކުރިޔަށްދާ މި މުބާރާތުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ 0-6 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

އަނިޔާގެ ސަބަބުން ދެ ޑިފެންޑަރުން ކަމަށްވާ ސަންފާ އިބްރާހިމް އާއި އައިމިނަތު ޒާހިޔާ ނުލާ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އިންޑިއާ އިން ވަނީ ރާއްޖެ ކޮޅަށް ފަސް ލަނޑު ޖަހާފައެވެ. މި ލަނޑުތައް ރާއްޖެ ކޮޅަށް ވަދެފައިވަނީ ޑިފެންސްލައިނުން ހެދުނު ގޯސްތަކުންނެވެ.

ފުޓުބޯޅައިގައި މުޅި އޭޝިއާ ސަރަހައްދުގައިވެސް ފާހަގަކޮށްލެވޭ އިންޑިއާއިން ވަނީ ފުރަތަމަ 27 މިނެޓު ތެރޭގައި ރާއްޖެ ކޮޅަށް ހަތަރު ލަނޑު ޖަހާފައެވެ. އިންޑިއާގެ ފަސްވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށެވެ.

ދެވަނަ ހާފްގައި ރާއްޖޭގެ ފަރާތުން ރަނގަޅު ޑިފެންސެއް ފެނުނު ނަމަވެސް މުޅި މެޗުގައިވެސް މާބޮޑު އެޓޭކްތަކެއް ކުރެވިފައެއް ނުވެއެވެ. މި ހާފްގައި އިންޑިއާއިން ވަނީ ހަވަނަ ލަނޑު ޖަހާފައެވެ.

ކޮރެއާގައި 2014 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި އިންޑިއާ އިން ރާއްޖެ ކޮޅަށް 15 ލަނޑު ޖެހި އިރު، 2016 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ރާއްޖެއިން ވަނީ 0-0 ގެ ނަތީޖާއިން އިންޑިއާއާ އެއްވަރުކޮށްފައެވެ.

މުބާރާތުގައި ރާއްޖެ ލައްވާލާފައިވަނީ އިންޑިއާގެ އިތުރުން ސްރީލަންކާއާއެކު ގްރޫޕް ބީގައެވެ. މުބާރާތުގެ ސެމީއަށް ރާއްޖެއަށް ދެވޭނީ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ސްރީލަންކާ ބަލިކޮށް، އާދިއްތަ ދުވަހު ލަންކާ އާއި އިންޑިއާ ކުޅޭ ގްރޫޕް ފަހު މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

އެންމެ ފަހުން ބޭއްވި ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ރާއްޖެ ވާދަކޮށްފައިވާއިރު، އެފަހަރު ރާއްޖެއިން ވަނީ 2-5 ގެ ނަތީޖާއަކުން ލަންކާވެސް ބަލިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް