23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ަރައީސް ސޯލިހު

''އިބޫ އޯކޭ އީ ކުޑަކުދިންނާއި ސަލާންކުރާތީ''

  • "އިބޫ އޯކޭ" ތަސްވީރު އޭނާ ވަނީ ރައީސް ސޯލިހަށް ހަދިޔާކޮށްފައި
  • ރައީސް ސޯލިހު ދެކެ އޭނާ ލޯބިވަނީ އެ މަނިކުފާނު ކުޑަކުދިންނާ ސަލާންކުރައްވާތީ
ހައްވާ މުހައްމަދު | @hawwimd

| 11 މާރޗް 2019 | ހޯމަ 14:31 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


އިބޫ އޯކޭ ތަސްވީރު އަންޖަލްގެ ވައިޓް ބޯޑްގައި ކުރަހަނީ -- ޓްވިޓަރ

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު "އިބޫ އޯކޭ" ލިޔެފައި, ކުޑަކުއްޖަކު ކުރެހި ތަސްވީރެއް ވައިރަލް ވެގެން ދިޔައެވެ. އޭރު އެންމެން ކިޔަމުން ދިޔައީ "އިބޫ އޯކޭ" އެވެ. އެ ތަސްވީރު ވައިރަލް ވުމާ އެކު ބައެއް ފަރާތްތަކުން ބުނެފައި ވަނީ އެއީ އެކުއްޖާ ލައްވާ ގަދަކަމުން ކުރައްސާފައިވާ ތަސްވީރެއް ކަމަށާއި، ބަޔަކު މީހުން އެ ކުއްޖާ ސިޔާސީ ކުރުވީ ކަމަށެވެ.

ރިޔާސީ އިންތިޚާބު ނިމި އިބްރާހިމް މުހައްމަދު ސޯލިހު ހުރިހާ އެންމެނަށް "އޯކޭ" ވެ ރައީސްކަން ވެސް ލިބިއްޖެއެވެ. ނަމަވެސް "އިބޫ އޯކޭ" ލިޔެފައި ތަސްވީރު ކުރެހި ކުއްޖާއަކީ ކާކު ކަމާއި، އެ ކުއްޖާ އެ ތަސްވީރު ކުރެހީ ކީއްވެގެންކަން ގިނަ ބަޔަކަށް ނޭނގެއެވެ.

އަނެއްކާ "އިބޫ އޯކޭ" ތަސްވީރު ކުރެހި ކުއްޖާގެ ފޮޓޯ ވައިރަލްވެގެން ދިޔައެވެ. މި ފަހަރު ވައިރަލް ވެގެން ދިޔައީ "އިބޫ އޯކޭ" ތަސްވީރު ކުރެހި ކުއްޖާ އެ ތަސްވީރު އެ ކުއްޖާ ކުރެހިތާ އެއް އަހަރު ފަހުން ރައީސް ސޯލިހަށް ހަދިޔާއަކަށް ދިނުމުންނެވެ. ރައީސް ސޯލިހު ވަނީ "އިބޫ އޯކޭ" ތަސްވީރު ކުރެހި ކުއްޖާއާ އެކު ހެދުނުގެ ފަރިކޮޅަކަށް އިންސާފުކޮށްލައްވާފައެވެ.

"އިބޫ އޯކޭ" ތަސްވީރު އަންޖަލް ރައީސް ސޯލިހަށް ދެއްވަނީ

"އިބޫ އޯކޭ" ތަސްވީރު ކުރަހާފައި ވަނީ ހިތަދޫ ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދާ މަރިޔަމް އަންޖަލް ސިޖްނީންއެވެ. އެ ތަސްވީރު ކުރެހި އިރު އަންޖަލްގެ އުމުރުން އެންމެ ހަ އަހަރެއެވެ. އެހާ ރަނގަޅަށް ޖުމްލަތައް ގުޅުވައިގެން ލިޔަން ވެސް ނޭނގެއެވެ.

"އިބޫ އޯކޭ" ތަސްވީރު ކުރެހުމަށް ފަހު ތަސްވީރުގެ އެއް ފަރާތުގައި އަންޖަލް ވަނީ މެސެޖެއް ވެސް ލިޔެފައެވެ. ލިޔެފައި ވަނީ "އިބޫއަކީ ވަރަށް ރަނގަޅު ރައީސްއެކެވެ. އަދި އޭނާ ކުދިން ދެކެ ލޯބިވެއެވެ. އަދި އިބޫގެ ކުލައަކީ ރީނދޫކުލައެވެ. އިބޫ އޯކޭ. އިބޫގެ ވާހަކަ" އެވެ. އޭރު އަންޖަލްއަކަށް އެހާ ރަނގަޅަށް ލިޔަންވެސް ނޭނގެއެވެ. ނަމަވެސް އަންޖަލް ބުނަން ބޭނުންވާ މެސެޖް އޭނާގެ ވައިޓް ބޯޑްގައި އެ ދުވަހު ލިޔުނީ އަންޖަލްގެ މަންމައަށް ސަޕްރައިޒްއެއް ދިނުމަށެވެ. ސަބަބަކީ އަންޖަލްގެ މަންމައަކީ ރައީސް ސޯލިހަށް ތާއީދްކުރާ މީހަކަށް ވާތީއެވެ.

""މަންމައަށް ސަޕްރައިޒް ދޭން ވެގެން" އަންޖަލް ބުންޏެވެ.

އެއްގޮތަކަށް ވެސް ގެއިން ނުނިކުންނަ އަދި ސިޔާސީ އެއްވެސް ހަރަކާތެއް ދުވަހަކު ވެސް ލޮލުން ނުދެކޭ އަންޖަލްއަށް ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް ސޯލިހު ޓީވީން އޭނާއަށް ފެންނައިރު، ފެނުނީ ކުޑަކުދިން އުރާލާ މަންޒަރާއި ކުޑަކުދިން ގޮވައިގެން ފޮޓޯ ނަގާ މަންޒަރެއެވެ. އެ ހިސާބުން އަންޖަލް އެންމެ ލޯބިވާ ރައީސްއަކަށް ރައީސް ސޯލިހު ވަނީ ވެގެން ގޮސްފައެވެ.

"އިބޫ ދެކެ ލޯބިވަނީ ކުޑަކުދިންނާއި ސަލާންކުރާތީވެ،" އިބޫއާ އެކީގައި ވަރަށް ގިނައިން ފޮޓޯ ނަގާ ހިތްވޭ،" އަންޖަލް ބުންޏެވެ.

އެ ހިސާބުން އަންޖަލް އެންމެ ބޭނުންވެފައި ވަނީ އެހެން ކުދިންނެކޭ އެއްގޮތަށް ރައީސް ސޯލިހު ސަލާންކޮށް ފޮޓޯ ނަގާށެވެ. އަދި އޭނާގެ މަންމަ އާއި މާމަ ކައިރީ އޭނާ އެކަމަށް އެ ދެމުން ވެސް ދިޔައެވެ. އަންޖަލްގެ މަންމަ އޭނާއަށް ވައުދުވެފައި ވަނީ ރިޔާސީ އިންތިޚާބު ރައީސް ސޯލިހު ކާމިޔާބުކުރައްވައިފި ނަމަ އޭނާ ގޮވައިގެން ރައީސް ސޯލިހާ ސަލާން ކުރަންދާނެ ކަމަށެވެ. ރައީސް ސޯލިހު ވެރިކަމުގެ ހުވާ ކުރެއްވި ފަހުން އައްޑޫ ސިޓީއަށް ނިމިދިޔަ ހަފްތާ ބަންދުގައި ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އޭނާގެ މަންމަވަނީ ރައީސް ސޯލިހުއާ ސަލާންކުރަން އަންޖަލް ގޮވައިގެން ގޮސްފައެވެ. އަންޖަލް ބުނީ ރައީސް ސޯލިހާއި ސަލާން ކުރެވުމުން އޭނާ ވަރަށް އުފާވި ކަމަށެވެ. އަދި އެކަން އޭނާ ވަނީ އިޝާރާތުން ދައްކާފައެވެ.

 

""އިބޫ އާއި ބައްދަލުވީމައި ވަރަށް އުފާވި،" އަންޖަލް ބުންޏެވެ.

ބޮޑުވެގެން އެއަރ ހޮސްޓެސްއަކަށް ވާން ބޭނުން އަންޖަލް ބުނީ އޭނާ އެންމެ ބޭނުމީ ރައީސް ސޯލިހުއާ އެކު ވަރަށް ގިނަ ފޮޓޯ ނަގަން ކަމަށާއި، އަދި ރައީސް ސޯލިހުއާ އެކު ރަށްރަށަށް ދާން ކަމަށެވެ.

"އިބޫ އާއި އެކީގައި ވަރަށް ގިނައިން ފޮޓޯ ނަގާ ހިތްވޭ. އިބޫގެ ފަރާތުން އެންމެ ބޭނުންވަނީ އިބޫއާ އެކީގައި ރަށްރަށަށް ދާން،" އަންޖަލް ބުންޏެއެވެ.

ރިޔާސީ ގަނޑުވަރު އެންމެ ބަލަން ބޭނުންވާ އަންޖަލް މިހާތަނަށް ވަނީ ރައީސް ސޯލިހުގެ ދެ ތަސްވީރެއް ކުރަހާފައެވެ. ކުރެހުމަށް ޝައުގުވެރިކަން ހުންނަ އަންޖަލް ބުނީ އޭނާ ރައީސް ސޯލިހުގެ ތަސްވީރު ވަރަށް ކުރަހާ ހިތްވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް