22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

މިޓް ފެއަރ

މޮސްކޯގައި ކުރިއަށްދާ މިޓް ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެ

  • މިފެއަރ ކުރިއަށް ދާނީ 14މާރޗްގެ ނިޔަލަށް
ރިޒުނާ ޒަރީރު | RiznaZareer

| 13 މާރޗް 2019 | ބުދަ 14:32 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


މޮސްކޯ އިންޓަނޭޝަނަލް ޓްރޭވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން -- އެމްއެމްޕީއާރްސީ

ރަޝިޔާގެ މޮސްކޯގައި ކުރިއަށްދާ "މޮސްކޯ އިންޓަނޭޝަނަލް ޓްރޭވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން" ރާއްޖެ ތަމްސީލްކުރުމަށް އެމްއެމްޕީއާރްސީން ބައިވެރިވެއްޖެއެވެ.

މާރޗު މަހުގެ 12 އިން 14ގެ ނިޔަލަށް ކުރިއަށްދާ މި އެގްޒިބިޝަންގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން އެމްއެމްޕީއާރްސީގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 19 ކުންފުންޏެއްގެ 34 ފަރާތެއް ބައިވެރިވެފައި ވެއެވެ.  

މިދިޔަ އަހަރު މިފެއަރގައި، ދުނިޔޭގެ އެކި ޤައުމުތަކުން 22،777 އަށް ވުރެ ގިނަ އިންޑަސްޓްރީ ޕްރޮފެޝަނަލްސް ވަނީ ބައިވެރިވެފައެވެ. ކޮންމެ އަހަރަކު ވެސް ދުނިޔޭގެ 200 އަށް ވުރެ ގިނަ ޤައުމަކުން، 1800 އަށް ވުރެ ގިނަ ކުންފުނިން މި ފެއަރގައި ބައިވެރިވެއެވެ.

މި ފެއާގައި ރާއްޖޭގެ ސްޓޭންޑް ފަރުމާކޮށްފައި ވަނީ ދިވެހިރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ. އަދި ރަޝިޔާ އިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި މި މާރކެޓްގައި ހަރަކާތްތެރިވާ އިންޑަސްޓްރީގެ އިސް ބޭފުޅުންނާ، ރަޝިޔާގެ އެންމެ މަގުބޫލު މީޑިޔާތަކާއި އަދި ރަޝިޔާ އާއި ދިވެހިރާއްޖެއާ ދޭތެރޭ ދަތުރުކުރާ ބޮޑެތި އެއާރލައިންތަކާ ބައްދަލުކޮށް، ރާއްޖެ އިތުރަށް އިޝްތިހާރުކުރުމަށް ކުރިއަށް ގެންދެވޭނެ އެކި ހަރަކާތްތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްއެމްޕީއާރްސީން ބުންޏެވެ.

މޮސްކޯ އިންޓަނޭޝަނަލް ޓްރޭވަލް އެންޑް ޓޫރިޒަމް އެގްޒިބިޝަން

ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ވާރޗުއަލް ރިއަލިޓީ މެދުވެރިކޮށް ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ރީތިކަން ދައްކައިދިނުމަށް ސްޓޭންޑްގައި ހަމަޖެހިފައިވެއެވެ. އަދި ހަމައެއާ އެކު ފެއަރގައި ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތު ނެގުމަށް ފަހު، ހާއްސަ އިނާމްތަކެއް ލިބިގެންދާނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް މި މާރކެޓް އިން ރާއްޖެއަށް 70,935 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު މިއީ މިދިޔައަހަރާއި އަޅާބަލާއިރު 14.5 އިންސައްތައިގެ ކުރިއެރުމެކެވެ. 2019 މި ފެއަރގެ ސަބަބުން މިމާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ވަރުގަދަވެ ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެން ދާނެކަމަށް އެމްއެމްޕީއާރްސީން ވަނީ ބުނެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް