22 މާރޗް 2019 | ހުކުރު | 11 ފަސްބަދުރުވަ
15 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:21
މަޣްރިބް 18:18
އިޝާ 19:30

ޝަހީދް ލެގަސީ

ފޭސްބުކް ވެރިފައިޑް ފުރަތަމަ ދިވެހި ފިރިހެން ސޯލޯ އަރޓިސްޓަކަށް ޝަހީދް ލެގަސީ!

  • ޝަހީދުގެ އިތުރުން ފޭސްބުކް ވެރިފައިޑް މިއުޒިކީ ފަންނާނުންގެ ތެރޭގައި ހިމެނެނީ އުނޫޝާ، ހަބޭސް ބޮޑުބެރު އަދި "ނޮތްނެގަލް"
އަމަން ހަލީމް | soupized

| 9 މާރޗް 2019 | ހޮނިހިރު 18:28 | |

މަގުބޫލް

  1. ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
  2. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  3. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  4. ބޮޑެތި ބައެއް މައްސަލަތައް ނިމިފައި، އެކަމަކު ދައުވާކުރަން ފޮނުވޭކަށް ނެތް: ސުއޫދު
  5. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  6. އެމްއެމްޕީއާރްސީ ހިޔާނާތާ ގުޅިގެން ސިފައިންގެ ދެ އޮފިސަރަކު ގޭގައި މަޑުކުރަން އަންގައިފި
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ދަރުމަވަންތަ ސްކޫލްގައި އެއަރކޯން ހަރުކުރުމުގެ މަސައްކަތް ފަށައިފި


ޝަހީދު ލެގަސީ ޝޯއެއްގައި ގިޓަރ ކުޅެނީ -- އާކައިވް

ސޯޝަލް މީޑިއާ ވެބްސައިޓް ފޭސްބުކުން ވެރިފައި ކުރި ފުރަތަމަ ދިވެހި ފިރިހެން ސޯލޯ އަރޓިސްޓަކަށް ރާއްޖޭގެ ހުނަރުވެރި މިއުޒިކީ ފަންނާނު އަހްމަދު ޝަހީދު (ޝަހީދު ލެގަސީ) ވެއްޖެއެވެ.

މިކަން ފާހަގަކުރަމުން ޝަހީދު ފޭސްބުކްގައި ހޮނިހިރު ދުވަހު ލިޔުނު ޕޯސްޓެއްގައި ވަނީ އޭނާ ވެރިފައި ކޮށްދިނުމުން ފޭސްބުކަށް ޝުކުރު އަދާކޮށްފައެވެ. އެގޮތުން ޝަހީދުގެ ޕޯސްޓްގައި ވަނީ 2019 ވަނަ އަހަރަކީ ރަނގަޅު އަހަރަކަށް ވާނެ ކަމަށް އޭނައަށް ކުރިން ވެސް ހީކުރެވިފައިވާ ކަމަށާއި، އުނދަގުލުން ނަމަވެސް މި ހިސާބަށް އާދެވުނީތީ ވަރަށް އުފާކުރާ ކަމަށެވެ. އަދި މި ހިސާބަށް އަންނަން އެހީތެރިވެދިން ހުރިހާ އެއްމެންނަށް، ހާއްސަކޮށް އަންހެނުންނާއި ދަރިންނަށް އަދި އޭނާގެ ހަރަކާތްތެރިވާ ގްރެވިޓީ ބޭންޑުގެ މެމްބަރުންނަށް، ވަރަށް ޝުކުރު އަދާކޮށްފައި ވެއެވެ.

މިކަމާ ގުޅޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ޝަހީދު ބުނީ ފޭސްބުކް އިން ގެންގުޅޭ ހަރުކަށީ ގައިޑްލައިންތަކާ އެކު ވެސް ވެރިފައިޑް އަރޓިސްޓަކަށް ވުމުން ވަރަށް އުފާވެއްޖެ ކަމަށެވެ. އަދި މިއީ ބައިނަލްއަގްވާމީ މިންގަނޑުން ވެސް ފާހަގަކޮށްލެވޭ ފަންނާނުންނަށް އެކަނި ލިބޭ ވެރިފިކޭޝަނެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ކުރިޔަށް އޮތް މަަސައްކަތްތަކާ ގުޅޭ ގޮތުން ރާއްޖެއެމްވީ އިން ކުރި ސުވާލަށް ޖަވާބު ދެމުން ޝަހީދު ބުނީ މި އަހަރުގެ ތެރޭގައި އޭނާގެ އިިތުރު މަސައްކަތްތަކެއް އަޑު އިވިގެން ދާނެ ކަމަށެވެ. އެގޮތުން އަންނަ ޖުލައި މަހުގެ ތެރޭގައި އޭނާގެ ބޭންޑް ގްރެވީޓީއާ އެކީ ނެރޭ އަލްބަމް އަދި ސޯލޯ ފަސް ވަނަ އަލްބަމް ނެރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ލަންކާގައި އޮތް "ގިޓަރފެސްޓް 2" ގައި ބައިވެރިވުމަށް ދާން ރޭވިފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މުއިޒިކް ކުޅޭ އާލާތްތަކުގެ ތެރެއިން ގިޓަރ، ބޭސް ގިޓަރ، ކީބޯރޑް އަދި ޑްރަމް ކުޅެން ދަންނަ ޝަހީދު އެއްމެ ފުރަތަމަ މިއުޒިކް ކުޅެން ފެށީ 1997 ވަނަ އަހަރުގެ ތެރޭގައެވެ. ޝަހީދު އެއްމެ ފުރަތަމަ ބޭންޑަކާ އެކު މިއުޒިކީ ދާއިރާއިން ފެނިގެން ދިޔައީ 2004 ވަނަ އަހަރުއެވެ. ނަމަވެސް ޝަހީދުގެ ތަރި އެއްމެ ބޮޑަށް "މެޓަލް" މިއުޒިކަށް ލޯބިކުރާ ދިވެހިންނަށް ފާޅުވެގެން ދިޔައީ 2006 ވަނަ އަހަރު ޝަހީދު އުފެއްދި ބޭންޑް "ޝަހީދް ލެގަސީ"އާ ހިސާބުންނެވެ. 

ޝަހީދުގެ އިތުރުން ފޭސްބުކް ވެރިފައިޑް މިއުޒިކީ ފަންނާނުންގެ ތެރޭގައި ހިމެނެނީ އުނޫޝާ، ހަބޭސް ބޮޑުބެރު އަދި މެޓަލް ބޭންޑް "ނޮތްނެގަލް" އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Proud fan

2 ހަފްތާކުރިން

I am very proud that musicians like you exist in Maldives. You truly are the best for me and I love your music. I adore all your works you have done to get this far. Forever your fan Shahydh legacy My love. Best wishes and love. ❤

1
0