16 ނޮވެންބަރު 2018 | ހުކުރު | 03 ނޮރަ
08 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:51
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

މިސް ވޯލްޑް

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފި

  • ޖަސްޓީން ބުނީ އޭނާގެ ރީތިކަމަށް އިންސާފުކުރަންޖެހޭނީ ފުރޮޅުލީ ގޮނޑިއެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށް
އަލީ ޔޫސުފް | AliYooosuf

| 20 ފެބުރުވަރީ 2017 | ހޯމަ 19:30 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ބޮޑު ޖަރީމާއެެއް! ރައީސްގެ ރަސްމީ ކާރުކޮޅު މުސްތަފާގެ ނަމަށް ރަޖިސްޓްރީކޮށްފި
  3. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  4. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  5. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  6. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި


މިސް ވޯލްޑް އޮސްޓްރޭލިއާ މުބާރާތުގައި ވާދަކުރި ޖަސްޓީން ކްލާކް -- ގޫގުލް

ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ފުރަތަމަ ފަހަރަށް މިސް ވޯލްޑްގައި ވާދަކުރުމުގެ ފުރުސަތު ދީފިއެވެ.

 

މި ފުރުސަތު ލިބިގެން ގޮސްފައި ވަނީ މިސް ވޯލްޑްގައި އޮސްޓްރޭލިޔާ ތަމްސީލުކުރާ ފަރާތެއް ހޮވުމަށް ބޭއްވި މިސް ވޯލްޑް އޮސްޓްރޭލިއާ މުބާރާތުގައެވެ. މި ފުރުސަތު ދީފައި ވަނީ މީގެ ދެ އަހަރެއް ކުރިން ހިނގި ހާދިސާއެއްގައި ހިނގުމަށް ނުކުޅެދިފައިވާ އުމުރުން 26 އަހަރުގެ ޖަސްޓީން ކްލާކަށެވެ. އަޑްލެއިޑް އިން އޭނާ ވާދަކުރީ ފުރޮޅުލީ ގޮނޑިއެއްގައެވެ.

 

"ބިއުޓީ ވިތު އަ ޕާޕަސް"ގެ ޝިއާރާ އެކު މިހާރު ވެސް ގިނަ ކެމްޕެއިންތަކެއް ހިންގާ ޖަސްޓީން ބުނީ އޭނާ އަށް ފުރުސަތު ދިނުމުން މުބާރާތް އިންތިޒާމްކުރާ ފަރާތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ރީތި ކަމަކީ ހަމައެކަނި ވަކި ބައްޓަމަކަށް ނުވަތަ ވަކި ނަސްލަކަށް ނުވަތަ ވަކި ކުލައަކަށް ހާއްސަ ކަމެއް ނޫން ކަން ސާބިތުކޮށްދޭން ބޭނުންވާ ކަމަށާއި ރީތީގެ ރާނީން ހޮވުމުގެ ޕްލެޓްފޯމަކީ އެންމެންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު އޮތް ތަނަކަށް ވާންޖެހޭ ކަމަށެވެ.

 

ޖަސްޓީން ބުނީ އޭނާގެ ރީތިކަމަށް އިންސާފުކުރަންޖެހޭނީ ފުރޮޅުލީ ގޮނޑިއެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށާއި ފުރޮޅީ ގޮނޑިއެއްގައި އިންނަންޖެހުނަސް އޭނާއަކީ ވެސް ވަރުގަދަ، އަންހެންވަންތަ އަދި ރީތި މީހަކަށް ވެދާނެ ކަމަށެވެ.

 

ފުރޮޅުލީ ގޮނޑިއެއްގައި އޭނާ އިންނަންޖެހުނު ސަބަބާ ބެހޭ ގޮތުން މީގެ ކުރިން ވެސް މީޑިއާތަކުން ކުރިމަތިކުރުވި ސުވާލުތަކަށް އޭނާ ސީދާ ޖަވާބެއް ނުދެއެވެ. ވުމާއެކު އެ ހާދިސާއާ ގުޅޭ ގޮތުން ތަފްސީލެއް އެނގިފައެއް ނުވެއެވެ.

 

ޖަސްޓީން ބުނީ އެ ވާހަކަ ދައްކަން އޭނާ ބޭނުން ނުވާ ކަމަށާއި އެއީ އުޒުރެއް ކަމަށް ބަލައިގެން ހަމްދަރުދީ ހޯދައި ދިރިއުޅުން ހުއްޓިފައި އޮންނަން ބޭނުން ނުވާ ކަމަށެވެ. އަދި ބޭނުން ވަނީ އަންހެނުންނަށް ހިތްވަރު ދިނުމަށް ކަމަށާއި ބޭނުން ވަނީ އަންހެނުން ބާރުވެރިކުރުވާ ރޯލް މޮޑެލްއަކަށް ވުމަށް ކަމަށް ވެސް ބުނެފައި ވެއެވެ.

 

މިސް ވޯލްޑްގެ ނޭޝަނަލް ޑިރެކްޓަރު ޑެބޯރާ މިލާ ވިދާޅުވީ ޖަސްޓީންގެ ބަރިވެރިވުމުން "ރީތިކަން އެކި ސިފައިގަ ހުންނަކަން" ހާމަވެގެން ހިނގައްޖެ ކަމަށެވެ.

 

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ނަމަވެސް އެ މުބާރާތުގެ ފައިނަލަށް ދިޔުމުގެ ފުރުސަތު އޭނާއަށް ލިބިފައެއް ނުވެއެވެ. ފައިނަލަށް ހޮވިފައި ވަނީ އައިޝާ ސްޓޯކާ އާއި ސޯފީ ލުޑްބްރޮކްއެވެ.

 

ޖަސްޓީން ބުނީ މުބާރާތް ކާމިޔާބު ނުވުމުން ދެރަނުވާ ކަމަށާއި އެހެން ބައިވެރިންނާ އެކު ސްޓޭޖްމަތީގައި ކެޓްވޯކްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން ހިތްވަރު އާވެއްޖެ ކަމަށެވެ. އޭނާ ގެންދަނީ "ވެރައިޓީ، ދި ޗިލްޑްރެންސް ޗެރިޓީ" ނަމަކަށް ކިޔާ ޖަމާއަތަކާ އެކު މަސައްކަތްކުރަމުންނެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ޖަމާއަތެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ޖުމާނާ ތައުފީގު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް