23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ސާފް ވިމެން ޗެމްޕއިަންޝިޕް

ޤައުމީ އަންހެން ފުޓުބޯޅަ ޓީމް ސާފް ވިމެން ޗެމްޕިއަންޝިޕަށް ތައްޔާރު

 • ތަމްރީނުތައް ކާމިޔާބު ކަމާއިއެކު ނިންމާލުމަށްފަހު ޓީމް މިހާރު ނޭޕާލުގައި
 • ފުރަތަމަ މެޗު ޔޫއޭއީ ކާމިޔާބުކުރީ 0-2
 • ދެ ވަނަ މެޗު ނިމުނީ ޔޫއޭއީ އާއި ރާއްޖެ 1-1 އެއްވަރުވެގެން
މިއުނާ ހަސަން | @miuna_hassan

| 10 މާރޗް 2019 | އާދީއްތަ 17:59 | |

މަގުބޫލް

 1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
 2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
 3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
 4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
 5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
 6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
 7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
 8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ޤައުމީ އަންހެން ފުޓުބޯޅަ ޓީމް -- އެފްއޭއެމް

ފުޓުބޯޅަ އަންހެން ޤައުމީ ޓީމް ސާފް ވިމެން ޗެމްޕިއަންޝިޕްއަށް ތައްޔާރުވުމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގައި ކުރިއަށް ގެންދިޔަ ތަމްރީނުތައް ކާމިޔާބު ކަމާ އެކު ނިންމާލުމަށްފަހު ނޭޕާލަށް ގޮސްފިއެވެ.

އަންގާރަ ދުވަހު ނޭޕާލްގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ވިމެން ޗެމްޕިއަންޝިޕްއަށް ތައްޔާރުވުމުގެގޮތުން ތަމްރީނުތަކެއް ފުރިހަމަ ކުރުމަށް ޓީމް ޔޫއޭއީއަށް ގޮސްފައިވަނީ މާރޗްމަހުގެ ކުރީކޮޅުއެވެ. އެއަށްފަހު މުބާރާތަށް ޓީމު ނޭޕާލަށް ގޮސްފައިވަނީ އާދިއްތަ ދުވަހުއެވެ.
ޔޫއޭއީގައި ފުރިހަމަ ކުރި ތަމްރީނުތަކުގެ ތެރެއިން ޓީމުވަނީ ޔޫއޭއީ އާއި ދެކޮޅަށް އެކުވެރިކަމުގެ ދެ މެޗު ކުޅެފައެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން 

ފުރަތަމަ މެޗު ޔޫއޭއީ ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުން ދިވެހި ޓީމް ބަލިކޮށްގެންނެވެ. މި މެޗުގައި ގައުމީ ޓީމުގެ ޑިފެންޑަރު ސަންފާ އިބްރާހިމްގެ ލިގަމެންޓް ވަނީ ހަލާކުވެފައި ވުމުގެ ސަބަބުން މުބާރާތުގައި ސަންފާ އަށް ނުކުޅެވޭނެއެވެ.

ފުރަތަމަ މެޗުގައި ހެދުނު ގޯސްތަށް ރަނގަޅުކޮށް ޤައުމީ ޓީމް ވަނީ ދެވަނަ މެޗުން ޔޫއޭއީ މޮޅުވިޔަ ނުދީ ހިފަހައްޓާލާފައެވެ. މަރިޔަމް ރިފާ ކާމިޔާބު ކޮށްދިން ލަނޑާއެކު އެ މެޗު ނިމުނީ ޔޫއޭއީ އާއި ރާއްޖެ 1-1 އެއްވަރުވެގެންނެވެ.

އެންމެ ފަހުން އޮތް ސާފް މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމު ވަނީ ސެމީ ފައިނަލުގައި ކުޅެފަ އެވެ. މި ފަހަރުގެ އަމާޒަކީ ފައިނަލުގައި ކުޅެލުން ކަމަށް ގައިމީ އަންހެން ފުޓުބޯޅަ ޓީމުގެ ކޯޗް މުހައްމަދު އާތިފް ވަނީ ބުނެފައެވެ.

ސާފް ވިމެން ޗެމްޕިއަންޝިޕްގައި ރާއްޖެ މި ފަހަރު ލައްވާލާފައި އޮތީ އިންޑިއާ އަދި ސްރީ ލަންކާއާއި އެއް ގްރޫޕެއްގައެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބުދަ ދުވަހު އިންޑިއާ އާއި ދެކޮޅަށް ނުކުންނައިރު، ދެވަނަ މެޗެގައި ހުކުރު ދުވަހު ނުކުންނާނީ ސްރީ ލަންކާއާއި ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް