20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ހޯޒޭ މޮރީނިއޯ

ރެއާލްގެ ކޯޗަކަށް މޮރީނިއޯ ގެންނަން ކުޅުންތެރިން ބޭނުމެއް ނުވޭ!

  • މޮރީނިއޯ ގެނައުމާ ދެކޮޅު ހަދާ ކުޅުންތެރިން ތެރޭގައި ގެރެތު ބޭލް ހިމެނޭ
ލީވާން އަލީ | MrLeevaan

| 11 މާރޗް 2019 | ހޯމަ 07:03 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ހޯޒޭ މޮރީނިއޯ -- ގެޓީ އިމޭޖާސް

ރެއާލް މެޑްރިޑްގެ ކޯޗަކަށް އެޓީމުގެ ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯ ގެންނަން ކުޅުންތެރިން ބޭނުންނުވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޑެއިލީ މެއިލްއިން ބުނީ، ރެއާލްގެ ކޯޗަކަށް ގެންނަން ޝޯޓްލިސްޓްކޮށްފައިވާ ކޯޗުންގެ ތެރޭގައި މޮރީނިއޯވެސް ހިމެނޭ ކަމަށާއި، ނަމަވެސް އޭނާ ގެނައުމާ ކުޅުންތެރިން ދެކޮޅު ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ ގެނައުމާ ދެކޮޅު ހަދާ ކުޅުންތެރިން ތެރޭގައި ގެރެތު ބޭލް އާއި މާސެލޯ އަދި ކަރިމް ބެންޒެމާވެސް ހިމެނެއެވެ.

ސްޕެއިންގެ ބައެއް ރިޕޯޓްތައް ބުނާ ގޮތުން ރެއާލް ފަހަކަށް އައިސް ހޯދަމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުން އެޓީމުގެ ކޯޗަކަށް މި ވަގުތު ހުރި، ސެންޓިއާގޯ ސޮލާރީ ވަކިކުރުމަށް ވަނީ ނިންމާފައެވެ. އަދި އެ މަގާމަށް މޮރީނިއޯ ގެންނަން އުޅޭ ކަމަށާއި، މޮރީނިއޯގެ ހަމައެކަނި ޝަރުތަކީ ޓީމު ބިނާކުރަން އޭނާއަށް ފުރުސަތު ލިބުން ކަމަށެވެ.

ދަ ޓެލެކްޓްރާފަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި މޮރީނިއޯ ބުނީ، މަސައްކަތް ކުރަން ބޭނުންވަނީ މަސައްކަތްކުރާ ހިތްވާ ކަހަލަ ކްލަބަކާ އެކު ކަމަށާއި، މަސައްކަތް ކުރާ ބަޔަކީ ލޯބިވާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އޭނާ ބުނީ މަސައްކަތް ކުރާ ބަޔަކާ ހުރިހާ ހިޔާލުތައް ވެސް ހިއްސާކުރެވެންޖެހޭ ކަމަށެވެ.

މި ސީޒަނުގައި ޔުނައިޓެޑުގެ ކޯޗެއްގެ ގޮތުގައި ހުރި މޮރީނިއޯ އެ މަގާމުން ވަކިކުރުމުން، މިހާރު އެއްވެސް ވަޒީފާއެއް އަދާކުރަމުންނެއް ނުދެއެވެ. ނަމަވެސް އޭނާއަށް ހުށަހެޅުންތައް ލިބެމުންދާ ކަމަށް މޮރީނިއޯ ވަނީ ދާދި ފަހުން ބުނެފައެވެ.

މި ސީޒަނުގައި މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑަށް ލިބުނު 26 ޕޮއިންޓަކީ 91-1990 ސީޒަނުން ފެށިގެން އެ ޓީމު އެންމެ ދަށް ފެށުމެވެ. އެހެން ނަމަވެސް 2016 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ، މޮރީނިއޯ ވަނީ އެ ސީޒަނުގައި ލީގު ކަޕާއި، ޔޫރޮޕާ ލީގު އެ ޓީމަށް ކާމިޔާބުކޮށްދީފައެވެ. އެ ސީޒަން މެންޗެސްޓަރ އިން ނިންމާލީ ލީގުގެ ހަ ވަނައިގައި އޮވެގެންނެވެ.

އެހެން ނަމަވެސް މިދިޔަ އަހަރު އެ ޓީމު ވަނީ ލީގުގެ ދެވަނަ ހޯދާފައެވެ. ލީގުގެ 1 ވަނަ ހޯދީ މެންޗެސްޓާ ސިޓީއެވެ.

މީގެ ކުރިން ރެއާލް މެޑްރިޑް އާއި ޗެލްސީ އަދި އިންޓަމިލާނަށް ވެސް ކޯޗުކަން ކޮށްދީފައިވާ މޮރީނިއޯ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ 2010 ވަނަ އަހަރު ފީފާ އިން ހޮވާ އެންމެ މޮޅު ކޯޗުގެ މަގާމު ވެސް ހޯދާފައެވެ. އަދި އޭނާ ވަނީ ޔުއެފާ އިން ހޮވާ އެންމެ މޮޅު ކޯޗުގެ މަގާމު ދެ ފަހަރު ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް