23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އަލީ ވަހީދު

ކްލަބްތަކަށް ލިބެމުން ދިޔަ އެއްޗެއް އުނިކުރަން ސަރުކާރުން ނުނިންމާ: އަލީ ވަހީދު

  • ރާއްޖޭގެ ކްލަބްތައް އޮތީ ބަނގޫރުޓުވާ ހާލުގައި
ލީވާން އަލީ | MrLeevaan

| 11 މާރޗް 2019 | ހޯމަ 20:24 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


މިނިސްޓަރ އަލީ ވަހީދު -- ރާއްޖެއެމްވީ

ކްލަބްތަކަށް ލިބެމުންދިޔަ އެއްވެސް އެއްޗެއް އުނިކުރަން ސަރުކާރުން ނިންމާފައިނުވާ ކަމަށް އެކްޓިން ޔޫތު މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ކްލަބްތަކަށް ކުރިން ލިބެމުންދިޔަ އެއްވެސް އެއްޗެއް އުނިކުރަން އަދި ކްލަބްތަކަށް އިހާނެތިކޮށް ހިތާނެ ކަމަށް ބުނެފައިނުވާނެ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، މި ސަރުކާރަކީ ރާއްޖޭގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތަކަށް ގެނައުމަށް އަދި ރާއްޖޭގެ ކުޅިވަރާއި، އިޖުތިމާއީ ދުޅަހެޔޮކަން ވަރުގަދަކުރަން އިންތިހާބުވެގެން އައި ސަރުކާރެއް ކަމަށެވެ.

އެގޮތުން އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ކުޅިވަރެއްގެ ކްލަބްތަކާއި، ރާއްޖޭގެ ކުޅުންތެރިންނަށް ލިބެމުންދިޔަ ހިދުމަތްތައް ކުރިޔަށްވުރެ ރަނގަޅުވާނެ ކަމަށެވެ.

ރާއްޖޭގެ ކްލަބްތައް އޮތީ ބަނގޫރުޓުވާ ހާލުގައިކަން ފާހަގަކުރައްވަމުން އަލީ ވަހީދު ވިދާޅުވީ، އެހާލަތަށް ދާންޖެހުނީ ކޮންމެވެސް ބަޔަކު ފެއިލްވުމުން ކަމަށެވެ. އަދި އެހާލަތުގައި ކްލަބްތައް އޮއްވާ ސަސްޕެންޑުވެސް ކުރަމުން އަންނަ ކަމަށާއި، ކްލަބްތަކަށް ލިބެމުން އަންނަ ފުރުސަތުތައްވެސް ހަނިކުރަމުން އަންނަ ކަމަށްވެސް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސަރުކާރުގެ ނަމުގައި ވާހަކަދައްކަމުން އަންނަ ކަމަށާއި، އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ، ސަރުކާރުން ރާއްޖޭގެ ކްލަބްތައް އިނދެޖެހުނު ނުދޭނެ ކަމަށާއި، އެސްއޯއީގެ ފައިސާ ކްލަބްތަކަށް ދޭތޯ އަދި ނުދޭތޯ ވެސް އެފްއޭއެމް އަށް އިއުލާންނުކުރެވޭނެ ކަމަށެވެ.

އަލީ ވަހީދު މިހެން ވިދާޅުވެފައިވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، އެސްއޯއީގެ ދަށުން ކްލަބްތަކަށް ފައިސާ ދިނުމާ ގުޅޭގޮތުން މިހާރުގެ ސަރުކާރާ މަޝްވަރާ ކުރެވުނު ކަމަށާއި، ނަމަވެސް މިއަދާ ހަމައަށް ވެސް އެކަމުގައި އެދެވޭ ޖަވާބެއް ލިބިފައިނުވާ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.

ބައްސާމް ވިދާޅުވީ، ކްލަބްތަކަށް އެހީވާން އެފްއޭއެމުން ނިންމީ ސަރުކާރާއެކު ކުރި މަޝްވަރާއަށް އެއްބާރުލުން ނުލިބިގެން ކަމަށާއި، ކްލަބްތަކަށް އެހީވުމަކީ އެފްއޭއެމްގެ ޒިންމާއެއް ކަމަށެވެ.

ކްލަބްތަކަށް ދޭން ނިންމާފައިވާ ފައިސާގެ އަދަދު މި މަހުގެ 25 ވަނަ ދުވަހު އޮންނަ އެފްއޭއެމްގެ ކޮންގްރެސްގައި ހުށަހަޅާ ބަޖެޓުގައި ހިމަނާނެ ކަމަށް ވެސް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ކްލަބްތަކަށް ދޭނެ ފައިސާގެ އަދަދު ބައްސާމް ހާމަކުރައްވާފައިނުވާއިރު، ބަޖެޓް ފާސްކުރެވުމާއެކު އެ ފައިސާ ދޫކުރާނެ ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

މިދިޔަ ސަރުކާރުން 2017 ވަނަ އަހަރުން ފެށިގެން ކުންފުނިތައް މެދުވެރިކޮށް ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ކޮންމެ ޓީމަކަށް ދެ މިލިއަން ރުފިޔާ ދީފައިވާއިރު، ދިވެހި ޕްރިމިއާ ލީގަށް ހޮވިއްޖެނަމަ އިތުރު އެއް މިލިއަން ރުފިޔާ ވަނީ ދީފައެވެ.

އެސްއޯއީގެ ތެރެއިން ސަރުކާރު ހިއްސާވާ 12 ކުންފުނި މެދުވެރިކޮށް 26 މިލިއަން ރުފިޔާ އަހަރަކު ފުޓްބޯޅަ އަށް ހަރަދުކުރާ ގޮތަށް އެއްބަސްވުމުގައި އޮންނައިރު، އޭގެން ގިނަ ކްލަބްތަކަށް އެންމެ އެކަށީގެންވާ ފައިދާތަކެއް ނުކުރެއެވެ. އަދި ގިނަ ކްލަބްތަކެއް އޮތީ މާލީ ގޮތުން އަޑިއަޅާލާފައެވެ.

މި އަހަރުގެ ފުޓުބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުއެވެ. އެގޮތުން ކްލަބްތަކުން މިހާރުއްސުރެ އަންނަނީ ސީޒަނަށް ތައްޔާރުވުމަށް ބަޖެޓް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް