20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ބޯއިންގ

ގިނަ އެއަރލައިންތަކަކުން ބޯއިންގ 737 މެކްސް8ގެ ބޯޓުތައް ގްރައުންޑް ކޮށްފި

  • އޮކްޓޯބަރ މަހު ވެސް ބޯއިންގ 737 މެކްސް8ގެ ބޯޓެއް ވެއްޓިފައިވޭ
އަބުދުﷲ މުހައްމަދު | 8Abbo

| 11 މާރޗް 2019 | ހޯމަ 13:03 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ޗައިނާ އިން ވަނީ އެތެރޭގެ އެއަރލައިންތަކަށް ވެސް ބޯއިންގ 737 މެކްސް 8 ގެ ބޯޓްތައް ބޭނުން ނުކުރަން އަންގާފައި -- ގެޓީ އިމޭޖާސް

އިތިއޯޕިއަން އެއަރލައިންގެ ފްލައިޓް ވެއްޓުނު ހާދިސާ އަށް ފަހު ގިނަ އެއަރލައިންތަކަކުން ބޯއިންގ 737 މެކްސް8ގެ ބޯޓްތައް ގްރައުންޑް ކޮށްފިއެވެ.

ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އާދީއްތަ ދުވަހު ވެއްޓުނު އިތިއޯޕިއަން އެއަރލައިންގެ ފްލައިޓުން ދަތުރުކުރި 157 މީހުން ވަނީ މަރުވެފައެވެ.

މިއީ ބޯއިންގ 737 މެކްސް 8ގެ ބޯޓަކަށް ފަސް މަސްދުވަހުގެ ތެރޭ ދިމާވި މިފަދަ ދެވަނަ ހާދިސާއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވެއްޓުނު ލަޔަން އެއަރގެ ބޯޓަކީ ވެސް މި މޮޑެލްގެ ބޯޓެކެވެ. ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ވެއްޓުނު މި ބޯޓުން ދަތުރުކުރި 189 މީހުން ވަނީ މަރުވެފައެވެ.

ޗައިނާގެ ވައިގެ ދަތުރުފަތުގެ ކަންކަން ބަލަހައްޓާ އިދާރާ އިން ވަނީ އެ ގައުމުގެ އެތެރޭގެ އެއަރލައިންތަކުން އެ މޮޑެލްގެ ބޯޓްތައް ބޭނުންކޮށްގެން ދަތުރު ނުކުރުމަށް އަންގާފައެވެ.

އިތިއޯޕިއަން އެއަރލައިން އަދި ކޭމަން އެއަރވޭސް އިން ވެސް ވަނީ ބޯއިންގ 737 މެކްސް 8 ގެ ބޯޓްތައް ދަތުރުތަކުގައި ބޭނުންކުރުން ހުއްޓާލާފައެވެ.

ތަޖުރިބާކާރުން ވަނީ  އިތިއޯޕިއަން އެއަރލައިންގެ ފްލައިޓް ވެއްޓެން ދިމާވީ ވަކި މިވެނި ކަމެއްގެ ސަބަބުން ކަމަށް ނިންމަން އަދި އަވަސް ކަމަށް ބުނެފައެވެ.

"މި ދެ ހާދިސާގައި ވެސް ހިމެނެނީ އަލަށް ގެންދެވުނު ބޯއިންގ 737 މެކްސް 8 ގެ ބޯޓްތައް އަދި އެކަން ހިގާނފައިވަނީ ނައްޓާލުމުގެ މަރުހަލާގައި، އޭގައި އެބަހުރި އެއް ގޮތް ކަންތައްތަކެއް،" ސިވިލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އޮފް ޗައިނާއިން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް