20 މާރޗް 2019 | ބުދަ | 09 ފަސްބަދުރުވަ
13 ރަޖަބު 1440
ފަތިސް 04:58
އިރުއަރާ 06:09
މެންދުރު 12:18
އަސްރު 15:22
މަޣްރިބް 18:19
އިޝާ 19:30

ރާއްޖެ - އިންޑިއާ

އިންޑިއާއާ އެކު ރައީސް ސޯލިހުގެ ސަރުކާރުން އެކުލަވާލި ވިސާގެ އެއްބަސްވުމަށް ހޯމަ ދުވަހުން ފެށިގެންް އަމަލުކުރަނީ

  • އާ ސަރުކާރާ އެކު އިންޑިއާގެ ގުޅުން ވަނީ ބަދަހިވެފައި
އަބުދުﷲ މުހައްމަދު | 8Abbo

| 10 މާރޗް 2019 | އާދީއްތަ 13:10 | |

މަގުބޫލް

  1. މި ދެމަފިރިން ފަހު ނޭވާ ދޫކުރީ އަތާއި އަތް ގުޅުވައިގެން ތިބެ ލޯތްބާ އެކު
  2. ކެޓްރީނާ އަނެއްކާވެސް އައު ކާރެއް ގަނެފި
  3. ޓެކްސް އާއި ގުޅޭ ގޮތުން ފާސްކުރި އިސްލާހަކީ ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ކުރި ކަމެއް: އަސްލަމް
  4. ޕާޓީގެ ގުނަވަންތަކާ މަޝްވަރާއެއް ނުކުރަން، މުޢުނީއާމެދު އަޅާފައި މިވަނީ ސިޔާސީ ފިޔަވަޅެއް: އެމްޑީޕީ
  5. ނިއުޒިލެންޑް މުސްލިމުންނާ އެކު ތިބިކަން ހާމަ ކުރުމުން، ސިފައިންނަށް ތައުރީފު!
  6. ހާސް ކަނޑާލާ، ގޯއްޗެއް ދޭނަމޭ: ނަޝީދު
  7. މިސްކިތަށް ހަމަލާދިން ޓެރަރިސްޓް ދިފާޢުގައި އަމިއްލައަށް ވަކާލާތުކުރަން ނިންމައިފި
  8. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން އެމްޑީޕީގެ ކެނޑިޑޭޓަކަށް ކުރި ތާއީދު އަނބުރާ ގެންގޮސްފި


ރައީސް އިބްރާހިމް މުހައްމަދު ސާލިހް އާއި އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ސުޝްމާ ސުވަރާޖް ބައްދަލުކުރައްވަނީ -- ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙް މިދިޔަ ޑިސެމްބަރު މަހު އިންޑިއާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި އެ ގައުމާ އެކު ސޮއިކުރެއްވި ވިސާގެ ލުއި ގޮތްތަކެއް ހިމެނޭ އެއްބަސްވުމާ އެއްގޮތަށް ހޯމަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ދެ ގައުމުން ބުނެފިއެވެ.

ދިވެހިރާއްޖެ އާއި އިންޑިއާ އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްރީމަންޓަށް އަމަލުކުރުމަށްޓަކައި ފުރިހަމަކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށް 11 މާރޗް 2019 އިން ފެށިގެން މި އެގްރީމަންޓަށް ދެ ޤައުމުން އަމަލުކުރުމަށް އެއްބަސްވެ ރަސްމީ ލިޔުން ބަދަލުކޮށްފައި ވަނީ ފެބުރުއަރީ މަހުގެ ތެރޭގައެވެ.

ރާއްޖޭގެ ފުރަތަމަ ޑެމޮކްރެޓިކް ވެރިކަން ބަޣާވާތަކަށް ތުހުމަތު ކުރެވޭ ގޮތަށް ބަދަލުވުމަށް ފަހު، އަދި އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ދިވެހި ދައުލަތުން ވެފައިވާ އެއްބަަސްވުން ދިވެހި ސަރުކާރުން އުވާލުމާ އެކު ދެ ގައުމުގެ ގުޅުން ހީނަރުވެ އިންޑިއާގެ ވިސާ ލިބުމުގައި ދިވެހިންނަށް ދަތިތަކާ ކުރިމަތިވެފައި ވެއެވެ.

އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ކުރީކޮޅު ވިސާގެ ލުއިތަކެއް ދިން ނަމަވެސް 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ސަރުކާރު ނުކިޔަމަންތެރިވެ ޑިމޮކްރަސީއާ ޚިލާފަށް ސަރުކާރުން ހިންގަމުންދިޔަ އަމަލުތަކާ އެކު އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ގޯސްވެ އިންޑިއާގައި ތިބި ދިވެހި އާއިލާތަށް ވިސާ ނުލިބިގެން އެނބުރި ރާއްޖެ އަންނަން ވެސް ޖެހިފައި ވެއެވެ.

ރާއްޖެ އާއި އިންޑިއާގެ ގުޅުން ދުވަހަކު ވެސް ހީނަރު ނުވާ މިންވަރަށް ހީނަރުވެ އިންޑިއާގެ ރައްޔިތުންނަށް ރާއްޖެއިން ވިސާ ލިބުުމުގެ ދަތިކަން ވެސް ރައީސް ޔާމީންގެ ސަރުކާރުގައި ވަނީ ކުރިމަތިވެފައެވެ.

ވިޔަފާރީގެ ބޭނުމަށް އިންޑިއާއަށް ދާ ދިވެހީންނަށް ވިސާއާ ނުލައި 90 ދުވަސް އެ ގައުމުގައި ތިބެވޭއިރު ޓޫރިސްޓުންގެ ގޮތުގައި އިންޑިއާއަށް ދާ މީހުންނަށް ވެސް ވިސާއާ ނުލައި 90 ދުވަހު އެ ގައުމުގައި ތިބެވޭނެއެވެ.

މީގެ އިތުރުން ޓޫރިސްޓް ވިސާގައި ގޮސް އުޅެނިކޮށް ސިއްހީ ފަރުވާ ބޭނުންވާ ހާލަތެއް ދިމާވިޔަސް އިތުރު ތަކުލީފުތަކެއް ނެތި އެ ގައުމުގައި މަޑު ކުރެވޭނެއެވެ.

ހޯމަ ދުވަހު އަމަލުކުރަން ފަށާ ވިސާގެ އާ އެއްބަސްވުމުގެ ސަބަބުން ފަތުރުވެރި ކަމަށާއި ބޭސްފަރުވާއަށާއި ތައުލީމް ހާސިލްކުރުމަށާއި ވިޔަފާރި އާއި ވަޒީފާގެ ބޭނުމުގައި، އިންޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް ވިސާގައި މިހާރު ކުރިމަތިވާ ގޮންޖެހުންތައް ނެތި ފަސޭހަކަމާ އެކު އިންޑިއާއަށް ދަތުރުކުރުމަށް މަގުފަހިވާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް