20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

އަލީ އުމަރު

ސްޕޯޓްސް ކޮމިޝަނަރުކަމުން އަލީ އުމަރު ވަކިކޮށްފި

  • ސްޕޯޓްސް ކޮމިޝަނަރުކަމަށް އަލީ އުމަރު ހަމަޖެއްސެވީ މިދިޔަ އަހަރުގެ މާޗު މަހު
ލީވާން އަލީ | MrLeevaan

| 13 މާރޗް 2019 | ބުދަ 18:12 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


އަލީ އުމަރު (ކ) އަދި އެފްއޭއެމްގެ ރައީސް ބައްސާމް (ވ) -- އެފްއޭއެމް

ސްޕޯޓްސް ކޮމިޝަނަރުކަމުން ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަލީ އުމަރު ވަކިކޮށްފިއެވެ.

ސްޕޯޓްސް ކޮމިޝަނަރުކަމަށް އަލީ އުމަރު ހަމަޖެއްސެވީ މިދިޔަ އަހަރުގެ މާޗު މަހުއެވެ. އޭނާ އެ މަގާމަށް ހަމަޖެއްސީ އެ މަގާމުގައި ހުރި އަހުމަދު ނަޝީދު (ޓީސީ ޑޭވް) އިސްތިއުފާ ދެއްވުމުންނެވެ.

އަލީ އުމަރަކީ ގައުމީ ޓީމަށް 14 އަހަރު ކުޅެފައިވާ ކުޅުންތެރިޔެކެވެ. އޭނާ ފުޓްބޯޅަ ކުޅުން ހުއްޓާލީ 2013 ވަނަ އަހަރުއެވެ. ރާއްޖޭގެ ގައުމީ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އަލީ އުމަރު ވަނީ އެ ޓީމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އަލީ އުމަރު ވަނީ ރާއްޖޭގެ އެންމެ ބޮޑު ޓީމުތަކަށް ކުޅެފައެވެ. އެގޮތުން ނިއު ރޭޑިއަންޓާއި ކްލަބް ވެލެންސިއާ އަދި ވީބީ ސްޕޯޓްސް ކްލަބަށް އޭނާ ކުޅެފައިވެއެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލި ނަމަވެސް އަލީ އުމަރު ފެނިގެން ގޮސްފައި ވަނީ އެފްއޭއެމްއާ ވަރަށް ގާތުން މަސައްކަތްކުރާ މީހެއްގެ ގޮތުގައެވެ. އޭނާ ވަނީ އެފްއޭއެމް ހިންގުން އިސްލާހުކުރުމަށް އެކުލަވާލި ނޮމަލައިޒޭޝަން ކޮމިޓީގެ މެމްބަރުކަން ވެސް ކޮށްފައެވެ. ހަމައެހެންމެ އެ އިދާރާގެ މަގާމުގައި އަހުމަދު ތޯރިގް (ޓޮމް) ހުރިއިރު ޓޮމްގެ ނައިބު ރައީސްއެއްގެ ގޮތުގައި ވެސް ހުރީ އަލީ އުމަރުއެވެ.

އެފްއޭއެމްގެ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައިވެސް އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުކަންވެސް ކުރައްވާފައިވާ އަލީ އުމަރުއަކީ ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަން (ސާފް) ގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރެއް ވެސްމެއެވެ.

ކުޅިވަރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކޮމިޝަނަރ އޮފް ސްޕޯޓްސް އައްޔަންކުރާނީ ކުޅިވަރާ ބެހޭ މިނިސްޓަރާއި، ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. ކޮމިޝަނަރ އޮފް ސްޕޯޓްސް ހަތަރު އަހަރުގެ މުއްދަތަކަށް އައްޔަންކުރާއިރު އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ބޮޑެތި ބާރުތަކެއް ލިބެއެވެ.

އެގޮތުން، ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހާ ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ފަރުދުންނާއި ކްލަބް ޖަމިއްޔާތަކާއި، އެ ތަންތަނުގެ މެންބަރުންގެ ދަފްތަރު އޭގެ އެންމެ ފަހުގެ މައުލުމާތާ އެކު ބެލެހެއްޓުމާއި ކަނޑައެޅިފައިވާ އުސޫލުން އަމަލުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމާއި، ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހާ ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންތައް ރަޖިސްޓްރީ ކުރުމާއި އެ ފަރާތްތަކުގެ އަސާސީއަދި ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ފަރާތްތައް އަމަލުކުރޭތޯ ފަރާވެރިވެ ކަނޑައެޅިފައިވާ އުސޫލުން އަމަލުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަރަށް ލިބިފައިވެއެވެ.

ދިވެހިރާއްޖޭގެ ކުޅިވަރުގެ ގާނޫނު ތަސްދީގުކުރައްވާފައި ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 7 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް