22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ހިޔާ މަޝްރޫއު

ހިޔާ މަޝްރޫއު: ގެދޮރު ނެތް ނިކަމެތިންނަށް ކުރެވުނު މަލާމާތެއް

  • ޕޮއިންޓް ދީފައިވާ އުސޫލެއް އެނގޭކަށެއް ނެތް
  • އެއް އާއިލާއެއްގެ އެތައް ބަޔަކަށް ފްލެޓް ލިބިފައި އެބަހުރި
އަމަން ހަލީމް | soupized

| 11 މާރޗް 2019 | ހޯމަ 20:19 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ހިޔާ މަޝްރޫއުގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރިޔަށް ދަނީ -- ފޮޓޯ: ތަހާރަތު މުހައްމަދު ވަހީދު

ދިވެހި ރައްޔިތުންނަށް މި ވަގުތު ހައްލެއް ބޭނުންވެފައިވާ އެންމެ ބޮޑު މަައްސަލައަކީ ގެދޮރުގެ ދަތިކަން ކަމާއި މެދު ސުވާލު އުފައްދާނެ ހަމަ އެކަކު ވެސް ނުހުންނާނެ އެވެ. އާއިލާއާއެކު ގޭގައި ދިރިއުޅެ ބޮޑުވެ، އަމިއްލަ ދެފައި މައްޗަށް ކޮޅަށް ތެދުވެ، އާއިލާއެއް ބިނާކުރަން ވިސްނާ ކޮންމެ ދިވެެއްސަކަށް ވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ އުޅޭނެ ތަނެއް ނެތުމެވެ. އާއިލާއާއެކު އުޅެން ވަންނާނެ ގެދޮރެއް ނެތުމުގެ މައްސަލައެވެ. މިހެން މިކަން ހުރިއިރު، ހިޔާވަހި ކަމަކަށް އެދިއެދި ތިބި ދިވެހިންނަށް، ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން ނޮވެމްބަރު 17 ވަނަ ދުވަހު އިފްތިތާހު ކޮށްދެއްވި "ހިޔާ މަޝްރޫއު" ވެގެން ދިޔައީ އެތައް ބައެއްގެ އުއްމީދުތައް އާވެގެން ދިޔަ ކަމަކަށެވެ. ކުރަމުން އަދި ދިގު އިންތިޒާރުތަކަށް ނިމުމެއް އައި ފަދައެވެ.

ސަރުކާރުން ހިޔާ މަޝްރޫއު އިއުލާންކޮށް، ފޯމު ދޫކުރަން ހުޅުވާލުމާއި އެކު އެތައް އިރެއް ވަންދެން ކިޔޫގައި ޖެހި ފިތި ބާރުވެގެން ހާހުން މީހުން ތިއްބެވެ. ހިޔާވަހި ކަމެއްގެ ފޮނި އުއްމީދުގައެވެ. ކިތައްމެ ބޮޑު ތަކުލީފެއް އުފުލަން ޖެހުނަސް ވަރިހަމަ ކަމަށް ނިންމައިގެންނެވެ. އެހެނީ ބިނދެވެން އޮތް މޭވާގެ ފޮނި މީރުކަން، އުފުލަން ޖެހުނު ތަކުލީފަށް ވުރެން މާ ބޮޑު ވީމައެވެ. އެތަނަށް ދިޔަ މީހުންގެ އަދަދުން ކަށަވަރު ވާން އޮތީ ހަމަ އެއްމެ ހަގީގަތެކެވެ. ވަންނާނެ ބޯހިޔާވަހިކަމެއް ބޭނުންވެފައި އޮތް މިންވަރުގެ ބޮޑުކަމެވެ. ވަންނާނެ އަމިއްލަ ގެދޮރެއް ބޭނުންވެފައި ތިބި ދިވެހިންގެ އަދަދު ގިނަކަމެވެ.

ކޮންމެ އަކަސް ރައީސް ޔާމިންގެ ވެރިކަމުގެ ދައުރު ހަމަވާން ކައިރިވެފައި ވަނިކޮށް އަވަސް އަރުވާލައިގެން އެ ފްލެޓްތައް ދޭނެ ފަރާތްތަކުގެ ލިސްޓު ހާމަކުރިއެވެ. އެކަމަކު މިހާތަނަށް ރާއްޖޭގައި ކަންކުރަމުން އައި އުސޫލުތަކާ ހަމަތަކާ މުޅިން ހިލާފަށެވެ. ލިސްޓު އިއުލާން ކުރީ ހަމައެކަނި ފޯމު ނަމްބަރު ހިމަނައިގެންނެވެ. މީހުންގެ ޒާތީ މައުލޫމާތު ހާމަކުރަން ބޭނުން ނުވާ ކަމަށް ބުނެއެވެ. އެ ހިސާބުން ގިނަ ބަޔެއްގެ ޝަކުވާތައް އޮއްސާލިއެވެ. ގިނައީި ފްލެޓް ބެހުނު ގޮތާއި މެދު ސުވާލު އުފެއްދި މީހުންނެވެ. ޕޮއިންޓް ދީފައިވާ އުސޫލާއިމެދު އުފައްދަން ފެށި ސުވާލުތަކެވެ. ފޯމުގައި އޮތް ދިރިއުޅުމުގެ ހާލަތު ބަޔާން ކުރާ ބަޔަށް މާކްސް ދެވުނު ގޮތާއި މެދު އުފައްދަން ފެށި ސުވާލުތަކެވެ. ހަމަ އަސްލަށް ވެސް އެ ފްލެޓްތައް ދިނީ ހައްގުވެރިންނައްތޯ މީހުން ސުވާލު އުފައްދަން ފެށީވެސް އެހާ ފޮރުވައިގެން ލިސްޓު އާއްމު ކުރި ހިސާބުންނެވެ. 

ސުވާލު ނުއުފައްދަން ވީ ސަބަބެއް ވެސް ނެތެއް ނޫން ހެއްޔެވެ. މިވީ ހުރިހާ ދުވަހަކު މި ރާއްޖޭގައި ހިންގުނު ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއްގައި ވެސް ފްލެޓް ލިބުނު މީހުންގެ ނަން އިއުލާން ކުރީ އެ މީހުންގެ މައުލޫމާތު ހިމަނައިގެން، ލިބުނު ޕޮއިންޓްގެ އަދަދު ވެސް އެއްމެންނަށް އެނގެން އޮންނާނެ ފަދައިން ވަރަށް ހާމަކަން ބޮޑު ގޮތަކަށެވެ. އޭރުވެސް މިހާރު ވެސް މިކަމާ ހަވާލު ވެގެން ހުންނެވި މިނިސްޓަރު ދެއްކެވީ އެއް ވާހަކައެކެވެ. ފްލެޓް ދީފައި އޮންނާނީ އޭގެ އެއްމެ ހައްގުވެރި ފަރާތްތަކަށް ކަމާއި މެދު އެއްވެސް ޝައްކެއް ނޯންނާނެ ކަމަށެވެ.

ނަމަވެސް ކަން ވެގެން ދިޔައީ މިހެން ކަމާއި މެދު މިހާރު ސުވާލު އުފެދެއެވެ. ސަރުކާރު ބަދަލުވުމާއެކު, މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފްލެޓްތަކުގެ މައްސަލަ ބަލަން އުފެއްދެވި ކޮމިޓީން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އާއްމު ކުރައްވާފައެވެ. މި މައުލޫމާތުތައް އާއްމުކުރުމާއި އެކު، ލިބުނު ޖަވާބަށް ވުރެ ގިނައީ މީހުން އުފައްދަން ފެށި ސުވާލުތަކެވެ. ސަރުކާރުގެ ނުފޫޒު ގަދަ ބޭފުޅުންނަށާއި އޭރުގެ ވެރިކަން ކުރާ ޕާޓީގެ އެކްޓިވިސްޓުންނަސް ފްލެޓް ލިބުނު ވާހަކައެވެ. ހާލުގައި މުޅި އާއިލާ ގޮވައިގެން އެއް ކޮޓަރިއެއްގެ ތެރޭގައި އުޅޭ މީހުންނަށް ފްލެޓް ނުލިބޭ ވާހަކައެވެ. ތިމަންނާއަށް މިވެނި ވަރަކަށް ޕޮއިންޓް ލިބޭނެ ކަން ކަށަވަރު މީހުންނަށް ވުރެ ދަށުން ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ލިބިފައިވާ ވާހަކައެވެ. ބުނަން މިއުޅެނީކީ މި ލިސްޓުތަކުގައި ހިމެނުނު އެއްމެންނަށް ފްލެޓް ހައްގު ނޫން ވާހަކައެވެ ނޫނެވެ. އެކަމަކު ހަމަގައިމުވެސް މީގައި ހައްގުވެރި ނޫން ފަރާތްތަކަކަށް ވެސް ފްލެޓް ލިބުނު ކަން ކަށަވަރު ވާކަން އެބަ އޮތެވެ.

ލިބޭ ފްލެޓްތަކުގައި ފްލެޓް ލިބުނު މީހާ ދިރިއުޅުން ލާޒިމް ކުރާއިރު، ދެމަފިރިންނަށް ވެސް ފްލެޓް ލިބިފައި އެބަ ހުއްޓެވެ. ކުރިން ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ކުރެން މި ސުވާލު އަހާލީމާ އަންނަނީ ވަރަށް ހެއްވާ ޖަވާބެކެވެ. ފިރިމީހާއަށް ފްލެޓް ލިބުމުން އެ ހިސާބުން އަނބިމީހާއަށް ލިބެން އޮތް ހައްގަކުން މަހުރޫމް ވާން ނުޖެހޭ ވާހަކައެވެ. ސުވާލަކީ، އެ ދެމަފިރިން އެ ހިސާބުން އެ ފްލެޓްތަކުގައި ދިރި އުޅެން ވިސްނަނީ ޒަވާޖީ ހަޔާތް ނިމުމަކަށް ގެނެސްގެން ހެއްޔެވެ؟ އެއް އާއިލާއެއްގެ އެތައް ބަޔަކަށް ފްލެޓް ލިބުނު އިރު މީގައި ފްލެޓް ނުލިބުނު މީހުންގެ މަސްލަހަތު ކޮބައިތޯ؟ އެ ނިކަމެތިންނަށް ދޭން އޮތް ޖަވާބަކީ ކޮބައިތޯ؟ އެ މީހުންގެ ހައްގު ކޮބައިތޯ؟ ނޫނީ ގަބޫލުކޮށްގެން ތިބެންވީ އެ ވެރިންގެ ނަސީބު އެހާވެސް ދެރަކަމަށްތޯ؟ ހަމަ ގައިމުވެސް ކަން ކުރަން އޮތް އުސޫލުން ކަން ކުރި ނަމަ މީގެން އެއްވެސް ސުވާލެއް އުފައްދާނެ ޖާގައެއް ނޯންނާނެއެވެ. ހިޔާ މަޝްރޫއަކީ ގެދޮރު ނެތް ނިކަމެތިންނަށް ކުރެވުނު މަލާމާތެއް ނޫންތޯއެވެ؟

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected]jje.mv އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް