22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ރައްޔިތުންގެ މަޖިލ؛ިސް

އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ސުޕްރީމް ކޯޓަށް ފަހު ނިންމުން ކަނޑަނޭޅޭ ގޮތަށް ކޮމެޓީން ފާސްކޮށްފި

 • ވަޒީރުންގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ގޮތް ބަޔާންކޮށްފައިވޭ
 • ކޮމެޓީތަކުންނާއި ތަޅުމުން އަމަލު ކުރާނެ ގޮތް ކަނޑައަޅާފައިވޭ
 • އެ އިސްލާހު ފާސްވާނީ މަޖިލީހުގެ ތަޅުމުން ފާސްކުރުމުން
ޙުސައިން ޙަސަން | hucenhassan

| 13 މާރޗް 2019 | ބުދަ 17:05 | |

މަގުބޫލް

 1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
 2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
 3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
 4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
 5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
 6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
 7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
 8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުން -- ރައީސް އޮފީސް

ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި ސުޕްރީމް ކޯޓަށް ފަހު ނިންމުން ކަނޑަނޭޅޭ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން އާންމު ކޮމެޓީން ފާސްކޮށްފިއެވެ.

މަޖިލީހަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން އަމަލު ކުރާނެ ގޮތް ސުޕްރީމް ކޯޓުން 2017 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު ކުރި ހުކުމެއްގައި ވަނީ ކަނޑައަޅާފައެވެ. އެ ހުކުމްގައި ބުނެފައި މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ ވޯޓަކަށް ވާންޖެހޭނެ ކަމަށާއި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އެ ހުކުމްގައިވެއެވެ.

މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާންމު ކޮމެޓީއަށް ހުށަހަޅުއްވައި، އެ ކޮމެޓީން ބުދަ ދުވަހު ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުސްތަގިއްލު މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރުމުން، އޭނާގެ މަގާމު އެ ހިނދުން ފެށިގެން ވަކިވީ ކަމަށެވެ.

މަޖިލީހުގެ ގަވާއިދަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހު ފާސްކުރީ ޕީޕީއެމާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ހަ މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. އެ އިސްލާހު ފާސްކުރުމާ ދެކޮޅު ހެއްދެވީ އެމްޑީޕީގެ ތިން މެމްބަރުންނެވެ. 

މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިސްލާހަށް އަމަލު ކުރަން ފަށާނީ، މަޖިލީހުގެ ތަޅުމުން އެ އިސްލާހު ފާސްކުރުމުންނެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތް، މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅުމަށް ކޮމެޓީން ފާސްކޮށްފައި ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ. މާރިޔާގެ އިތުބާރު ނެތް ކަމަށް ހުށަހެޅީ ޕީޕީއެމްގެ 14 މެމްބަރަކު ސޮއިކޮށް، މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

އެ އިސްލާހުގައި ބުނެފައިވާ ގޮތުން، ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން މަޖިލީހުގެ ތަޅުމަށް އެ މައްސަލައެއް އިއްވުމަށްފަހު، ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް އެ މައްސަލަ ފޮނުވަންވާނެ ކަމަށެވެ. އެ ކޮމެޓީ އެކުލަވާލަންޖެހޭނީ ކޮންމެ ސިޔާސީ ޕާޓީއަކުން މަދުވެގެން އެއް މެމްބަރަކާއި އަމިއްލަ އެއް މެމްބަރެއްގެ މައްޗަށް ކަމަށެވެ. ކޮމެޓީއަށް އެ މައްސަލައެއް ފޮނުވަންވާނީ ބަހުސް ކުރުމާ ނުލައި ކަމަށް އިސްލާހުގައިވެއެވެ.

އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް އިއްވުމަށްފަހު، ހަމަ އެ ދުވަހު އެ މައްސަލައިގެ ނޯޓިސް ވަޒީރަށް ފޮނުވަންޖެހޭނެ ކަމަށް ގަވާއިދުގައިވެއެވެ. އަދި އެ މައްސަލައިގެ ބަހުސް މަޖިލީހުގެ ތަޅުމުގައި ފަށަން ވަނީ 14 ދުވަހުގެ މުއްދަތެއް ގުނުމަށްފަހުގައި ކަމަށް އިސްލާހުގައިވެއެވެ.

އެ އިސްލާހުގައި ބުނެފައި ވަނީ އިތުބާރު ނެތް ކަމުގެ މައްސަލަ ކޮމެޓީން ތަހުގީގު ކުރާއިރު، ކޮމެޓީއަށް ހާޒިރުވެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ވަޒީރަށް ދޭންޖެހޭނެ ކަމަށާއި އޭނާއާ އެކު ދިފާއުގައި ވާހަކަ ދެއްކުމަށް ގިނަވެގެން ދެ ވަކީލުން ބޭނުންކުރެވިދާނެ ކަމަށެވެ. އަދި ކޮމެޓީއަށް އެ މައްސަލައެއް ލިބޭތާ ގިނަވެގެން ނުވަ ދުވަހުގެ ތެރޭގައި އެ މައްސަލަ ތަހުގީގުކޮށް ނިންމަންވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.

ވަޒީރުން އިތުބާރާ ގުޅޭ މައްސަލަތަކުގައި އަމަލު ކުރާނެ ގޮތް

 • 7 މެމްބަރުގެ ވަގުތީ ކޮމެޓީއެއް ނެގުން
 • ކޮމެޓީގައި ކޮންމެ ޕާޓީއަކުން އެއް މެމްބަރެއް
 • ކޮމެޓީ ފަށަން ވާނީ 72 ގަޑިއިރު ވަޒީރަށް ދިނުމަށްފަހު
 • 9 ދުވަހުގެ ތެރޭގައި ކޮމެޓީން މަސައްކަތް ނިންމަންވާނެ
 • ދިފާއުގައި ވާހަކަ ދައްކަން ވަޒީރާ އެކު ދެ ވަކީލަކަށް ފުރުސަތު ލިބޭނެ
 • މަގާމު ގެއްލޭނީ ގިނަވެގެން 43 މެމްބަރުންގެ ވޯޓުން ފާސްވުމުން

ވަޒީރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތައް ބެލުމަށް ވަގުތީ ކޮމެޓީއެއް ނެގުމަށް އެ އިސްލާހުގައި ބާރު އަޅާފައި ވިޔަސް، ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް ހުށަހަޅާ އިތުބާރު ނެތް ކަމުގެ މައްސަލަތައް ދިރާސާ ކުރާނީ މަޖިލީހުގެ ދާއިމީ ކޮމެޓީތަކުން ކަމަށް އިސްލާހުގައިވެއެވެ. އަދި އެ ކޮމެޓީތަކުން އެ މައްސަލައެއް 10 ދުވަހުގެ ތެރޭގައި ބަލައި ނިންމަންވާނެ ކަމަށް ވެސް އެ އިސްލާހުގައި ބުނެފައިވެއެވެ. އެ އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ދިފާއުގައި ވާހަކަ ދެއްކުމަށް އެ ބޭފުޅަކު ހާޒިރުވެ، ދެ ވަކީލަކު ވެސް ބޭނުންކުރެވިދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް