19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:18
މެންދުރު 12:24
އަސްރު 15:40
މަޣްރިބް 18:22
އިޝާ 19:34

އުރީދޫ މޯލްޑިވްސް

މިލޭނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް އުރީދޫއިން އެހީތެރިކަން ފޯރުކޮށްދީފި

  • މިލީނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމަކީ ތިން ބަޔަކަށް ބެހިގެންދާ ޕްރޮގްރާމެއް
ރިޒުނާ ޒަރީރު | RiznaZareer

| 21 ފެބުރުވަރީ 2017 | އަންގާރަ 01:15 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  5. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


އުރީދޫއާއި ރަފީއާއި ދެމެދު ވެވުނު އެއްބަސްވުން -- ރާއްޖެއެމްވީ

ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިންގް ޔޫތް (ރަފީ) އެންޖީއޯ އިން ކުރިއަށްގެންދާ މިލީނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް އަށް ޓެކްނިކަލް އަދި މާލީ އެހީ ފޯރުކޮށްދިނުމަށް، އުރީދޫ މޯލްޑިވްސް އިން ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ކެޕޭސިޓީ ޑެވެލޮފްމަންޓް ސެންޓަރ އިން އެކުލަވާލައި، ކޮލޮމްބޯ ލީޑަރޝިޕް އެކެޑެމީ (ސީއެލްއޭ) އިން އެންޑޯޒް ކޮށްފައިވާ މިލީނިއަމް ޔޫތް އެމްބެސެޑަރ ޕްރޮގްރާމަކީ ޒުވާން ލީޑަރުންނަށް ބޭނުންވާ ހުނަރާއި ތަމްރީނު ފޯރުކޮށްދީ، ޒުވާނުންގެ މެދުގައި ކުރެވޭ ތަފާތު މުއާމަލާތްތައް މެދުވެރިކޮށް، އެކުދިން ބާރުވެރިކުރުމަށް މަސައްކަތް ކުރަމުންދާ ޕްލެޓްފޯމެކެވެ.  

މިގޮތުން، ދިވެހި ޒުވާނުން ތަރައްޤީކުރުމަށްޓަކާ ކުރަމުންދާ މި މަސައްކަތްތަކުގައި އުރީދޫ އިން ބައިވެރިވުމާއި އެކު، އެކަމަށް ތަރުޙީބުދީ، އެކުންފުންޏަށް ޝުކުރު އަދާކުރާ ކަމަށް ރަފީ އެންޖީއޯގެ ބާނީ އަދި ރައީސާ، އައިޝަތް ރަފިއްޔާ ވިދާޅުވިއެވެ.

ޤައުމީ ތަރައްޤީގައި ޒުވާނުން ބައިވެރިކުރުމުގައި، މިލީނިއަމް ޔޫތް އެމްބެސެޑަރ ޕްރޮގްރާމް މުހިންމު ދައުރެއް އަދާކުރާ ކަމަށާއި، ދިވެހި ޒުވާނުންގެ ކުރިއެރުމަށްޓަކައި ރީޖަނަލް އެލަޔަންސް ފޮރ ފޮސްޓަރިންގ ޔޫތު (ރަފީ) އާއި ބައިވެރިވުމަކީ ލިބިގެންދާ އުފަލެއް ކަމަށް އުރީދޫގެ ސީއީއޯ، ވިކްރަމް ސިންހަ ވިދާޅުވިއެވެ.

މިލީނިއަމް ޔޫތް އެމްބެސެޑަރސް ޕްރޮގްރާމް ތިން ބަޔަކަށް ބެހިގެންދާ އިރު ފެށިގެންދަނީ ޔޫތް އޭސް މިލޭނިއަމް އެސެޓްސް ސީރީޒް (ވައިމާސް) ގެ ނަމުގައި ޒުވާން ލީޑަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ ލީޑަރޝިޕް ޓްރެއިނިންގް ޕްރޮގްރާމް ތަކަކުންނެވެ.

އެއަށް ފަހު ޒުވާން ލީޑަރުން ބިނާކޮށް އެކްޒެކެޓިވް ކޯޗިން ފޯރުކޮށްދިނުމަށް ކޮލޮމްބޯ ލީޑަރޝިޕް އެކެޑެމީ އިން ރާއްޖޭގައި ކުރިއަށްގެންދާ ތިން ދުވަހުގެ މިލީނިއަމް ޔޫތް ލީޑަރސް ކޭމްޕްގައި ބައިވެރިވެވޭނެއެވެ. އަދި ސްރީލަންކާގެ ކޮލޮމްބޯ ލީޑާޝިޕް އެކެޑެމީގައި ބާއްވާ ހަދުވަހުގެ މިލީނިއަމް ޔޫތް އެމްބެސެޑަރ ކޯޗިންގް ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދާ ކަމަށް ރަފީ ފައުޑޭޝަނުން ބުންޏެވެ.

މި އެއްބަސްވުމުގެ ދަށުން، އުރީދޫ ސްމާޓް ކެމްޕަސް މެދުވެރިކޮށް ޓްރެއިނިންގ ޕްރޮގްރާމްތައް ރާއްޖޭގެ އެކިކަންކޮޅުތަކަށް ހުޅުވާލާނެއެވެ.

އަދި މިލީނިއަމް ޔޫޓް ލީޑަރސް ކޭމްޕްގައި ބައިވެރިވާ ޒުވާނުންގެ އަޒުމްތަކާއި ހަމައަށް ވާސިލުވާން އެހީތެރިވެދޭނެ މުވާސަލާތީ އެހީތެރިކަން ފޯރުކޮށްދީ، ކޮލަމްބޯގައި ބާއްވާ މިލީނިއަމް ޔޫތް އެމްބެސެޑަރސް ކޯޗިންގް ކޭމްޕް ކުރިއަށްގެންދިއުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް