23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ސާރޖިއޯ ރާމޯސް

އަޔަކްސް މެޗުން ބަލިވުމުގެ ޒިންމާ ނަގަން: ސާރޖިއޯ ރާމޯސް

  • ގަސްތުގައި ހޯދި ރީނދޫ ކާޑާއެކު ޔޫއެފާއިން ވަނީ އެއް މެޗަށް ރާމޯސް ސަސްޕެންޑް ކޮށްފަ
  • މެޗުން ބަލިވުމުގެ 200 ޕަސެންޓް ޒިންމާ ނަގަން
މިއުނާ ހަސަން | @miuna_hassan

| 11 މާރޗް 2019 | ހޯމަ 20:40 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ސާރޖިއޯ ރާމޯސް -- ގޫގުލް

އަޔަކްސް އަތުން ބަލިވުމުގެ ޒިންމާ ނަގާ ކަމަށް ރިއަލް މެޑްރިޑްގެ ކެޕްޓަން ސާރޖިއޯ ރާމޯސް ބުނެފިއެވެ.

ސަންޓިއޭގޯ ބާރނަބެއު ސްޓޭޑިއަމްގައި އަޔަކްސްއާއި ދެކޮޅަށް ކުޅުނު މެޗުގައި ގަސްތުގައި ހޯދި ރީނދޫ ކާޑާއެކު ޔޫއެފާއިން ވަނީ އެއް މެޗަށް ރާމޯސް ސަސްޕެންޑް ކޮށްފައެވެ.

މެޗުން ބަލިވުމުގެ 200 ޕަސެންޓް ޒިންމާ ނަގާކަމަށް ރާމޯސް ވަނީ ބުނެފައެވެ. ރާމޯސް މިހެން ބުނެފައިވަނީ ހޯމަ ދުވަހު ކުރި ޓްވީޓެއްގައެވެ.

ރެއާލް މެޑްރިޑް 2-1 އިން ކުރީގައި އޮއްވާ މެޗުގެ 89 ވަނަ މިނެޓުގައި ރާމޯސްއަށް ރެފްރީ ރީނދޫ ކާޑު ދެއްކީ އަޔަކްސްގެ ކެސްޕާ ޑޯލްބާގަށް ކުރި ފައުލަކަށެވެ. އެ ކާޑާ އެކު ދެ ވަނަ ލެގަށް އޭނާ ސަސްޕެންޑްވިއެވެ.

މި ކާޑާ ގުޅިގެން ދެ ވަނަ ލެގަށް ސަސްޕެންޑްވި ރާމޯސްއަށް ޔުއެފާގެ އަދަބާ އެކު، ކުއާޓާ ފައިނަލަށް މެޑްރިޑް ދަތުރުކުރި ނަމަ އެ މެޗުވެސް މުކުޅެވޭނެއެވެ.

ސަސްޕެންޝަނުގެ ސަބަބުން ރާމޯސްއަށް ރިއަލްމެޑްރިޑް އަޔަކްސްއާއި ވާދަ ކުރި މެޗު ނުކުޅެވުނުއިރު، މި މެޗުން ރިއަލްމެޑްރިޑް ބަލިވީ 1-4 ލަނޑުންނެވެ.

އަޔަކްސްގެ ކޯޗް އެރިކް ޓެން ހެގް ކުރިން ބުނެފައިވަނީ، ރާމޯސް ނެތުމުން ރިއާލްއަށް ވަރަށް ބޮޑު ގެއްލުމެއް ދައްކާނެ ކަމަށެވެ. ސެންޓަރ ބެކުގައި އޭނާ ނެއްތަންކޮޅު ދައްކާނެ ކަމަށްވެސް އެރިކް ވަނީ ބުނެފައެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް