20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ބްރެކްސިޓް

ބްރެކްސިޓް: މޭގެ ހުށަހެޅުއްވުމަށް ގާނޫނު ހަދާ މަޖިލީހުން އަނެއްކާވެސް ދެކޮޅު ހަދައިފި

  • މިއީ މޭގެ ދެވަނަ ހުށަހެޅުއްވުން
އަބުދުﷲ މުހައްމަދު | 8Abbo

| 13 މާރޗް 2019 | ބުދަ 08:33 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ބޮޑުވަޒީރުގެ ހުށަހެޅުއްވުމާ ދެކޮޅަށް 149 މެމްބަރުން ވޯޓް ދެއްވާފައިވޭ -- ބީބީސީ

އިނގިރޭސި ވިލާތް, ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ވަކިވުމަށް އެކުލަވާލައި ބޮޑުވަޒީރު ތެރީސާ މޭ ހުށަހެޅުއްވި ދެވަނަ ހުށަހެޅުއްވުމަށް ވެސް ގާނޫނު ހަދާ މަޖިލީހުގެ ބޮޑުއަަޣްލަބިއްޔަތަކުން ދެކޮޅު ހައްދަވައިފިއެވެ.

އީޔޫއިން ވަކިވުމަށް އެންމެ 17 ދުވަހަށް ވެފައިވަނިކޮށް ނެގުނު މި ވޯޓްގައި ބޮޑުވަޒީރުގެ ހުށަހެޅުއްވުމާ ދެކޮޅަށް 149 ވޯޓް ލިބިފައިވާއިރު މިއީ ޖެނުއަރީ މަހުގެ ތެރޭ ދެކޮޅަށް ވޯޓް ދިން އަދަދަށް ވުރެ މަދު އަދަދެކެވެ.

މޭ ވިދާޅުވީ މެމްބަރުންނަށް ދެން ހުށަހެޅޭނީ  އިނގިރޭސި ވިލާތް އީޔޫއާއެކު އެއްބަސްވުމަކަށް ނުގޮސް އެ ޖަމާއަތުން ވަކިވާނީތޯ ކަމަށެވެ. އަދި އެ ހުށަހެޅުން ބަލައި ނުގެންފިނަަމަ ދެން ހުށަހަޅުއްވާނީ އިނގިރޭސި ވިލާތް އީޔޫއިން ވަކިވުން ފަސްކުރަން ޖެހޭތޯ ކަމަށެވެ.

އެކަމަނާ ވިދާޅުވީ އީޔޫއާއެކު އެއްބަސްވުމެއް ނެތި އެ ޖަމާއަތުން ވަކިވާން ހުށަހަޅުއްވާ ހުށަހެޅުއްވުމުގައި ވެރިކަން ކުރާ ޕާޓީގެ މެމްބަރުންނަށް، ޕާޓީން ވަކިކޮޅެއް ނުނަގައި މެމްބަރުން ބޭނުންފުޅު ގޮތަކަށް ވޯޓް ދެއްވުމުގެ އިޚްތިޔާރު ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އީޔޫއިން ވަކިވުމަށް ވެވުނު އެއްބަސްވުމުގެ ގޮތުގައި ބޮޑުވަޒީރު މޭ ޖެނުއަރީ މަހު ހުށަހެޅުއްވި ހުށަހެޅުއްވުމާ ދެކޮޅަށް 230 މެމްމަބަރުން ވޯޓް ދެއްވާފައިވާއިރު އެއީ އެ ގައުމުގެ ތާރީޚުގައި ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި ބޭފުޅެއްގެ ހުށަހެޅުމާ ދެކޮޅަށް އެންމެ ގިނަ ވޯޓް ލިބުނު ފަހަރެވެ.

އެ ފަހަރުގެ ވޯޓުގައި އެއްކޮޅަށް 202 މެމްބަރަކު ވޯޓް ދެއްްވާފައިވާއިރު ދެކޮޅަށް ވޯޓްދެއްވި މެމްބަރުންގެ ތެރޭގައި ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީައަށް ނިސްބަތްވެ ވަޑައިގަންނަވާ 118 މެމްބަރަކު ހިމެނިވަޑައިގަންނަވައެވެ.

ކުރިޔަށް އޮތް ފިޔަވަޅާ ބެހޭގޮތުން ބޮޑުވަޒީރު ވިދާޅުވީ އިނގިރޭސި ވިލާތް އީޔޫއާއެކު އެއްބަސްވުމަކަށް ނުގޮސް އެ ޖަމާއަތުން ވަކިވާނީތޯ ބުދަ ދުވަހު ވޯޓަށް އަހާނެ ކަމަށެވެ.

އެއްބަސްވުމަށް ނޫނެކޭ ބުނެފިނަމަ ޖެހިގެން އަންނަ ދުވަހު ދެން ވޯޓަށް އަހާނީ  އާޓިކަލް 50 އަށެވެ.

މޭ ވިދާޅުވީ އިނގިރޭސިވިލާތް އީޔޫއިން ވަކިވާނީތޯ ނުވަތަ އިތުރު ފެންނަ ނުފެންނަ ވޯޓެއް ނަގާނީތޯ ނުވަތަ އެއްބަސްވުމަކާ ނުލައި ވަކިވާނީތޯ މެމްބަރުން ނިންމަވަން ޖެހޭ ކަމަށެވެ.

އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމާ މެދު 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އީޔޫ އިން ވަކިވުމަށް ފެންނަ ކަމަށް 52 އިންސައްތަ މީހުން ވޯޓް ދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް