17 ނޮވެންބަރު 2018 | ހޮނިހިރު | 04 ނޮރަ
09 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

ކަސްޓަމްސް

ރާއްޖެއިން އެކްސްޕޯޓު ކުރި މިންވަރު 137 ޕަސެންޓް އިތުރުވެއްޖެ

  • ޖެނުއަރީމަހު އިމްޕޯޓު ކުރި މިންވަރު 36 އިންސައްތަ އިތުރު
ރިޒުނާ ޒަރީރު | RiznaZareer

| 21 ފެބުރުވަރީ 2017 | އަންގާރަ 00:13 | |

މަގުބޫލް

  1. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  2. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  3. އަދީބުގެ ކިޑްނީގައި އުފެދުނު ހިލަ ފެންނަ އެކްސްރޭ އާންމުކޮށްފި
  4. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
  5. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
  6. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން
  7. ޤާސިމްގެ އެޑްވައިޒަރުގެ މަޤާމުން އަބްދުﷲ ރިޔާޒް އިސްތިއުފާ ދެއްވައިފި
  8. ރާއްޖޭގެ އައު ރައީސް ހުވާކުރައްވާ ތާރީޚީ ރަސްމިއްޔާތަށް މާދަން މާލެ ދަން: މޯދީ


މޯލްޑިވްސް ކަސްޓަމްސް ސަރވިސް -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

 ފާއިތުވި ޖެނުއަރީ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓު ކުރެވުނު މިންވަރު ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ވަނީ 137 ޕަސެންޓް މަތިވެފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ. 

 

ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2016 ވަނަ އަހަރުގެ ޖެނުއަރީމަހާ އަޅާބަލާއިރު ވަނީ 36 ޕަސެންޓް އިތުރުވެފައެވެ. 

 

މިދިޔަ އަހަރުގެ ޖެނުއަރީމަހު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވަނީ 2.4 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިއަހަރުގެ ޖެނުއަރީމަހު މި ޢަދަދުވަނީ 3.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

 

ކަސްޓަމްސްގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިމްޕޯޓްކުރި މުދަލުގެ އަގުގެ ގޮތުން 18 ޕަސެންޓް ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން އިމްޕޯޓްކޮށްފައި ވާއިރު، 13 ޕަސެންޓް ސިންގަޕޫރުން އަދި 11 ޕަސެންޓް އެތެރެކޮށްފައިވަނީ އިންޑިޔާއިންނެވެ.

 

އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީ ގެ ގޮތުގައި ކަސްޓަމްސަށް ލިބުނު އާމްދަނީ ވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ހުސްވި ޖެނުއަރީ މަހު 25 ޕަސެންޓް އިތުރުވެފައެވެ.

 

2017 ވަނަ އަހަރުގެ ޖެނުއަރީ މަހު އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ދަޢުލަތަށް 226 މިލިއަން ރުފިޔާ ލިބިފައިވާއިރު 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ލިބިފައިވަނީ 181 މިލިއަން ރުފިޔާއެވެ.

 

2016 ވަނަ އަހަރުގެ ޖެނުއަރީ މަހު 265 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވާއިރު 2017 ވަނައަހަރުގެ ޖެނުއަރީމަހު މި ޢަދަދު ވަނީ 633 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. ރާއްޖެއިން މައިގަނޑުގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތައްކަމަށްވާއިރު މިދިޔަ ޖެނުއަރީމަހު އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކުގެ 69 އިންސައްތަ އެކްސްޕޯޓްކޮށްފައިވަނީ ތައިލެންޑަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް