23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އިނގިރޭސި ފުޓުބޯޅަ

އިނގިރޭސިވިލާތުގެ އަންހެން ފުޓުބޯޅަ ޓީމަށް ހާއްސަ ޖަރޒީ ކިޓެއް

  • ފިރިހެން ޓީމާއި ތަފާތު ޖާރޒީ ކިޓެއް މިހާރު ވަނީ ފަރުމާ ކޮށްފައި
  • މި ކިޓަކީ ޕްލާސްޓިކް ފުޅި ރިސައިކަލް ކޮށްގެން ހަދާފައިވާ ކިޓެއް
މިއުނާ ހަސަން | @miuna_hassan

| 12 މާރޗް 2019 | އަންގާރަ 16:34 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


އިނގިރޭސިވިލާތުގެ އަންހެން ފުޓުބޯޅަ ޓީމް -- ގޫގުލް

ފުރަތަމަ ފަހަރަށް އިނގިރޭސިވިލާތުގެ އަންހެން ފުޓުބޯޅަ ޓީމަށް ހާއްސަ ޖާރޒީ ކިޓެއް ހަދައިފިއެވެ.

ޖޫން ހަތެއްގައި ފްރާންސްގައި އޮންނަ ފުޓުބޯޅަ އަންހެން ވޯލްޑްކަޕުގައި އިނގިރޭސިވިލާތުގެ ޓީމް ލުމަށް ފިރިހެން ޓީމާއި ތަފާތު ޖާރޒީ ކިޓެއް މިހާރު ވަނީ ފަރުމާ ކޮށްފައެވެ.

މެންޗެސްޓާ ސިޓީގެ އެކަޑަމީ ސްޓޭޑިއަމްގައި އޭޕްރިލް ފަސްވަނަ ދުވަހު ކެނެޑާއާ ދެކޮޅަށް އިނގިރޭސިވިލާތް ނުކުންނައިރު ޓީމް ލާނީ އެ ޓީމަށް ހާއްސަ ޖާރޒީއެކެވެ.

ޕްލާސްޓިކް ފުޅި ރިސައިކަލް ކޮށްގެން ހަދާފައިވާ މި ޖާރޒީގައި ފަރިތަކުރުންތަކުގެ މެޗުތަކެއް އިނގިރޭސި ވިލާތުން،  ސްޕެއިން އާއި ނިއުޒިލެންޑް އަދި ޑެންމާރކްއާ ދެކޮޅަށް ވެސް ކުޅޭނެއެވެ.

އިނގިރޭސިވިލާތުގެ ޓީމުގެ ފޯވާރޑް ފްރެން ކަރބައި ބުނީ، އަންހެން ޓީމަށް ހާއްސަކޮށްގެން ޖާރޒީ ކިޓެއް ހެދުމުން އެކަމާ އުފާ ކުރާ ކަމަށެވެ.

މި ފަހަރުގެ އަންހެން ވޯރލްޑް ކަޕުގައި އިނގިރޭސި ވިލާތުގެ ރަސްމީ ޖާރޒީ ކުލައަކީ ހުދެވެ.

އަންހެން ފުޓުބޯޅަ އެސޯސިއޭޝަނުގެ ޑިރެކްޓަރ ބެރޯނެސް ސޫ ކެމްޕަބެލް ވިދާޅުވީ، އަންހެން ޓީމަށް ހާއްސަކޮށްގެން ޖާރޒީ ކިޓެއް ހެދި މިއީ ފުރަތަމަ ފަހަރު ކަމަށާއި، މިހެން މިކަން ކުރުމުން އަންހެން ފުޓުބޯޅަ ގައުމުގައި އާލާވެފައިވާ މިންވަރު ދޭހަވާ ކަމަށެވެ.

ޖޫން މަހު އޮންނަ ވޯލްޑްކަޕްގައި އިނގިރޭސިވިލާތް އޮތީ ސްކޮޓްލޭންޑް، އާރޖެންޓީނާ އަދި ޖަޕާނާ އެއް ގްރޫޕެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް