26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ބޮލީވުޑް

"އިއްތިފާގު"ގެ ރީމޭކިންގެ ޝޫޓިން ފަށައިފި

  • މި ފިލްމުގައި ތަރިންގެ ގޮތުގައި ފެނިގެންދަނީ ސިދާތު މަލޯތުރާ އާއި ސޯނާކްޝީ ސިންހާ
އަޒްލިފާ އަބްދުﷲ | AzuAzlifa

| 20 ފެބުރުވަރީ 2017 | ހޯމަ 19:13 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ސިދާތް މަލޯތްރާ އާއި ސޮނާކްޝީ ސިންހާ -- ގޫގުލް

ބޮލީވުޑްގެ މަޝްހޫރު ފިލްމް ޑައިރެކްޓަރ ޔަޝް ޗޯޕްޅާ އުފައްދާފައިވާ މަޝަހޫރު ފިލްމެއް ކަމަށްވާ "އިއްތިފާގު"ހެ ރީމޭކިން ގެ ޝޫޓިން ހޯމަދުވަހު (މިއަދު) ފަށައިފިއެވެ.

 

ރެޑް ޗިލީ އެންޓަރޓެއިންމަންޓާއި ދަރްމާ ޕްރޮޑަކްޝަން އަދި ބީއާރު ފިލްމްސް ގުޅިގެން އުފައްދާ މި ފިލްމުގައި ތަރިންގެ ގޮތުގައި ފެނިގެންދަނީ ސިދާތު މަލޯތަރާ އާއި ސޯނާކްޝީ ސިންހާއެވެ.

 

މި ފިލްމުގެ ޝޫޓިން ފެށިކަން ހާމަކޮށް ސިދާތާއި ސޯނާކްޝީ ވަނީ ކްލެޕްބޯޑް ހިފަހައްޓައިގެން ތިބި ފޮޓޯއެއް ސޯޝަލް މީޑިއާގައި ޝެއާކޮށްފައެވެ.

 

އަބޭ ޗޯޕްޅާ ޑައިރެކްޓް ކުރާ މި ފިލްމާ ގުޅޭ ގޮތުން ސިދާތު ބުނެފައިވަނީ މި ފިލްމަކީ ސީދާ "އިއްތިފާގު"ގެ ރީމޭކެއް ނޫން ކަމަށާއި ޒަމާނަށް ފައްތައިގެން ފިލްމަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

 

އެހެންކަމުން މި ފިލްމް ވެގެން ގޮސްފައިވަނީ ދެގަޑިއިރަށް ވެސް ނުފެތޭ ކުރު ފިލްމެއްގެ ގޮތުގައި ކަމަށް އޭނާ ބުންޏެވެ.

 

"އިއްތިފާގް"އަކީ 1969 ވަނަ އަހަރު އުފެއްދާފައިވާ ފިލްމެކެވެ. މި ފިލްމުން ފެނިގެން ގޮސްފައިވަނީ ރާޖޭޝްކަންނާ އާއި ނަންދޫ އެވެ. މި ފިލްމުގައި ރާޖޭޝް ކަންނާގެ ރޯލުން ފެނިގެންދާ ސިދާތު ބުނީ އޭނާއަކީ ރާޖޭޝް ކަންނާގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި އޭނާގެ ފިލްމުތައް ބަލަން ވަރަށް ޝައުގުވެރިވާ ކަމަށެވެ.

 

ނަންދޫގެ ރޯލުން މިފިލްމުގައި ފެނިގެން ދާނީ ސޯނާކްޝީ ސިންހާއެވެ. މި މި ފިލްމަކީ ޝިދާތާއި ސޯނާކްޝީ އެއް ފިލްމަކުން ފެނިގެންދާ ފުތަރަމަ ފިލްމެވެ.

 

މިސްޓްރީ ތްރިލާ ފިލްމެއް ބޮލީވުޑުން ނުފެންނަތާ ގިނަ ދުވަސްތަކަކަށް ފަހު އެފަދަ ފިލްމެއް އުފައްދަން ފެށުމަކީ އަލުން އެބާވަތުގެ ފިލްމްތައް އުފެއްދުމުގެ މަސައްކަތަށް ގިނަ ބަޔަކު ޝައުގުވެރިވާނެ ކަމެއް ކަމަށް ދެކޭ ކަމަށް ޝިދާތު ބުންޏެވެ.

މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް