22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

މަގޭ ރިޕޯޓް

އޭރު ކުރީ މަލާމަތް، މިއަދު ހާލަތު ބަރުދާސްކުރަން ޖެހިފައި!

  • އޭރު ބޭސްފަރުވާ ކުރުމުގެ މުހިންމު ކަމެއް ވިސްނަން ބޭނުމެއް ނުވި

| 12 މާރޗް 2019 | އަންގާރަ 18:29 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ރައީސް ޔާމީން ޖަލަށް ގެންދަނީ -- ޕީއެސްއެމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިއްހީ ހާލުކޮޅާ ގުޅިގެން ހަދަންޖެހޭ ބައެއް ޓެސްޓުތައް ރާއްޖެ އިން ހެދެން ނެތް ކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން އެބަ ވިދާޅު ވެއެވެ. ބަންދުގައި ހުންނަ ކޮންމެ މީހަކަށް ވެސް ސިއްހީ ފުރިހަމަ ފަރުވާ ލިބެންޖެހޭނެއެވެ. ރާއްޖޭގެ އާންމު ސިއްހީ ނިޒާމުގެ ތެރެއިން ލިބެން ނެތް ފަރުވާއެއް ނަމަ، އެ ފަރުވާ ލިބޭނެ އެހެން ގޮތެއް ހޯދަންޖެހޭއެވެ.

މިއަދު ޔާމީނަށް އެ ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި، ނުހައްގުން ބަންދުކުރި ސިޔާސީ ލީޑަރުން ބޭސްފަރުވާ އިން މަހްރޫމު ކުރުމުން، ކުރެވޭނެ އިހްސާސްތައް އަމިއްލަފުޅަށް ކުރައްވަން ޖެހިވަޑައިގެންފައެވެ. އޭރު ބޭސްފަރުވާގެ ވާހަކަ ދެއްކުމުން، މަލާމަތްކުރަމުން ދިޔަ ބޭފުޅުންނަށް މިހާރު ކަންކަން ރަނގަޅަށް އިހްސާސްކުރެވޭނެއެވެ. ބަލި ހާލު ތަހައްމަލުކުރާ ފަރާތްތަކާއި އާއިލާގެ ހިތުގެ ކެކުޅުން އިހްސާސްކުރެވޭނެއެވެ.

ގެންދަވާނީ ދައްކަވަން ހުރި ތަނެއް ދައްކަވާފައޭ ބުނެއެވެ. އެގޮތުން، މިއަދު ރައީސް ޔާމީނަށް އެ ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ނުހައްގުން އަނިޔާ ދިން ފަރާތްތައް ބަރުދާސްތުކުރި ވޭނާއި ކެކުޅުމުގެ ކޮންމެ މިންވަރެއް ނަމަވެސް އިހްސާސްކުރަން ޖެހިވަޑައިގެންފައެވެ. ނަމަވެސް އޭރާ ބަލާއިރު، ޒައްރެއްގެ މިންވަރެކެވެ.

ރައީސް ޔާމީންގެ ސިއްހީ ހާލަތު ދަށްވެގެން ގޮސްފައި ވަނީ ބަންދުކޮށްގެން އެކަހެރި މާހައުލެއްގައި ގެންގުޅުއްވާތީ ކަމަށް އެ މަނިކުފާނުގެ މިނިސްޓަރުންގެ ގޮތުގައި އޭރު ތިއްބެވި ބައެއް ބޭފުޅުން އެބަ ވިދާޅު ވެއެވެ. ރައީސް ޔާމީން ބަންދުގެ މުއްދަތު އެ ބޭފުޅުން ގެންދަވަނީ ގުނުއްވަމުންނެވެ. ސިއްހީ ފަރުވާ ނުލިބޭ ވާހަކަ ގެންދަވަނީ ވިދާޅުވަމުންނެވެ. ކަސްރަތެއް ނުކުރެވި އަސާސީ އެތައް ހިދުމަތްތަކުން އެ މަނިކުފާނު މަހުރޫމުވެ ހުންނަވާ ވާހަކަ ގެންދަވަނީ ހާމަކުރައްވަމުންނެވެ. 

އެ ބޭފުޅުންގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތަކުންނާއި ބަންދުކުރި މީހުންގެ އާއިލާތަކުން މިފަދަ ވާހަކަތައް ދެއްކިއިރު، ރައީސް ޔާމީންގެ ހާލުކޮޅާ ގުޅިގެން މިހާރު ވާހަކަ ދައްކަވާ ބޭފުޅުން ތިއްބެވީ ސަރުކާރު ހިންގެވުމުގަ އެވެ. އެންމެ ގިނަ ބަޔަކު ނުހައްގުން ޖަލަށްލީ އެ ވެރިކަމުގަ އެވެ. ވާނުވާ ޖަހާފައި އެންމެ ގިނަ ލީޑަރުން ބަންދުކޮށްފައި ބެހެއްޓީ ވެސް ހަމަ އެ ވެރިކަމުގަ އެވެ. ޝަރުއީ ނިޒާމު ފުނޑާލީ ވެސް އެ ވެރިކަމުގަ އެވެ. މުއައްސަސާތަކުގެ ވާގި ދުއްވާލީ ވެސް އެ ބޭފުޅުންނެވެ. އޭރު ސިއްހީ ފަރުވާ ނުލިބޭ ވާހަކަ އާއި ރާއްޖޭން ބޭރުން ފަރުވާ ހޯދަންޖެހޭ ވާހަކަ ދެއްކެވިއިރު، އެ ފުރުސަތެއް ނުދެއްވި އެވެ. ފުރުސަތު ދެއްވި ބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން އަނބުރައި ގެންނެވީ އެވެ. ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބޭސްފަރުވާ އަށް ފޮނުވޭނީ  އަތްޕުޅުގައި ހުރި ކަމަށް ތުހްމަތުކުރާ އެމްއެމްޕީއާރުސީގެ ފައިސާ ދެއްވުމުން ކަމަށް ވިދާޅުވަމުން ދިޔަ އެވެ. 

ރައީސް ޔާމީންގެ ދައުރުގައި ސިޔާސީ ލީޑަރުންގެ ހައްޔަރުކޮށް، ދައުވާ އުފުލައި އަދި ހުކުމްކޮށްގެންނާއި ހުކުމެއް ނެތި ޖަލަށް ލަމުން ދިޔައީ ސިޔާސީ މަގުސަދުގައިކަން އެންމެންނަށް އެނގެއެވެ. ނަމަވެސް މިއަދު ރައީސް ޔާމީންގެ މައްޗަށް އުފުލާފައި އެވަނީ މަނީ ލޯންޑަކުރި ކަމުގެ ދައުވާއެވެ. ބޮޑު ޖިނާއީ ކުށެކެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައި އެ ހުންނެވީ ޝަރުއީ ނިޒާމުގެ ތެރެއިން، ގާނޫނާ އެއްގޮތަށެވެ. ޝަރީއަތަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތު ކުރެވޭތީއެވެ.

ރައީސް ޔާމީންގެ ސަޕޯޓަރުން މިހާރު ދައްކަވާ ވާހަކަތަކަކީ ހަގީގަތް ނަމަ، ހާލަތު ބަދަލު ނުވެ އޮތީ ރައީސް ޔާމީންގެ ވެރިކަމުގެ ސަބަބުންނެވެ. އެ ވާހަކަތައް ދައްކަމުން ދިޔައިރު، ހާލަތު ބަދަލުކުރި ނަމަ މިހާރު އެ ވާހަކަ ދެއްކުމަށް ފުރުސަތެއް ނޯންނާނެއެވެ. 

ރައީސް ޔާމީންގެ ވެރިކަމުގައި ގޯހުން ގޯހަށް ހުރި ކަންކަން އާ ސަރުކާރުން ދަނީ ހަމައަކަށް އަޅުވަމުންނެވެ. ޖަލުގައި ފަރުވާ ދިނުމުގެ ނިޒާމު ވަނީ އެތައް ގުނައެއް ހަރުދަނާކޮށްފަ އެވެ. ޖަލުގައި ތިއްބެވި ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށް ވެސް ސިއްހީ ޚިދުމަތް ދެމުން ގެންދަނީ ވަރަށް ފުރިހަމައަށް ދެމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Neygey

1 ހަފްތާކުރިން

Hama eyna ehen meehunaa deytherey kankuri gothah eynayaa deytherey ga ves kanthah kuran jeheyney..bodu vagu yaameen

1
2
Neygey

1 ހަފްތާކުރިން

Hama vaan v gothah evaney

0
0
އަދިރި އަނދުރުރޭ

1 ހަފްތާކުރިން

މިއަދު ކޮންމެ އެއްޗެކޭ ކިޔަސް ވެރިކަން ލިބުމާއެކު މީހާއަށް މީހާއޮޅި، ބާރުގަދަ ކުޅަދުންވަންތަ ކަލަކު ބައްލަވަމުން ގެންދެވިކަމެއް ހަނދާނަކަށް ނައެވެ. ކޮންމެއަނިޔާވެރިއަކު ޥެސް ހީކުރިގޮތް ޔާމީންވެސް ހީކުރީއެވެ. އެނޫންދުވަހެއް އަތުވެދާނެ ކަމަށް ގަބޫލުކުރަންވެސް ބޮޑާކަމާއެކު ބޭނުންނުވީއެވެ. ﷲ ގެ ކުޅަދުންވަންތަ ކަމާއެވެ.

3
2