20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ރެއާލް މެޑްރިޑް

ޒިދާން އަނެއްކާ ވެސް ރިއަލް މެޑްރިޑްއަށް

  • ޒިދާން އަލުން ޓީމާ ގުޅުނީ ގިނަ ހުށައެޅުންތަކަކަށް ނޫނެކޭ ބުނުމަށް ފަހު
  • ދާން ޓީމާ ގުޅުން ހިސާބުން ރިއާލް އިން ކުޅުންތެރިން ހޯދަނީ
މިއުނާ ހަސަން | @miuna_hassan

| 12 މާރޗް 2019 | އަންގާރަ 15:52 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ޒައިނުއްދިން ޒިދާން -- އޭއެފްޕީ

ޒައިނުއްދީން ޒިދާން އަލުން ރެއާލް މެޑްރިޑްއާ ގުޅިއްޖެއެވެ.

ނިމިގެންދިޔަ ސީޒަނަށް ފަހު ރެއާލް އިން ވަކިވި ޒިދާން އަލުން ޓީމާ ގުޅުނީ ގިނަ ހުށައެޅުންތަކަކަށް ނޫނެކޭ ބުނުމަށް ފަހުއެވެ.

ޒިދާން ބުނެފައި ވަނީ ރެއާލް މެޑްރިޑުން އެހީތެރިކަން ބޭނުންވެގެން ބުނުމުން އެކަމަށް ނޫނެކޭ ބުނާހާ ހިއްވަރު އޭނާގެ ކިބައިގައި ނެތް ކަމަށެވެ. ރެއާލް މެޑްރިޑުން އޭނާ އަށް ގިނަ ކަންތައްތަކެއް ކޮށްދީފައިވާ ކަމަށާއި، ޓީމެއްގެ ފޯމު ގެއްލުމުން ވާ ގޮތް އޭނާ އަށް ވަރަށް ރަނގަޅަށް ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.

ރިޕޯރޓްތައް ބުނާ ގޮތުގައި ޒިދާން ހޯދުމަށް ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑް މަސައްކަތް ކުރިއެވެ. މީގެ އިތުރުން ވެސް ޔުވެންޓަސް އިން ވެސް ވަނީ ޒިދާން ގެނައުމަށް ހުށައަޅާފައެވެ.

ކޯޗް ޒިދާން ޓީމާ ގުޅުނު ހިސާބުން ރެއާލްއިން އަންނަނީ ޓީމް އިތުރަށް ވަރުގަދަ ކުރުމަށް ކުޅުންތެރިން ހޯދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން ޗެލްސީގެ ތަރި އީޑެން ހަޒާރޑް ހޯދުމަށް ރެއަލް މެޑްރިޑުން ވަނީ 132 މިލިއަން ޑޮލަރު ހުށައަޅާފައެވެ.

ޗެލްސީގެ ފޯވާރޑް ހަޒާރޑް ހޯދުމަށް ރެއަލް މެޑްރިޑުން އެއްބަސްވުންތަކުގައި ސޮއިކުރީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.

ޗެލްސީން ވަނީ ހަޒާރޑް އެ ކްލަބުގައި ބެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެ ގޮތުން ހަޒާރޑްގެ އެއްބަސްވަން އައުކުރާނެ ކަމުގެ އުންމީދުގައި އެ ކްލަބުން ވަނީ ހަޒާރޑް އަށް ބޮޑު މުސާރައެއް ހުށައަޅާފައެވެ.

ހަޒާރޑްގެ އިތުރުން ރެއާލް އިން ހޯދަން މަސައްކަތް ކުރާ ކުޅުންތެރިންގެ ތެރޭގައި އުންމީދީ ކުޅުންތެރިޔާ ޕީއެސްޖީގެ ތަރި ކިލިއަން އެމްބާޕޭ އާއި އަޔަކްސްގެ އުއްމީދީ ޑިފެންޑަރު މަތިއަސް ޑި ލީޓް ހިމެނެއެވެ.

ރެއާލް މެޑްރިޑުން އެންމެ ފުރަތަމަ ކޯޗެއްގެ ގޮތުގައި ގެންނަން ބޭނުންވީ ނިމިގެންދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ކަމުން ވަކިކުރި ހޯސޭ މޮރީނިއޯއެވެ. އެހެން ނަމަވެސް ޓީމުގެ ކުޅުންތެރިން ނުރުހުން ފާޅުކުރުމުން ރެއާލްގެ މެނޭޖްމެންޓަށް ޒިދާން ގެންނަން މަޖުބޫރުވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް