23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ޗެލްސީ އެއްވަރުވިއިރު، ޔުނައިޓެޑުގެ މައްޗަށް އާސެނަލް ކުރިހޯދައިފި

  • ޗެލްސީ އެއްވަރުވީ ވޮލްވްސްއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުން
  • ޔުނައިޓެޑުގެ މައްޗަށް އާސެނަލް ކުރިހޯދީ 0-2 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 11 މާރޗް 2019 | ހޯމަ 06:34 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ޗެލްސީ އަދި ވޮލްވްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ޓްވިޓަރ

ޕްރިމިއާ ލީގުގައި ޗެލްސީ އެއްވަރުވިއިރު، މެންޗެސްޓާ ޔުނައިޓެޑުގެ މައްޗަށް އާސެނަލް ކުރިހޯދައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޗެލްސީ އެއްވަރުވީ ވޮލްވްސްއާ ވާދަކޮށް 1-1 ގެ ނަތީޖާއަކުންނެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ވޮލްވްސްގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ.

މި ހާފްގައި ވޮލްވްސްގެ ފަރާތުން މޮޅު ޑިފެންސެއް ފެނިގެންދިޔައިރު، އެޓީމުގެ ފަރާތުން މާގިނަ އެޓޭކްތަކެއް ފެނިގެންގޮސްފައެއް ނުވެއެވެ. އަދި ލަނޑު ޖެހުމަށް ލިބުނު ފުރުސަތުތަކުގެ ބޭނުންވެސް އެޓީމަށް މާ އެދެވޭ ގޮތެއްގައި ބޭނުން ކުރެވިފައެއް ނުވެއެވެ.

ނަމަވެސް ދެވަނަ ހާފް ފެށިގެން ވޮލްސްއިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 56 ވަނަ މިނެޓުގައި ޑިއެގޯ ޖޮޓާގެ އެހީތެރިކަމާއެކު އެޓީމަށް ކާމިޔާބުކޮށްދިނީ ޖިމެނޭޒްއެވެ.

މި ލަނޑާއެކު ޗެލްސީން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް، ގިނަ ހަމަލާތަކެއް ވޮލްސްގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް ވޮލްވްސްގެ މޮޅު ޑިފެންސާއެކު ޗެލްސީއަށް ވަނީ ލަނޑު ޖެހުމަށް ގިނަ ހުރަސްތަކާ ކުރިމަތިވެފައެވެ.

ޗެލްސީން މެޗުގެ ލީޑު ނެގީ އިތުރުވަގުތުގައެވެ. މި ލަނޑު ވިލިއަންގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެޑެން ހަޒާޑްއެވެ. މިއީ ޗެލްސީ ދަނޑުގައި އޭނާ ކާމިޔާބުކުރި 50 ވަނަ ލަނޑެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 29 މެޗުން ލިބުނު 57 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ. ވޮލްވްސް އޮތީ ކުޅުނު 30 މެޗުން ލިބުނު 44 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގައެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑު ބަލިވީ އާސެނަލްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ޔުނައިޓެޑުގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތައް އުފެއްދުމަށްވެސް މަސައްކަތް ކޮށްފައެވެ.

އާސެނަލްއިން މެޗުގެ ލީޑު ނެގީ 12 ވަނަ މިނެޓުގައެވެ. މި ލަނޑު އެލެގްޒެންޑްރާ ލަކަޒޭޓްގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ގްރަނިޓް ޒަކާއެވެ. ޕްރިމިއާ ލީގުގައި ޒަކާ އާސެނަލްއަށް ކާމިޔާބުކުރި ހަތް ލަނޑުގެ ތެރެއިން ހަ ލަނޑަކީ އޭރިޔާ ބޭރުން ކާމިޔާބުކުރި ލަނޑުތަކެވެ.

މި ލަނޑާއެކު ޔުނައިޓެޑުން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް، ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ލީޑު ނެގުމަށްވެސް އެޓީމަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފް ފެށިގެން އާސެނަލްގެ އިތުރުން ޔުނައިޓެޑަށްވެސް ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ދެޓީމަށްވެސް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

އާސެނަލްއިން ލީޑު ފުޅާކުރީ 71 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރީ އެމެރިކް އޮބަމަޔަންގްއެވެ.

މިއީ ޔުނައިޓެޑުގެ އާ ކޯޗު ސޮލްޝެއާގެ އިރުޝާދުގެ ދަށުން ޕްރިމިއާ ލީގުގައި ޔުނައިޓެޑު ބަލިވި ފުރަތަމަ މެޗެވެ. އޭނާގެ އިރުޝާދުގެ ދަށުން މިހާތަނަށް ޔުނައިޓެޑު 13 މެޗު ކުޅެފައިވާއިރު، އޭގެ ތެރެއިން ދެ މެޗުން ވަނީ އެއްވަރުވެފައެވެ. ބާކީ 10 މެޗުން މޮޅުވިއިރު، ބަލިވީ އެންމެ މެޗަކުންނެވެ.

މި ނަތީޖާއާއެކު އާސެނަލް ވަނީ ކުޅުނު 30 މެޗުން 60 ޕޮއިންޓް ހަމަކޮށް، ޕޮއިންޓް ތާވަލުގެ ހަތަރުވަނައަށް ޖެހިލާފައެވެ. މެޗުން ބަލިވި ޔުނައިޓެޑަށް 30 މެޗުން 58 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު ވަނީ ފަސްވަނައަށް ވެއްޓިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް