20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ފަހަތުން އަރާ ވަލޮޑޮލިޑްގެ މައްޗަށް ރެއާލް ކުރިހޯދައިފި

  • ވަލޮޑޮލިޑްގެ މައްޗަށް ރެއާލް ކުރިހޯދީ 1-4 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 11 މާރޗް 2019 | ހޯމަ 06:51 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ރެއާލް އަދި ވަލޮޑޮލިޑް ބައްދަލުކުރި މެޗުގެ ތެރެއިން -- ޓްވިޓަރ

ސްޕެނިޝް ލަލީގާގައި ފަހަތުން އަރާ ރެއާލް ވަލޮޑޮލިޑްގެ މައްޗަށް ރެއާލް މެޑްރިޑް ކުރިހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ވަލޮޑޮލިޑްއާ ވާދަކޮށް ރެއާލުން މެޗު ކާމިޔާބުކުރީ 1-4 ގެ ނަތީޖާއަކުންނެވެ.

ވަލޮޑޮލިޑް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 12 ވަނަ މިނެޓުގައި އެޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ރުބެން އަލްކަރާޒް ފޮނުވާލި މި ޕެނަލްޓީ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވަލޮޑޮލިޑްއިންނެވެ. މި ލަނޑު 29 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަނުއަރް ޓުހާމީއެވެ.

މި ލަނޑާއެކު ރެއާލުން ވަނީ އެޓީމުގެ ކުޅުން ވަރުގަދަކޮށް، ފުލުފުލުގައި ހަމަލާތައް އުފައްދާފައެވެ. އެގޮތުން 34 ވަނަ މިނެޓުގައި ނެޗޯގެ އެހީތެރިކަމާއެކު ރަފައެލް ވަރާން ވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްފައެވެ.

ފުރަތަމަ ހާފް ދެޓީމު އެއްވަރުވެގެން ނިމުނު ނަމަވެސް ދެވަނަ ހާފް ފެށިގެން މާގިނައިރުތަކެއް ނުވަނީސް ރެއާލުން ވަނީ މެޗުގެ ލީޑު ހޯދާފައެވެ. މި ލަނޑު 51 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ ކަރިމް ބެންޒެމާއެވެ.

މި ލަނޑަށްފަހުވެސް ރެއާލްއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން 59 ވަނަ މިނެޓުގައި ޓޯނީ ކްރޫޒްގެ އެހީތެރިކަމާއެކު ބެންޒެމާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.

މެޗުގެ 80 ވަނަ މިނެޓުގައި ރެއާލްގެ ކަސެމީރޯއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލި ނަމަވެސް އޭގެ ފައިދާ ވަލޮޑޮލިޑްއަށް ނެގިފައެއް ނުވެއެވެ. އެގޮތުން ރެއާލުން ވަނީ 85 ވަނަ މިނެޓުގައި ހަތަރުވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު ބެންޒެމާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ލޫކަ މޮޑްރިޗްއެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 27 މެޗުން ލިބުނު 51 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ތިންވަނައިގައެވެ. މެޗުން ބަލިވި ވަލޮޑޮލިޑް އޮތީ ކުޅުނު 27 މެޗުން ލިބުނު 26 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް