20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

އެފްއޭއެމް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް

ކޮންގްރެސް ބޭއްވޭވަރަށް ސޮއި ހަމަނުވޭ: ފީފާ

  • އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް 50 ޕަސެންޓް ކްލަބުތަކުގެ ސޮއި ބޭނުންވޭ
  • އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމުގެ ފުރުސަތު ވެސް މި ވަގުތު ނެތް
މިއުނާ ހަސަން | @miuna_hassan

| 12 މާރޗް 2019 | އަންގާރަ 18:22 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް -- ވީނިއުސް

ކޮންގްރެސް ބޭއްވުމަށް، އެކަށީގެންވާ ވަރަށް ސޮއި ލިބިފައި ނުވާ ކަމަށް ފީފާ އާއި އޭއެފްސީން ރާއްޖެ އައި ވަފުދުގެ ފަރާތުން ބުނެފިއެވެ.

ފީފާގެ ފަރާތުން ވާހަކަ ދެއްކި އެ އިދާރާގެ މެމްބަރު އެސޯސިއޭޝަންސް ގަވާނެންސް ޑިޕާޓްމަންޓްގެ ސީނިއާ އޮފިސާ އެލެގްސެންޑްރާ ގްރޮސް ވިދާޅުވީ ފީފާގެ ސްޓެޓިއުޓްސް ބުނާ ގޮތުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް 50 ޕަސެންޓް ކްލަބުތަކުގެ ސޮއި ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް ވިކްޓަރީއަށް އެ އަދަދު ހަމަ ނުވާ ކަމަށެވެ.

ފީފާގެ އޮފިސަރ ވިދާޅުވީ ފީފާގެ ޓީމް ރާއްޖެ އައިސް ކްލަބުތަކާ ބައްދަލުކޮށްފައިވާ ކަމަށާއި، ސޮއިކުރި ކްލަބުތަކާއި ސޮއި ނުކުރާ ކްލަބުތަކާ ވެސް ބައްދަލު ކޮށްފައި ވާނެ ކަމަށެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އަސާސީ ގަވައިދު ބުނާ ގޮތުން އެފްއޭއެމްގެ ފުރިހަމަ މެމްބަރ ކްލަބްތަކުގެ ތެރެއިން 50 އިންސައްތައަށް ވުރެ ގިނަ ކްލަބްތަކުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ކޮންމެ ވަގުތަކު ވެސް އެދެވޭނެއެވެ. އަދި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވަން އެދޭތާ 14 ދުވަސް ތެރޭގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަކީ މަޖުބޫރު ކަމެކެވެ.

އެފްއޭއެމް އިން އެ އިދާރާގެ އަސާސީ ގަވައިދާ ހިލާފުވުމުން، ކްލަބްތަކުން އަމިއްލައަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ފީފާގެ މި ނިންމުމާ އެކު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވައިދޭން އެފްއޭއެމަށް ދެން ނުޖެހޭނެއެވެ.

ހަމައެހެންމެ ވިކްޓްރީން ހުކުރު ދުވަހު އަމިއްލަ އަށް އިސްނަގައިގެން ބާއްވަން އުޅުނު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމުގެ ފުރުސަތު ވެސް މިވަގުތު ނޯންނާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް