23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ޓޭބަލް ޓެނިސް

58 ވަނަ ޤައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ސެމީ ފައިނަލް ކުޅޭ ކުޅުންތެރިން ކަށަަވަރު ވެއްޖެ

  • ސެމީ ފައިނަލުގައި ސިންގަލްސްގެ 12 މެޗާއި ޓީމް އިވެންޓުގެ ހަތަރު މެޗު ކުޅޭނެ
  • ސެމީ ފައިނަލް މެޗްތައް ސޯޝަލް އިންޑޯ ކޯޓުގައި އަންގާރަ ދުވަހުގެރޭ 19:00 ފެށިގެން ކުޅޭނެ
މިއުނާ ހަސަން | @miuna_hassan

| 12 މާރޗް 2019 | އަންގާރަ 17:43 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ގައުމީ ޓޭބަލްޓެނިސް މުބާރާޓް އޯޕަނިން 2018 -- ފޭސްބުކް

ގައުމީ 58 ވަނަ  ޓޭބަލް ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާ ކުޅުންތެރިން ކަށަވަރުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މާރޗް މަހުގެ 10 އިން 14 ގެ ނިޔަލަށް ކުރިއަށް ގެންދާ ގައުމީ ޓޭބަލްޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި ސިންގަލްސްގެ 12 މެޗާއި ޓީމް އިވެންޓުގެ ހަތަރު މެޗު ކުޅެވޭނެއެވެ.

ގައުމީ ޓޭބަލްޓެނިހުގައި މި އަހަރު ޓީމް އިވެންޓްގައި އަންހެން އަދި ފިރިހެން ފުރަތަމަ ޑިވިޝަނާއި، ސިންގަލްގެ އަންހެން އަދި ފިރިހެން ދެބައިގެ ފުރަތަމަ ޑިވިޝަން ހިމެނިފައިވާއިރު، 16 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ބައި ހިމެނެއެވެ. މީގެ އިތުރުން 12 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ހިމެނެއެވެ.

ސޯޅަ އަހަރުން ދަށުގެ އަންހެން ބައިގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އައިޝަތު ރަފާ ނާޒިމް ވާދަކުރާނީ ފާތިމަތް މަލޫޝާ މުއާޒްއާއެވެ. ދެވަނަ މެޗުގައި ފާތިމަތު ދީމާ ވާދަކުރާނީ އައިމިނަތު މަލީޝާ މުއާޒްއާއެވެ.

ސޯޅަ އަހަރުން ދަށުގެ ފިރިހެން ބައިގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަކްޔަރް އަހްމަދު ޙަލީލް، އިބްރާހިމް އައުޒަމް އަޒީމް އާއި ވާދަކުރާއިރު ދެވަނަ މެޗުގައި މުހައްމަދު ތާބިން ސުޖާއު ވާދަކުރާނީ ޒީކް ހަސަން ލަތީފްއާއެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އަންގާރަ ދުވަހު ކުޅޭ 12 އަހަރުން ދަށުގެ އަންހެން ބައިގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޒާރާ ހަސަން ލަތީފް ވާދަކުރާނީ މަލާކް ބިންތު މުއިއްޒުއާއެވެ. ދެވަނަ މެޗުގައި މިޝްކާ މުހައްމަދު އިބްރާހިމް ވާދަކުރާނީ މައިރާ މުހައްމަދު މަސާއިދްއާއެވެ.

ބާރަ އަހަރުން ދަށުގެ ފިރިހެންބައިގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޒީކް ހަސަން ލަތީފް ވާދަކުރާނީ އަހްމަދު ރައްޔާން މުހައްމަދު އަނީސް އާއެވެ. ދެވަނަ މެޗުގައި އުމައިރް މުހައްމަދު މުއިޒް ވާދަކުރާނީ ހުސައިން އާދް އާސިމްއާއެވެ.

އަންގާރަ ދުވަހު 19:00 ގައި ސެމީ ފައިނަލުގެ މެޗުތައް ކުޅެން ފަށާއިރު، މި މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ އަންހެން ބައިގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އައިޝަތު ރަފާ ނާޒިމް ވާދަކުރާނީ ލައިސާ ފަތުހުއްލާ އިސްމާއިލްއާއެވެ. ދެވަނަ މެޗުގައި ފާތިމަތު ދީމާ ވާދަކުރާނީ ފާތިމަތު ޖުމާނާ ނިމާލްއާއެވެ.

މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެން ބައިގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި މޫސާ މުންސިފް އަހުމަދު، އިބްރާހިމް ލަތީފް އާއި ވާދަ ކުރާއިރު ދެވަނަ މެޗުގައި މުހައްމަދު ޝައްފާން އިސްމާއިލް ވާދަކުރާނީ ހުސައިން ޝިފާން އާއެވެ.

ގައުމީ ޓެނިސް މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ ޓީމް އިވެންޓުގެ އަންހެން ބައިގެ ފުރަތަމަ ރައުންޑްގައި ވިކްޓްރީ ސްޕޯރޓްސް ކްލަބާއި ޓީރެކްސް ސްޕޯރޓްސް ކްލަބް ވާދަކުރާއިރު އަންހެން ބައިގެ ދެވަނަ ރައުންޑްގައި ވިކްޓްރީ ސްޕޯރޓްސް ކްލަބް ވާދަކުރާނީ ޔުނައިޓެޑް ވިކްޓްރީ އާއެވެ.

ފުރަތަމަ ޑިވިޝަންގެ ފިރިހެންބައިގެ ފުރަތަމަ ރައުންޑްގައި މޯލްޑިވްސް ޓުއަރިޒަމް ކްލަބް ވާދަކުރާނީ ޔުނައިޓެޑް ވިކްޓްރީއާއެވެ. ދެވަނަ ރައުންޑްގައި ވާދަކުރާނީ މޯލްޑިވްސް ޓުއަރިޒަމް ކްލަބް އާއި ވިކްޓްރީ ސްޕޯރޓްސް ކްލަބްއެވެ.

މި މުބާރާތުގެ ފައިނަލް މި މަހުގެ 14 ވަނަ ދުވަހު ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އޮންނާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް