23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

އިންޑިއާ-ޕާކިސްތާން

އަސްކަރީ ތޮފި އެޅި މައްސަލައިގައި އިންޑިއާއަށް ފިޔަވަޅު އަަޅަން ޕާކިސްތާނުންް އެދެފި

  • ޕުލްވަމާގައި ދިން ހަމަލާއަށްފަހު ދެ ގައުމުގެ ގުޅުންވަނީ ގޯސްވެފައި
އަބުދުﷲ މުހައްމަދު | 8Abbo

| 10 މާރޗް 2019 | އާދީއްތަ 10:37 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


އިންޑިއާއިން އަސްކަރީ ތޮފި ބޭނުންކޮށްފައިވަނީ މާޗް މަހުގެ 8 ވަނަ ދުވަހު އޮސްޓްރޭލިއާ އާ ބައްދަލުކުރި މެޗުގައި -- ގެޓީ އިމޭޖާސް

އޮސްޓްރޭލިއާ އާއެކު ކުޅު ކްރިކެޓް މެޗެއްގައި އިންޑިއާގެ ޓީމުން އަސްކަރީ ތޮފި ބޭނުން ކޮށްފައިވާތީ އެ ކަމަކީ ކުޅިވަރުގެ ތެރެއަށް ސިޔާސީ ކަންކަން ވެއްދުން ކަމަށް ބުނެ އެ ގައުމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އިންޓަރނޭޝަނަލް ކްރިކެޓް ކަައުންސިލް(އައިސީސީ)އަށް ޕާކިސްތާނުން ގޮވާލައިފިއެެވެ.

އިންޑިއާގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ ރަންޗީގައި ހުކުރު ދުވަހު އޮސްޓްރޭލިއާއާ ބައްދަލުކޮށް ބަލިވި ވަންޑޭ އިންޓަރނޭޝަނަލް  މެޗުގައި އިންޑިއާގެ ޓީމް ތިބީ އަސްކަރީ ކެމަފްލާޖް ސްޓައިލުގެ ތޮފިއަޅައިގެންނެވެ.

އިންޑިއާގެ ކްރިކެޓް ބޯޑް، ބީސީސީއައިއިން ވަނީ، އިންޑިއާގެ ބެލުމުގެ ދަށުގައި އޮތް ކަޝްމީރުގެ ޕުލްވަމާގައި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުދިން ޖާނުން ފިދާވުމުގެ ހަމަލާގައި މަރުވި ޕެރަމިލިޓަރީ ސިފައިންގެ 42 މީހުންނާ އެކުގައި ތިބި ކަމުގެ ރަމްޒެއްގެ ގޮތުން އެ ގައުމުން އެ މެޗުގައި ބޭނުން ކުރާނީ އެ ޓީމު އާއްމުކޮށް ބޭނުންކުރާ ނޫ ކުލައިގެ ހެޑްގިއަރގެ ބަދަލުގައި އެ ތޮފި ކަން އިއުލާނު ކޮށްފައެވެ.

އިންޑިއާއިން އެ ހަމަލާގެ ތުހުމަތު ޕާކިސްތާނުގެ މައްޗަށްކުރާއިރު އެ ގައުމުން އެކަން ދޮގުކުރެއެވެ.

"ދުނިޔެއަށް ފެނިއްޖެ އިންޑިއާގެ ކްރިކެޓް ޓީމުން އެމީހުންގެ އަމިއްލަ ތޮފީގެ ބަދަލުގައި އަސްކަރީ ތޮފި އަޅައިގެން ތިބިތަން.އައިސީސީއަށް މިތަނެއް ނުފެނޭތޯ؟" ޕާކިސްތާނުގެ ފޮރިން މިނިސްޓަރ ޝާހް މަހުމޫދު ޤްރައިޝީ ހޮނިހިރު ދުވަހު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި މިކަން ޕާކިސްތާނުގެ ކްރިކެޓް ބޯޑު(ޕީސީބީ)ން ފެންމަތިކުރުމުގެކުރިން އައިސީސީން ފާހަގަކުރުމަކީ އެތަނުގެ ޒިންމާއެއް" މިނިސްޓަރ ވިދާޅުވި ކަމަށް ޕާކިސްތާނުގެ މީޑިއާތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް