23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ކުޑަކުދިން ވެކްސިން ކުރުން

ވެކްސިން ނުޖަހާ ކުދިންނަށް ސްކޫލަށް ކިޔަވަން ނުދެވޭނެ ކަމަށް އިޓަލީން ކަނޑައަޅައިފި

  • 6-16 އަހަރާއި ދެމެދުގެ ކުދިން ސްކޫލަށް ވެކްސިން ނުޖަހާ ފޮނުވައިފި ނަމަ ބެލެނިވެރިން 500 ޔޫރޯއިން ޖޫރިމަނާ ކުރޭ
އަމަން ހަލީމް | soupized

| 12 މާރޗް 2019 | އަންގާރަ 17:08 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ވެކްސިން ޖަހަން ސިރިންޖަކަށް ނަގަނީ -- ރެޕްރެޒެންޓޭޝަނަލް ފޮޓޯ

އިޓަލީގައި ވެކްސިން ޖަހާފައިވާ ކަމުގެ ލިޔެކިޔުން ނުދެއްކޭ ހަ އަހަރުން ދަށުގެ ކުދިންނަ ސްކޫލްތަކަށް ކިޔަވަން ނުވެއްދޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ކަނޑައަޅައިފިއެވެ.

އިޓަލީގައި ހިމަބިހީގެ (މީސްލްސް) ކޭސްތައް ގިނަވުމާ ގުޅިގެން މީގެ އަހަރެއްހާ ދުވަސް ކުރިން ފާސްކުރި ގާނޫނަށް އަމަލު ކުރަން ފެށުމުގެ މުއްދަތު ހޯމަ ދުވަހު ވަނީ ހަމަވެފައެވެ. އަދި ހަ އަހަރާއި ސޯޅަ އަހަރާ ދެމެދުގެ ކުދިން ވެކްސިން ނުޖަހާ ސްކޫލަށް ފޮނުވައިފި ނަމަ އެ ކުދިންގެ ބެލެނިވެރިން 500 ޔޫރޯއިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް އެ ގާނޫނުގެ ދަށުން ވަނީ ދީފައެވެ.

"ލޮރެންޒިން ލޯ"ގެ ނަމުން ނަން ދެވިފައިވާ ގާނޫނުގެ ދަށުން ކުދިންނަށް ވަނީ ވެކްސިން ޝެޑިއުލްގައި ހިމެނޭ ހުރިހާ ވެކްސިނެއް ޖެހުން ލާޒިމްކޮށްފައެވެ. މި ވެކްސިންތަކުގެ ތެރޭގައި ހިމެނެނީ ފާނަބަސަންދު، ޕޯލިއޯ، ހިމަބިހި، މަމްޕްސް އަދި ރުބެއްލާ ބަލިން ދިފާއުކުރާ ވެކްސިންތަކެވެ. އަދި މި ގާނޫނު ހެދި ފަހުން އެ ގައުމުގައި ގަވައިދާ އެއް ގޮތަށް ވެކްސިން ކުރާ ކުދިންގެ އަދަދު މައްޗަށް ގޮސްފައިވާ ކަމަށް ވެސް އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު ގީލިއާ ގްރިއްޔޯ ވަނީ ވިދާޅުވެފައެވެ.

އިޓަލީން މި ގާނޫނު ވުޖޫދައް ގެނައެމުގެ ކުރިން އެ ގައުމުގައި އަލަށް ވިހާ ކުދިން ވެކްސިން ކުރާ ނިސްބަތް އޮތީ 85 އިންސައްތައިގައެވެ. އަދި މި ކަމާ ގުޅޭ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އޭރު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ނަމަވެސް ގާނޫނޫ ތަންފީޒު ކުރަން ފަށާނެ ތާރީހު ކަނޑައެޅުމަށް ވެކްސިން ކުރާ ކުދިންގެ ނިސްބަތް ވަނީ 95 އިންސައްތައަށް އިތުރުވެފައެވެ.

ދުނިޔޭގައި ވެކްސިން ކުރާ ކުޑަކުދިންގެ ނިސްބަތް އަހަރަކުން އަހަރަކަށް ދަނީ ދަށްވަމުންނެވެ. އަދި މިއީ ވެކްސިން ޖެހުމާ އޯޓިޒަމް އަދި ބަވެލް ޑިޒީޒް ފަދަ ކޮންޑިޝަންތަކާ ގުޅުމެއް އޮތް ކަމަށް ބުނެ ފެތުރިފައިވާ އަޑުތަކެއް ކަމަށް ދިރާސާކުރާ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް ގިނަ ދިރާސާތަކަކަށް ފަހު ސައިންސްވެރިން ވަނީ ވެކްސިން ޖެހުމާއި އޯޓިޒަމް އަދި ބަވެލް ޑިޒީޒްއާ ގުޅުމެއް އޮތް ވާހަކަތައް ދޮގުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް